ކ. މާލެ
|
10 މާރޗް 2021 | ބުދަ 18:54
ހިރިލަންދޫ އާއި ވިލުފުށި ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ހިރިލަންދޫ މޮޅުވީ 3-1 ން
ހިރިލަންދޫ އާއި ވިލުފުށި ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ހިރިލަންދޫ މޮޅުވީ 3-1 ން
ރައިސިން ސްޓާސް ސްޕޯޓްސް އެކެޑަމީ
އުރީދޫ އޭކޭއައި-އެލްއެފް ޔޫތު ޗެމްޕިއަންޝިޕް
ވިލުފުށި ބަލިކޮށް ހިރިލަންދޫ ފައިނަލަށް
 
ހިރިލަންދޫ މޮޅުވީ ދިޔަމިގިލި އަތުން 3-1 ގެ ނަތީޖާއަކުން
 
ކުޅުނު ތިން މެޗުންވެސް މޮޅުވެ ހިރިލަންދޫ ވަނީ އެއްވަނަ ހޯދާފައި

ތ. ވިލުފުށީ ރައިސިން ސްޓާސް ސްޕޯޓްސް އެކެޑަމީގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ "އުރީދޫ އޭކޭއައި-އެލްއެފް ޔޫތު ޗެމްޕިއަންޝިޕް 2021" ގައި ބުދަ ދުވަހު ކުޅުނު މެޗުން ވިލުފުށި ބަލިކޮށް ފައިނަލުގެ ސީދާ ޖާގައެއް ހިރިލަންދޫން ހޯދައިފިއެވެ.

މި މުބާރާތަކީ ތ. އަތޮޅުގެ 21 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ ބޮޑު ފުޓްބޯޅަ މުބާރާތެކެވެ. މި މުބާރާތުގައި އަންގާރަ ދުވަހުގެ ހަވީރު ކުޅުނު މެޗުން ގުރައިދޫ މޮޅުވީ ދިޔަމިގިލި އަތުން 3-1 ގެ ނަތީޖާއަކުންނެވެ.

ވިލުފިށީ ޓާފް ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ހިރިލަންދޫން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 14 ވަނަ މިނެޓުގައި ނިޝާހުގެ ލަނޑުން ހިރިލަންދޫއަށް ލީޑު ނެގިއިރު، މެޗުގެ 28 ވަނަ މިނެޓުގައި މިންވާލް ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ. އެކަމަކު މެޗުގެ 72 ވަނަ މިނެޓުގައި އަމާން ވަނީ ލަނޑެއް ޖަހައި ވިލުފުއްޓަށް ފަރަގު ކުޑަކޮށްދީފައެވެ. ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން ހިރިލަންދޫން ވަނީ އަނެއްކާވެސް ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިޝާލެވެ.

ތ. އަތޮޅުގެ ހަތަރު ރަށެއް ވާދަކުރާ މި މުބާރާތް ކުރިއަށްދަނީ ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކުޅެ، ލީގު ބުރުގެ އެއްވަނައަށްދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭ ގޮތަށެވެ. އަދި ފައިނަލުގެ ފަހު ޖާގަ ލިބޭނީ ދެވަނައަށް ދާ ޓީމާއި ތިންވަނައަށް ދާ ޓީމުގެ މެދުގައި ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

އެހެންކަމުން ފައުނަލުގެ ސީދާ ޖާގައެއް ހިރިލަންދޫން ހޯދީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ލީގު ބުރުގެ އެއްވަނަ ހޯދައިގެންނެވެ. އަދި ސެމީގެ މެޗުގައި ބައްދަލުކުރާނީ ހަ ޕޮއިންޓާއެކު ދެވަނައިގައި އޮތް ވިލުފުއްޓާއި ތިން ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައި އޮތް ގުރައިދޫއެވެ. އަދި ކުޅުނު އެއްވެސް މެޗަކުން މޮޅެއް ލިބިފައިނުވާ ދިޔަމިގިލި ވަނީ މުބާރާތާ އަލްވަދާއު ކިޔާފައެވެ.

ވިލުފުށީ ރައިސިން ސްޓާސް ސްޕޯޓްސް އެކެޑަމީން އިންތިޒާމުކުރާ މި މުބާރާތުގެ މެއިން ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާއިރު، މީޑިއާ ޕާޓްނަރަކީ ރާއްޖެޓީވީ ސްޕޯޓްސްއެވެ. އަދި މުބާރާތުގެ ޕްރިންޓިން ޕާޓްނަރަކަށް އިންކްޑް މޯލްޑިވްސް ހަމަޖައްސާފައިވާއިރު، އޮފިޝަލް ޖާޒީ ޕާޓްނަރަކީ ދަ ޑަބްލިއު ސްޕޯޓްސްއެވެ. މީގެ އިތުރުން ލައިވް ކަވަރޭޖް ޕާޓްނަރަކަށް ޗޮކޮލެޓް ކެފޭ އެންޑް ބިސްޓްރޯ ހަމަޖައްސާފައިވާއިރު، އޮންލައިން މީޑިއާ ޕާޓްނަރަކީ ބޯޅަ.އެމްވީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް