އަންގާރަ 20 އޮކްޓޯބަރ 2020
03 ހެއި
1442 ރަބީއުލް އައްވަލް 03
ފަތިސް 04:37
އިރުއަރާ 05:49
މެންދުރު 11:55
އަސްރު 15:10
އިރުއޮއްސޭ 17:53
އިޝާ 19:05
ވަގުތުން

ވަގުތުން: ފަލަ ސުރުޚީ

1,427

ޚުލާސާ

  • ބަގާވާތަށް ފަހު ގައުމުގެ ހާލަތު
  • ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އޮޅިވަޑައިގެންނެވުމެއްގައި
  • މުއައްސަސާތަކުގެ މިނިވަންކަމެއް ނެތް

6 ފެބްރުއަރީ 2017 | ހޯމަ 02:42

03:19

ހުސެން ފިޔާޒް

ބަގާވާތަށް ފަހު ގައުމުގެ ހާލަތު

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރުމަށް ފަހު ގައުމު މިއޮތީ ވަރަށް ބޮޑު ނިކަމެތި ކަމެއްގައި. ހަތެއް ފެބްރުއަރީ އައުމުގެ ކުރިއާ ހަމައަށް ބަލާއިރު، މިނިވަންކަން ލިބިދީފައި އޮތް. ބޭސް ސިޓީއަށް ސަލާންޖެހުން ނިމުމަކަށް ގެނައި. އެކަނިވެރި މައިންނަށް އެހީތެރިކަން ލިބެން ފެށި. އުމުރުން ދުވަސްވީ މީހުންނަށް އުފާވެރިކަން ލިބިގެން ދިޔަ. ނަމަވެސް ހަތެއް ފެބްރުއަރީގައި ކުރި ބަގާވާތަށް ފަހު ރައްޔިތުނަށް ނިކަމެތިކަން ލިބިގެން ދިޔަ. ޑިމޮކްރަސީގެ ދަތުރު ފަހަތަށް ދިޔަ. އޭގެ ހިތި އަދި މި އުޅެނީ ނުފިލައިގެން. އަދި އެކަން ކުރި މީހުންގެ ކިބައިގެން ވެސް އެ ލައްގަނޑު އެ އުޅެނީ ނުފިލައިގެން. ބަގާވަތް ކުރި ބޭފުޅުންނަށް ވެސް އެ ބޭފުޅުން އެ ކުރި ކަންތަކުގެ ހިތި ރަހަ އެ ބޭފުޅުންގެ އަރުން ފިލައި ނުދޭ. ގައުމަށް ދެރަ ގޮތެއް އެެއްވެސް ކަމެއް ކުރުމަކީ އަޅުގަނޑުމެން އެދޭ ކަމަކަށް ވެގެން ނުވާނެ. 

 

އަޅުގަނޑުމެން އެދޭ ކަމެއް ނޫން ވެރިކަމުގައި ހުންނަ ބޭފުޅަކަށް މަގުމަތިން "ހަމަލާތަކެއް ދިނުމަށް". އަޅުގަނޑުމެން ބޭނުންވަނީ ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ވެރިކަން ބަދަލުކުރަން. ކޮންމެ ސަރުކާރެއް މި ގައުމުގައި އޮތަސް، ހަމަ ގައުމުވެސް އަޅުގަނޑުމެން ބޭނުމެއް ނޫން ދެ ވަނަ ހަތެއް ފެބްރުއަރީއެއް އަންނަން. ނަމަވެސް ހިތާމައަކީ މިހާރު ސަރުކާރުގެ އަމަލުތައް ހުންނަ ގޮތުން ރައްޔިތުންނަށް ނިކަމެތިކަން ލިބުން. ރައްޔިތުންގެ އަޑު އަހާނެ ސަރުކާރެއް ނެތުން. އަޅުގަނޑުމެން ޑިމޮކްރަސީ އަނބުރައި ހޯދައިދޭނަން. އެދެނީ ލޯކަލް ކައުންސިލް އިންތިހާބުގެ ފުރުސަތު ހިފުން

5 ފެބްރުއަރީ 2017 | އާދީއްތަ 22:20

03:14

ހުސެން ފިޔާޒް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އޮޅިވަޑައިގެންނެވުމެއްގައި

ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގެ މެމްބަރުންނަށް އެ ބޭފުޅުން އެ ކުރައްވާ ކަމެއް ވެސް، ކުރައްވާ ކަމެއްގެ ނަތީޖާ ވެސް އެނގިވަޑައިނުގަންނަވާ. އަމިއްލައަށް ފޭއްސި އޮލިގަނޑު ލޮލަށް ހެރޭއިރު ވެސް ކުރެއްވޭ ކަމެއް، ހެއްދެވޭ ގާނޫނެއް ވެސް ނޭނގޭ

5 ފެބްރުއަރީ 2017 | އާދީއްތަ 22:16

03:12

ހުސެން ފިޔާޒް

މުއައްސަސާތަކުގެ މިނިވަންކަމެއް ނެތް

މި ސަރުކާރުގައި ވައްކަން ކުރައްވާ ބޭފުޅުންނަށް ދަނީ ޕްރޮމޯޝަން ދެއްވަނުން. ނަމަވެސް ދައުލަތުގެ އެއްވެސް މުއައްސަސާއެއް ނެތް އެ ބޭފުޅުންގެ ގާނޫނީ ޒިންމާ އުފުލަމުންދާ މުއައްސަސާއެއް. ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ މަޖިލީހުގެ މެޖޯރިޓީގެ ބޭނުން ނާޖާއިޒު ފައިދާގެ ގޮތުގައި ހިއްޕަވަމުން. މުއައްސަސާތަކުގެ މިނިވަންކަން އޮތީ ކޮމާކޯޅިއެއްގެ ތެރޭގައި. ކޮބައިތޯ ނިޔާޒު އިބްރާހިމްއަށް ވީގޮތް. ގާނޫނު އަސާސީގެ ރޫހާ ވެސް ހިލާފަށް ނިޔާޒު އިބްރާހިމް މަގާމުން ވަކިކުރީ. އަދި މުއައްސަސާތަކުގެ ވެރިންނަށް ދަނީ ފުރައްސާރަކުރަމުން. ޝެއިޚް އިބްރާހިމް، ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ޓެރަރިޒަމްގެ ދައުވާކޮށް، ޖަލަށް ލާފައި އެ ހުންނެވީ. އެޗްއާރުސީއެމް އިން ވެސް ބަޔާނެއް ނެރުނުތޯ

5 ފެބްރުއަރީ 2017 | އާދީއްތަ 22:14

03:08

ހުސެން ފިޔާޒް

ވައްކަމަކީ ތޮބިއީ ކަމެއް ނޫން

ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ނަމަވެސް ވައްކަމަކީ ތޮބިއީ ކަމެއް ނޫން. މިއީ އިންސާނާ ކެއުމަށް ބޭނުންވާ ފަދައިން ކުރަންޖެހޭ ކަމެއް ނޫން. މިއީ ރައީސް އަބްދުﷲ ޔާމީނަށް އޮޅިވަޑައިގެން ދެއްކެވި ވާހަކައެއް ނޫން. އެހެން ނޫންނަމަ އެ ވިދާޅުވާ ތަރުޖަމާނު އެކަން ދޮގުކުރާނެ. ރަނގަޅު ވެސް ކޮށްދޭނެ. މި ވާހަކަފުޅު ދެއްކެވީ އޮޅިވަޑައިގެން ނޫންކަން އަޅުގަނޑު ގަބޫލްކުރަނީ ކުރިން ހިނގާފައިވާ ކަންކަމުގެ ސަބަބުން. އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓް ހާމަކުރުމުގެ ކުރިން، އަދާލަތު ޕާޓީގެ ރައީސް ވެސް ރައީސް އަބްދުﷲ ޔާމީން އަރިހުގައި އެ ވާހަކަ ވިދާޅުވި. ނަމަވެސް ވިދާޅުވީ އަދީބަކީ ނަޒާހަތްތެރި ބޭފުޅެއް ކަމަށް. ޚާލިދު ބުން ވަލީދު ފަދަ ބޭފުޅެއް ކަމަށް. މި ވާހަކަ ކުރީގެ އޮޑިޓަ ޖެނެރަލް ވިދާޅުވުމުން، ރައީސް ޔާމީން ވިދާޅުވީ، ނިޔާޒު ޒާތީވެގެން އުޅުއްވާ ކަމަށް. 

5 ފެބްރުއަރީ 2017 | އާދީއްތަ 22:10

03:05

ހުސެން ފިޔާޒް

ސަރުކާރުގެ ސިޔާސަތު ދެކޮޅު ނުޖެހުން

ރައްޔިތުން މިއަދު ބޭނުންވަނީ އައިޖީއެމްއެޗަށް 25 ބުރީގެ އިމާރާތެއްތޯ، ނުވަތަ ފުރިހަމަ ސިއްހީ ނިޒާމެއްތޯ. ފިނޭންސް މިނިސްޓްރީ އަށް ބޭނުންވަނީ 25 ބުރީގެ އިމާރާތެއްތޯ، ނުވަތަ އެތަނުގެ މުވައްޒަފުން ކަނޑާލާފައި ގެޔަށް ފޮނުވާލުންތޯ. ކޮބައިތޯ 200 މިލިއަން ޑޮލަރުގެ ބޮންޑު ވިއްކައިގެން ދެކޮޅު ޖެހޭނެ ގޮތެއް. ދެންޖެހޭނީ ރައްޔިތުން ސަލާން ޖަހަން. މި ގައުމަށް އިންވެސްޓަރުންނެއް ނާދޭ. ކިތަންމެ ވަރަކަށް ރައްޔިތުންނަށް އޮޅުވާލިޔަސް، ހުވަފެން ދެއްކިޔަސް ރައްޔިތުން ވަރަށް ގާތުން ބަލަމުން އެބަދޭ. ސަރުކާރުގެ ސިޔާސަތު ދެކޮޅު ނުޖެހޭ. މިހާރު ވެސް އައިޖީއެމްއެޗުން ނަންބަރެއް ޖެހީ އެތައް މަހެއް ފަހުން. ސިއްހީ ނިޒާމު ރަނގަޅު ކުރަން، ރައްޔިތުން ދިގު ކިޔޫގައި ނުޖެހި ފަރުވާ ހޯދުމަށްޓަކައި ޑޮކްޓަރުން އުފައްދަންޖެހޭ. އެތައް ބުރިއެއްގެ އިމާރާތް އަޅައި ފޮޓޯ ހެދުމެއް ނޫން މުހިންމީ. އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތަށް ހަރަދުކުރާ 140 މިލިއަން ޑޮލަރުގައި ވެސް ކޮރަޕްޝަން ހިމެނޭ. 

5 ފެބްރުއަރީ 2017 | އާދީއްތަ 22:10

03:01

ހުސެން ފިޔާޒް

ދަރަނިވެރިވުން

ދައުލަތް ދަރައި ގައުމުގެ މާލިއްޔަތު ހުސްކުރަމުންދާއިރު އަޅުގަނޑުމެން އެންމެން ވިސްނަން އެބަ ޖެހޭ. އިންތިހާބު ކުރިމަތިވެފައިވާއިރު، އަޅުގަނޑުމެން އެންމެން ވިސްނަން އެބަޖެހޭ، މި ވައްކަން ކުރަމުންދާ ސަރުކާރަށް އާނއެކޭ ބުނާނީތޯ ނުވަތަ ނޫނެކޭ ބުނާނީތޯ. އަޅުގަނޑުމެން އެންމެ އެބަ ޖެހޭ މި ގައުމަށްޓަކައި ވިސްނަން. ހަމައެކަނި ގޭގެ ފާރު ރާނައިދީގެން، ދިއްކޮށްލާ 500 ރުފިޔާ އަށް ވޯޓް ވިއްކާލައިގެން ނުވާނެ

5 ފެބްރުއަރީ 2017 | އާދީއްތަ 22:05

02:59

ހުސެން ފިޔާޒް

ފުލުހުންނަށް މުސާރަ ނުދިނުން

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނިގެނެއް ނުދޭ އިގްތިސޯދު ރަނގަޅު ވެގެން ދިޔަ ތަނެއް. ބަދަލުގައި ފެންނަމުން ދަނީ ވައްކަން ކުރަމުންދާ ތަން. ދެން ކިހިނެއްތޯ އާދައިގެ ރައްޔިތުންނަށް މުސާރަ ދޭން ފައިސާ ނެރޭނީ.

