ކ. މާލެ
|
16 މެއި 2020 | ހޮނިހިރު 00:46
މިސްރުގައި ހަރަކާތްތެރިވަމުންދާ ސިފައިން
ރޮއިޓަރސް
މިސްރުގައި ހިންގާ ޚާއްސަ އޮޕަރޭޝަން
މިސްރުގައި އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަނެއްގައި 7 ޓެރަރިސްޓުން މަރާލައިފި
 
އެސަރަހައްދުން އައިސިސްގެ ބާރު ކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން
 
އެތަނުން ގިނަ އަދަދެއްގެ ހަތިޔާރާއި މޯބައިލް ފޯނު ވެސް ފެނިފައިވޭ
 
ޓެރަރިސްޓުން ތިބި ތަނުން ގިނަ އަދަދެއްގެ ގޮވާ ތަކެތި ފެނިފައިވޭ

މިސްރުގައި އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަނެއްގައި 7 ޓެރަރިސްޓުން މަރާލައިފި އެވެ.

މިޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިސްރުގެ އަސްކަރިއްޔާއިން ސިނާއީ ޕެނިސިއުލާގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހަތް މީހަކު މަރާލެވިފައިވާ ކަމަށެވެ. ހުކުރު ދުވަހު ހިންގި މިޚާއްސަ އޮޕްރޭޝަން އަކީ އެސަރަހައްދުގައި ޓެރަރިސްޓުން އުޅޭ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެކެވެ.

މިއޮޕްރޭޝަންގައި ޓެރަރިސްޓުން ތިބި ތަނަށް ދިން ހަމަލާގައި އެތަނުން އެކަކު މަރުވުމާ ގުޅިގެން ބާކީ ތިބި މީހުން އެތަނުން ފިލަން މަސައްކަތް ކުރިއެވެ. ނަމަވެސް އެމީހުން ފިލާ ތިބި ތަނަށް ފަހުން ހަމަލާތަކެއް ދެވި އެމީހުން ވެސް މަރާލާފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ޓެރަރިސްޓުން ތިބި ތަނުން ގިނަ އަދަދެއްގެ ގޮވާ ތަކެއްޗާއި، ހަތިޔާރާ ވަޒަން އަދި އޭގެ އިތުރުން މޯބައިލް ފޯނުތައް ފެނިފައިވެއެވެ.

މިސަރަހައްދުގައި އޮތް އައިސިސްގައި ބާރު ކަނޑުވާލުމަށް 2018 ގައި މިސްރުގެ ސިފައިން ވަނީ ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް