ވަގުތުން: ފަލަސުރުޚީ

  • އަނިޔާވެރިކަމާއި ދެކޮޅަށް އަބަދުވެސް ނުކުންނާނަން
  • މީހުން މެރުން އާއްމުވެފައިވަނީ، ކީއްވެތޯ ބެލުމަށް ދިރާސާ އެއް ކުރަންޖެހޭ
  • މި ރާއްޖޭގައި އަނިޔާވެރިއަމަލުތައް ދަނީ ހިންގަމުން
 
Writer Profile Picture
އާމިނަތު ނުޒުހާ
އަނިޔާވެރިކަމާއި ދެކޮޅަށް އަބަދުވެސް ނުކުންނާނަން

މަރުގެ ހުކުމައި ހަމައަށް ދިޔަ ހިސާބުން ދެން ރައީސް ޔާމިން ވިދާޅުވީ، ރިސޯޓެއްގައި ސިޔާސީ ބޭފުޅަކު ޑރ. އަފްރަޝީމް ގާތިލްކަމަށް ބުނާ ހުމާމްއާއި ބައްދަލުކުރި ވާހަކަ، މިރާއްޖޭގައި ސަލާމަތީ ބާރުތައް ތިބި ސިޔާސީ ނުފޫޒްގެ ދަށުވެފައި، ރައީސް ޔަމީން ކުރައްވާ ސިޔާސީ ކަންކަމަށްވުރެ މި ގައުމު މާ ބޮޑު، މި ހިންގާ ލައިންސާނީ ޖަރީމާއަށް އަޅުގަނޑުމެން ރުހިގެެން ނުތިބެ އެ އަނިޔާވެރިކަމާއި ދެކޮޅަށް އަބަދުވެސް ނުކުންނާނަން، ރިލުވާނު ވަގަށް ނެގީމައި ބުނީ ނޫސްވެރިއަކު ދެން ގެއްލުނީމައި އެކަން ބަލާނެ ނޫންތޯއޭ، ރިލުވާނުގެ ރަހުމަތްތެރިއާގެ ގަޔަށް 30 ތަނަކަށް ވަޅިހަރާ މަރާލީ، ކިތައް ކުދިން ތޯ މި ގައުމުގައި އަނިޔާވެރިކޮަށް މަރާލީ، ފެށުނީއްސުރެ މި ބުބަނީ ދިވެހި ފުލުހުންގެ ޚިދުމަތް ހިތުމަތެއްގެ ގޮތުގައި ކޮށްދެއްވާށޭ، އެބޭފުޅުންގެ ވެރިން ވިދާޅުވާހާގޮތަކަށް ކަންކޮށްގެން މިކަންކަމަކަށް ދުވަހަކު ހައްލެއް ނާންނާނެ-ޝިފާޒް

5 އޮކްޓޯބަރ 2017 | ބުރާސްފަތި 23:14
Writer Profile Picture
އާމިނަތު ނުޒުހާ
މީހުން މެރުން އާއްމުވެފައިވަނީ، ކީއްވެތޯ ބެލުމަށް ދިރާސާ އެއް ކުރަންޖެހޭ

