ކ. މާލެ
|
13 މާރޗް 2021 | ހޮނިހިރު 14:15
އުރީދޫ އޭކޭއައި-އެލްއެފް ޔޫތު ޗެމްޕިއަންޝިޕުގެ ތައްޓާއެކު ހިރިލަންދޫ ޓީމު
އުރީދޫ އޭކޭއައި-އެލްއެފް ޔޫތު ޗެމްޕިއަންޝިޕުގެ ތައްޓާއެކު ހިރިލަންދޫ ޓީމު
ރައިސިން ސްޓާސް ސްޕޯޓްސް އެކެޑަމީ
އުރީދޫ އޭކޭއައި-އެލްއެފް ޔޫތު ޗެމްޕިއަންޝިޕް
ފައިނަލް މެޗަށް ގުރައިދޫ ހާޒިރުނުވުމުން ޗެމްޕިއަންކަން ހިރިލަންދުއަށް
 
ފައިނަލް މެޗުން 2-0 ން ހިރިލަންދޫ މޮޅުވި ކަމަށް ވަނީ ނިންމާފައި
 
މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ހިރިލަންދޫ ބަލިވެފައެއް ނުވޭ

ތ. ވިލުފުށީ ރައިސިން ސްޓާސް ސްޕޯޓްސް އެކެޑަމީގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި "އުރީދޫ އޭކޭއައި-އެލްއެފް ޔޫތު ޗެމްޕިއަންޝިޕް 2021" ގެ ޗެމްޕިއަންކަން ހިރިލަންދޫން ހޯދައިފިއެވެ.

ވިލުފިށީ ޓާފް ފުޓްބޯޅަ ދަނޑުގައި ކުރިއަށްދިޔަ މި މުބާރާތުގެ ފައިނަލް މެޗުގައި ހިރިލަންދޫ އާއި ގުރައިދޫ ބައްދަލުކުރަން އޮތްއިރު، ހުކުރު ދުވަހުގެ ހަވީރު ކުޅެން އޮތް މެޗަށް ގުރައިދޫ ހާޒިރުވެފައެއް ނުވެއެވެ. އެހެންކަމުން މުބާރާތުގެ ގަވާއިދުގެ ދަށުން ފައިނަލް މެޗުން 2-0 ގެ ނަތީޖާއަކުން ހިރިލަންދޫ މޮޅުވި ކަމަށް ވަނީ ނިންމާފައެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހިރިލަންދޫން ހޯދިއިރު، މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން އެ ޓީމު ބަލިވެފައެއް ނުވެއެވެ.

މި މުބާރާތުގެ ފެއާޕްލޭ ޓީމަކަށްވެސް ހިރިލަންދޫ ހޮވުނުއިރު، ފެއާޕްލޭ ކުޅުންތެރިއަކަށް ހޮވުނީ ހިރިލަންދޫގެ މުޙައްމަދު ޝިޔާނެވެ. އަދި މި މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ހިރިލަންދޫގެ ކޯޗު މުޙައްމަދު ރަޝީދެވެ. މީގެ އިތުރުން މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހިރިލަންދޫގެ މުޙައްމަދު ނިޝާހު ހޯދިއިރު، އެންމެ އުންމީދީ ކުޅުންތެރިއަކީ ވިލުފުށީގެ މުޙައްމަދު ޝަހުދާނެވެ.

މި މުބާރާތަކީ ތ. އަތޮޅުގެ 21 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވި ބޮޑު ފުޓްބޯޅަ މުބާރާތެކެވެ. އަދި މިއީ ވިލުފުށީ ރައިސިން ސްޓާސް ސްޕޯޓްސް އެކެޑަމީގެ ފަރާތުން މި މުބާރާތް ބޭއްވި ފުރަތަމަ ފަހަރެވެ. އަދި މި ފަހަރުގެ މުބާރާތުގައި ތ. އަތޮޅުގެ ހަތަރު ރަށަކުން ވަނީ ވާދަކޮށްފައެވެ. އެއީ ހިރިލަންދޫ އާއި ގުރައިދޫގެ އިތުރުން، ވިލުފުއްޓާއި، ދިޔަމިގިއްޔެވެ.

ވިލުފުށީ ރައިސިން ސްޓާސް ސްޕޯޓްސް އެކެޑަމީން އިންތިޒާމުކުރި މި މުބާރާތުގެ މެއިން ސްޕޮންސަރަކީ އުރީދޫ މޯލްޑިވްސްއެވެ. އަދި މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ރާއްޖެޓީވީ ސްޕޯޓްސްއެވެ. މީގެ އިތުރުން މުބާރާތުގެ ޕްރިންޓިން ޕާޓްނަރަކަށް އިންކްޑް މޯލްޑިވްސް ހަމަޖެއްސިއިރު، އޮފިޝަލް ޖާޒީ ޕާޓްނަރަކީ ދަ ޑަބްލިއު ސްޕޯޓްސްއެވެ. އަދި ލައިވް ކަވަރޭޖް ޕާޓްނަރަކަށް ޗޮކޮލެޓް ކެފޭ އެންޑް ބިސްޓްރޯ ހަމަޖެއްސިއިރު، އޮންލައިން މީޑިއާ ޕާޓްނަރަކީ ބޯޅަ.އެމްވީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
13%
17%
4%
9%
52%
4%
ކޮމެންޓް
14 މާރޗް 2021 | އާދީއްތަ 01:06
އަދިރި ހިއްކި
ޗެންޕިއަން ޓީމް ވިލިފުށި