5 ފެބްރުއަރީ 2017 | އާދީއްތަ 22:04

02:42

އަހުމަދު ފައިރޫޒު

ވަގުތުން: ފަލަ ސުރުޚީ

ރައީސް ޔާމިން ކަންކުރައްވަނީ ގާނޫނާއި ޚިލާފަށް، ކައުންސިލް އިންތިޚާބުވެސް ލަސްކުރަނީ އެގޮތަށް، އެންމެ ޕާޓީއަކަށް ތައްޔާރު ނުވެގެން އިންތިޚާބު ފަސްކުރުމަކީ ކުރެވޭނެ ކަމެއްނޫން، ގިނަ ޕާޓީތަކެއް ނަމަ ޑިމޮކްރަސީގެ އުސޫލުތަކުގެ މަތިން އަމަލު ކުރެވިދާނެ، އިލެކްޝަންސް ކޮމިޝަނުގެ ޒިންމާވެސް އަދާކުރަންޖެހޭ، ގާނޫނީ ގޮތުން ލިބިފައިވާ ޒިންމާވެސް އަދާނުކުރޭ، ޑްރާމާ ކުޅުންނޫން ކަމެއް ނުކުރޭ، އެއީ ކީއްވެގެންކަންވެސް ވަރަށް ސާފު، އެކަންކުރަނީ ރައީސް ޔާމިންއަށް ތާޢީދު ނެތުމުން، ޕީޕީއެމް ޓިކެޓްގައި ވާދަކުރާނެ މީހެއްވެސް ނުވެގެން އެއުޅެނީ، ޕީޕީއެމް އަވަނީ ދެ ފަޅިވެފައި، ރައީސް އަބްދުﷲ ޔާމިންއަށް އިންތިޚާބުތައް ކާމިޔާބުވާނެ ގޮތަކަށް މިހާރު އޮތް އިލެކްޝްންސް ކޮމިޝަނުން ކަންކަން ރާވާ ނެ ކަން ޔަގީން: ޑރ. ޑީޑ

 

ރައީސް ޔާމިންގެ އެއްވެސް ރިޔާސީ ބަޔާނެއްގައި އެއްވެސް އުއްމީދީ ވާހަކަފުޅެއް ނުދައްކަވާ، މުޅިންވެސް ދައްކަވަނީ ސިޔާސީ ފަރާތްތަކަށް ބިރު ދެއްކުމާއި ނޫސްވެރިންނަށް ބިރުދެއްކުން، މާދަމާގެ ރިޔާސީ ބަޔާނުގައިވެސް އެއްވެސް އުފާވެރި ޚަބަރުތަކެއް ރައްޔިތުންނަށް ލިބިގެނެއް ނުދާނެ، ރާއްޖޭގެ މަޝްރަހުގައި ބޮޑެތި ކަންތައްތަކެއް ހުއްޓަސް އެކަމާއި ވާހަކައެއް ނުދެއްކޭ، ރައްޔިތުންނަށް ލިބޭ އާމްދަނީ ކުޑަވަމުން، ސިވިލް ސާވަންޓުންނަށްވެސް އުފާވެރި ކަމެއްނެތް، ތަކެތީއަގާއި ތަންތަނުގެ ކުލި އަގުބޮޑުވެއްޖެ، ބާޒާރާން ގަންނަ ތަކެތީގެ އަގުބޮޑުވެ، ލިބޭ އާމްދަނީ ކުޑަވުން: ޑރ. ޑީޑ

5 ފެބްރުއަރީ 2017 | އާދީއްތަ 21:42

އަހުމަދު ފައިރޫޒު

Ahmed_Fairoox

ހުސެން ފިޔާޒް

hussainfiyaz

03:19
ބަގާވާތަށް ފަހު ގައުމުގެ ހާލަތު
03:14
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އޮޅިވަޑައިގެންނެވުމެއްގައި
03:12
މުއައްސަސާތަކުގެ މިނިވަންކަމެއް ނެތް
03:08
ވައްކަމަކީ ތޮބިއީ ކަމެއް ނޫން
03:05
ސަރުކާރުގެ ސިޔާސަތު ދެކޮޅު ނުޖެހުން
03:01
ދަރަނިވެރިވުން
02:59
ފުލުހުންނަށް މުސާރަ ނުދިނުން
02:42
ވަގުތުން: ފަލަ ސުރުޚީ