ރާއްޖެފަދަ މުސްލިމް ގައުމެއްގައި އަނިޔާވެރިކޮށް މީހުން މެރުން އާއްމުވެފައިވަނީ، ކީއްވެތޯ ބެލުމަށް ދިރާސާ އެއް ކުރަންޖެހޭ، ސަރުކާރުން އެފަދަ ފަރާތްތަކަށް ވާގިވެރިވެ ފައިސާ ފޯރުކޮށްދޭ، އެމީހުންނަށް ފައިސާ ދިނީމައި އެކަން ކުރަނީ، އަމަން ބަލަހައްޓާ މީހުން އެކަންކަން ބަލަންޖެހޭ، އެބޭފުޅުންނަކި ވަރަށް ގާބިލު ބޭފުޅުން، އެކަމަކު ސިޔާސީ ނުފޫޒް ވަނީ ފޯރާފައި، ސިޔާސީ ބޭފުޅުން ފުލުހަށް ދެއިރު ދެ ދަޅައަށް ގެންގޮސް އެހެންކަމެއް ކުރާނެ ވަގުތެއްނެތް، ވިދާޅުވަނީ މިކަންކަން ހުއްޓުވުމަށް އޮޕަރޭޝަންތަށް ހިންގަމޭ، އެކަމަކު، އެކަމެއް ނުކުރޭ،އެކަން ކުރާނެ ވަގުތެއް މި ބޭފުޅުންނަކަށް ނުލިބޭ، މިކަންކަމުގެ ޒިންމާ ސަރުކާރުން ބުނީމައި ވަކިގޮތަކަށް ކުރަންޏާ ޒިންމާ ނަގަންޖެހޭނީވެސް ސަލާމަތީ ބާރުިތަކުން، ގައުމީ ވާޖިބު އަދާކުރުމަށް މަޖިލީހަށް ވަނުމުން ހިފާ ހައްޔަރު ކުރަނީ، މިކަންކަން މިހެން ހުރިއިރު ޒިންމާ ނަގާނެ ފަރާތެއް ހުންނަންޖެހޭ، ތަރައްގީއޭ ތަރަށްގީއޭ ކިޔާއަޑު އިވޭއިރު މީހުން މެރުމާއި، މިކަންކަން ހުރި އިރު އިންސާނުން މަރަހުސްކުރާތަނެެއްގައި ތަރައްގީ ކުރަނީ ކިހިނެއްތޯ، ފުރަތަމަ އިންސާނުންނަށް އަމާން މާހައުލެް ގާއިމް ކުރަންވީ،ރާއްޖޭއަށް ފިޔަވަޅު އަޅަން އީޔޫ ޕާލިމެންތްގައި ބަހުސްކޮަށް ޓާގެޓެޑް ސެންކްޝަންސް އަޅަން ބަހުސްކުރުމަކީ ވަރަށް ބޮޑުކަމެއް- މައުމޫނު

5 އޮކްޓޯބަރ 2017 | ބުރާސްފަތި 22:49
Writer Profile Picture
އާމިނަތު ނުޒުހާ
މި ރާއްޖޭގައި އަނިޔާވެރިއަމަލުތައް ދަނީ ހިންގަމުން

އަނިޔާވެރިބަޔަކު ދިން ހަމަލާއެއްގައި ޑރ. އަފްރާޝީމް ވަނީ އަވަހަރަކޮށްލާފައި، އެމަނިކުފާނަކީ ގައުމަށް ޚިދުމަތްކޮށްދެއްވި ވަރަށް އަގުހުރި ބަތޮލެއް، އިސްލާމިކް ޔުނިވާސިޓިގެ ގާނޫނު އުފެއްދުމުގައި އެމަނިކުފާނު ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވި، އެމަނިކުފާނުގެ ފުރާނަފުޅަށް ހެއުރަހުމަތްލައްވާށި، އަދިއާއިލާއަށް ކެތްތެރިކަން ދެއްވާށި،

މި ރާއްޖޭގައި އަނިޔާވެރިއަމަލުތައް ދަނީ ހިންގަމުން، މީސްތަކުންގެ ފުރާނައާއި ގޯތިގެދޮރަށް ނުރައްކާތެރި މާހައުލެއް މި ގައުމުގައި އޮތީ، ހައްގަކައި ނުލައި މީހުން މެރުމަކީ ވަރަށްބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ކަމެއް، އެއްވެސް ހަލެއްގައި އެއީ ކުރެވިގެްނވާނެކަމެއް ނޫން-މައުމޫނު

5 އޮކްޓޯބަރ 2017 | ބުރާސްފަތި 22:41
Writer Profile Picture
އާމިނަތު ނުޒުހާ
އީޔޫ ޕާލިމެންޓުން އެ ބުނީ، އަޅުގަނޑުމެން މަނިކުފާނުގެ ސަރުކާރު ޖަވާބުދާރީ ކުރުވާނަމޭ- ހިސަން

މި ފްލެޓްތައްވެސް ލިބުނީ، މިބޭބޭފުޅުން ބޭނުންވާ މީހުންނަށް، އަޅުގަނޑުމެން ބޭނުމެެއްނޫން މި ރާއްޖޭގެ މާހައުލުގައި އަޅުގަނޑުމެންގެ ދަރީން ސްކޫލަށްގޮސް ގެއަަށް ނާދެވޭ މާހައުލެއް އޮވެގެންނެއް، ގާނޫނީ ނިޒާމުގެ ތެރެއިން ގާނޫނު އޮތްގޮތުން އެމީހުން ހިފާ ހައްޔަރު ނުކުރެވޭވާހަކަ ވިދާޅުވީ، އަދި ޖިނާއީ އިޖުރާއަތާއި، ގާނޫނީ އުގޫބާތް އޮތްގޮތުން މަސައްކަތަށް ހުރަސްއަޅާކަމަށް ކުރިން ވިދާޅުވީ، އެބޭފުޅުން އެބޭފުޅުންގެ މަސައްކަތް ހުވަޔައި އެއްގޮތަށް އަމަލުކޮށްގެން ނޫނީ، މި ގަތުލުތައް ހުއްޓުވޭކަށްނެތް، ދިވެހިންނޭ ބުނަން އަޅުގަނޑުމެން ލަދުވެސް ގަނޭ، މިއަދު ޔޫރަޕިއަން ޔޫނިއަނުން ބުނީ ސިޔާސީ ނުފޫޒު ފޯރާފައި އޮތް މިނިވަން މުސްތަގިއްލުކަމެއް ނެތް ޖުޑީޝަރީއެކޭ، ރައީސް ޔާމީން އިސްތިއުފާ ދޭށެކޭ އެއް ނެތް، މިކަންކަން ނުކުރާނަމޭ ބުނެ އަތް އުރާލައިގެން ނުތިބެވޭނެ، އިންސާނީ ހައްގުތައް ނިގުޅައިގަނެތިބެ ، ޔޫރަޕަށްގޮސް ސްކޫލްތަކަށް ދަރިން ގޮވައިގެެން ޔޫރަޕަށް އެރިޔަ ނުދޭނަމޭ މިއަދު އީޔޫ ޕާލިމެންޓުން އެ ބުނީ، އަޅުގަނޑުމެން މަނިކުފާނުގެ ސަރުކާރު ޖަވާބުދާރީ ކުރުވާނަން- ހިސަން

5 އޮކްޓޯބަރ 2017 | ބުރާސްފަތި 22:22
Writer Profile Picture
އާމިނަތު ނުޒުހާ
ޓީޗަރުންނަށް ފަހި މާހައުލެއް ގާއިމް ކޮށްދޭން ޖެހޭ

ޓީޗަރުންނަކީ ފަންނީ ބޭފުޅުންކަމުގައި ދެކި އެގޮތަށް މަސައްކަތްކުރުމަށް މަގު ފަހިކޮށްދިނުމަށް މި ސަރުކާރަށް އަޅުގަނޑު ގޮވާލަން-ހިސާން

ދާދިފަހުން މި ސަރުކާރުން ޕީޖީ ކުޑަކުއްޖެއްގެ މައްޗަށް ބޮޑު ހުކުމެއް ކުރެވުނު ވާހަކަ، ގޯހެއް ހެދުމުން ެކަން ގަބޫލްކުރަން ޖެހޭ، އެކަމަކު ގަސްތުގައި މީހުންގެ މައްޗަށް ނުހައްގުން ކޮށްފައި އޮތް ދައުވާއެއްކަން އެނގި ހުރެ މީހުންގެ މައްޗަށް ކުރާ ދައުވާތައް ހުއްޓާލާނީ ކޮންއިރަކުންތޯ؟، ރައީސް ނަޝީދުގެ މައްޗަށް ފަޓާސްބަރިއެއްހެން އިއްވި ޝަރީއަތާއި، އިމްރާނެގެ މައްޗަށް އިއްވި ޝަރީއަތާއި، ގާސިމް އިބްރާހިމްގެ  މައްޗަށް ކުރި ޝަރީއަތާއި، ފަސިސްގެ ޝަރީއަތްތައް ހިންގުނީ އޮޅުމަކުން ނޫން، ބޭއިންސާފުވެރިކަމުގައި ހިންގި ޖަރީމާއެއް، މިކަންކަން ރަނގަޅު ނުކުރާނަމަ ފުރޮޅިގެން އަންނަނި ަރއްޔިތުންގެ މައްޗަށް- ހިސާން

5 އޮކްޓޯބަރ 2017 | ބުރާސްފަތި 22:13
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ޓީޗަރުންނަށް ފަހި މާހައުލެއް ގާއިމްކޮށްދޭން ޖެހޭ

ޓީޗަރުންނަކީ ފަންނީ ބޭފުޅުންކަމުގައި ދެކި އެގޮތަށް މަސައްކަތްކުރުމަށް މަގު ފަހިކޮށްދިނުމަށް މި ސަރުކާރަށް އަޅުގަނޑު ގޮވާލަން-ހިސާން

ދާދިފަހުން މި ސަރުކާރުން ޕީޖީ ކުޑަކުއްޖެއްގެ މައްޗަށް ބޮޑު ހުކުމެއް ކުރެވުނު ވާހަކަ، ގޯހެއް ހެދުމުން ެކަން ގަބޫލްކުރަން ޖެހޭ، އެކަމަކު ގަސްތުގައި މީހުންގެ މައްޗަށް ނުހައްގުން ކޮށްފައި އޮތް ދައުވާއެއްކަން އެނގި ހުރެ މީހުންގެ މައްޗަށް ކުރާ ދައުވާތައް ހުއްޓާލާނީ ކޮންއިރަކުންތޯ؟، ރައީސް ނަޝީދުގެ މައްޗަށް ފަޓާސްބަރިއެއްހެން އިއްވި ޝަރީއަތާއި، އިމްރާނެގެ މައްޗަށް އިއްވި ޝަރީއަތާއި، ގާސިމް އިބްރާހިމްގެ  މައްޗަށް ކުރި ޝަރީއަތާއި، ފަސިސްގެ ޝަރީއަތްތައް ހިންގުނީ އޮޅުމަކުން ނޫން، ބޭއިންސާފުވެރިކަމުގައި ހިންގި ޖަރީމާއެއް، މިކަންކަން ރަނގަޅު ނުކުރާނަމަ ފުރޮޅިގެން އަންނަނި ަރއްޔިތުންގެ މައްޗަށް- ހިސާން

5 އޮކްޓޯބަރ 2017 | ބުރާސްފަތި 22:01
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
އަލީ ހުސެއިން

މެމްބަރު އަލީ ހުސެއިން:- މިހާރުވެސް އެތައް ބަޔަކަށް އަނިޔާ ލިބެމުން އެބަދޭ. ގާސިމް އިބްރާހިމް ރާއްޖެއިން ބޭރަށް ފޮނުއްވީ ރައީސް އަބްދުﷲ ޔާމިން ބޭނުންފުޅުވެގެނެއް ނޫން. އެއީ ކޯޓު އަމުރަކުން ފޮނުއްވަން ޖެހުނީ.

5 އޮކްޓޯބަރ 2017 | ބުރާސްފަތި 21:59
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ފަލަ ސުރުހީ

މެމްބަރު އަލީ ހުސެއިން:- ޑރ. އަފްރާޝީމްގެ މަރުގެ ހާދިސާ ބޭނުންކޮށްގެން މި ސަރުކާރުން އުޅެނީ ސިޔާސީ ބޭނުންތައް ފުއްދަމުން. ފުލުހުންނަކަށްވެސް އެކަން ކުރި ބަޔަކު ނުހޯދުނު.

5 އޮކްޓޯބަރ 2017 | ބުރާސްފަތި 21:56
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ފަލަ ސުރުހީ

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން:- ފުލުހުންނަކީ ސަރުކާރުގެ ތެރޭގައި ތިބި މުޖުރިމުން ހިމާޔަތްކުރަން ތިބޭ ބައެއްނޫން. ފުލުހުންގެ ހިދުމަތް ރަނގަޅަށް ދެވުނު ކަމަށްވާނީ މަގުމަތި އަމާންކޮށްދެވުނީމަ.

5 އޮކްޓޯބަރ 2017 | ބުރާސްފަތި 21:53
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ފަލަ ސުރުހީ

އަނާރާ ނައީމް: ސަރުކާރަށް ގޮވާލަން މާރާމާރީތައް ހިންގާ ސަބަބު ހޯދުމަށް. އެއީ އެންމެ ފުރަތަމަ އަޅަން އޮތް ފިޔަވަޅަކީ.

5 އޮކްޓޯބަރ 2017 | ބުރާސްފަތި 21:46
Writer Profile Picture
މުރުޝިދް އަބްދުލް ހަކީީމް
ފަލަ ސުރުހީ

ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް:-  ރާއްޖޭގައި މިއަދު އެއްވެސް މީހަކަށް އަމާންކަމެއް ނެތް. ސަރުކާރުގެ ޒިންމާއެއް އަމާން މުޖުތަމައުއެއް ބޭއްވުމަކީ. ނަމަވެސް ސަރުކާރުން އަމަލު ކުރަނީ އެންމެ އިސްކަން ދޭން ޖެހޭ ކަންކަން ބާއްވާފައި އެހެން ކަންކަމާ 

5 އޮކްޓޯބަރ 2017 | ބުރާސްފަތި 21:45
Writer Profile Picture
އާމިނަތު ނުޒުހާ
ފަލަސުރުޚީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މާފަންނު ކުނޫޒްގައި ބާއްވާ ޖަލްސާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ފެށޭނެ

5 އޮކްޓޯބަރ 2017 | ބުރާސްފަތި 21:18