ކ. މާލެ
|
8 އޭޕްރިލް 2020 | ބުދަ 11:48
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކައުންސިލްތަކުގެ މެމްބަރުން މަޤާމުގައި ދެމިތިިބޭގޮތަށް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމަށް ހާއްސަ ބިލެއް
 
އަލަށް އިންތިޚާބު ކުރެވޭ ކައުންސިލަރުން އެ މީހުންގެ މަޤާމާ ޙަވާލުވާތާރީޚުން ފެށިގެން މި ޤާނޫނު އުވުނީ
 
ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި ޤާނޫނު ތަސްދީޤުކޮށް، ދިވެހި ސަރުކާރުގެގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން
 
ބިލު ހުށަހެޅުއްވީ މެމްބަރު ލަތީފް

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލުގެ ފުރަތަމަ ކިއުން އިއްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ މި ބިލުގެ ފުރަތަމަ ކިއުން އިއްވާފައިވަނީ ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއެވެ.

ބިލުގައިވާގޮތުން މިހާރު ހިނގަމުންދާ ކައުންސިލްތައް އިންތިޚާބުކުރެވިފައިވަނީ 3 އަހަރުގެ ދައުރަކަށް ކަމަށް ވީނަމަވެސް، ކައުންސިލްތަކުގެ އުމުރު ