ކ. މާލެ
|
11 މާރޗް 2021 | ބުރާސްފަތި 19:01
ވިލުފުއްޓާއި ގުރައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ގުރައިދޫ މޮޅުވީ 4-0 ން
ވިލުފުއްޓާއި ގުރައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ގުރައިދޫ މޮޅުވީ 4-0 ން
ރައިސިން ސްޓާސް ސްޕޯޓްސް އެކެޑަމީ
އުރީދޫ އޭކޭއައި-އެލްއެފް ޔޫތު ޗެމްޕިއަންޝިޕް
ވިލުފުށި ބަލިކޮށް ގުރައިދޫ ފައިނަލަށް
 
ސެމީގައި ވިލުފުށި އަތުން ގުރައިދޫ މޮޅުވީ 4-0 ގެ ނަތީޖާއަކުން
 
ހުކުރު ދުވަހު ކުޅޭ ފައިނަލުގައި ގުރައިދޫ ބައްދަލުކުރާނީ ހިރިލަންދޫއާ

ތ. ވިލުފުށީ ރައިސިން ސްޓާސް ސްޕޯޓްސް އެކެޑަމީގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ "އުރީދޫ އޭކޭއައި-އެލްއެފް ޔޫތު ޗެމްޕިއަންޝިޕް 2021" ގެ ފައިނަލުގެ ފަހު ޖާގަ ގުރައިދޫން ހޯދައިފިއެވެ.

މި މުބާރާތަކީ ތ. އަތޮޅުގެ 21 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ ބޮޑު ފުޓްބޯޅަ މުބާރާތެކެވެ. މި މުބާރާތުގެ ފައިނަލަށް ގުރައިދޫ ދަތުރުކުރީ ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުނު ސެމީ ފައިނަލް މެޗުން ވިލުފުށި އަތުން ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ވިލުފިށީ ޓާފް ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ގުރައިދޫން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ޖީހާން އާދަމެވެ. އަދި މެޗުގެ 52 ވަނަ މިނެޓުގައި އަޙްމަދު ރަފްހާން މުޙައްމަދު ވަނީ ގުރައިދޫއަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި ވިލުފުއްޓަށް މައްސަލަތަކެއް ކުރިމަތިވީ 64 ވަނަ މިނެޓުގައި އެ ޓީމުގެ ސަލްމާން ސަދީފަށް ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ. އެއާއެކު ވިލުފުށީގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، މެޗުގެ 73 ވަނަ މިނެޓުގައި ހުސއިން ހައިޝަމް ވަނީ ގުރައިދޫގެ ތިންވަނަ ލަނޑު ޖަހާފައެވެ. އަދި އެ ޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހަމްމާދު ނަސީމެވެ.

މި މޮޅާއެކު މުބާރާތުގެ ފައިނަލަށް ގުރައިދޫ ދަތުރުކުރިއިރު، ފައިނަލް މެޗުގައި ގުރައިދޫ ބައްދަލުކުރަންޖެހޭނީ ލީގު ބުރުގެ އެއްވަނަ ހޯދި ހިރިލަންދޫއާއެވެ. ތ. އަތޮޅުގެ ހަތަރު ރަށެއް ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ހުކުރު ދުވަހު ހަވީރު ކުޅޭއިރު، ލީގު ބުރުގައިވެސް ހިރިލަންދޫ އާއި ގުރައިދޫ ވަނީ ބައްދަލުކޮށްފައެވެ. އެ މެޗުން ހިރިލަންދޫ މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.

ވިލުފުށީ ރައިސިން ސްޓާސް ސްޕޯޓްސް އެކެޑަމީން އިންތިޒާމުކުރާ މި މުބާރާތުގެ މެއިން ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާއިރު، މީޑިއާ ޕާޓްނަރަކީ ރާއްޖެޓީވީ ސްޕޯޓްސްއެވެ. އަދި މުބާރާތުގެ ޕްރިންޓިން ޕާޓްނަރަކަށް އިންކްޑް މޯލްޑިވްސް ހަމަޖައްސާފައިވާއިރު، އޮފިޝަލް ޖާޒީ ޕާޓްނަރަކީ ދަ ޑަބްލިއު ސްޕޯޓްސްއެވެ. މީގެ އިތުރުން ލައިވް ކަވަރޭޖް ޕާޓްނަރަކަށް ޗޮކޮލެޓް ކެފޭ އެންޑް ބިސްޓްރޯ ހަމަޖައްސާފައިވާއިރު، އޮންލައިން މީޑިއާ ޕާޓްނަރަކީ ބޯޅަ.އެމްވީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
5%
89%
0%
0%
0%
5%
ކޮމެންޓް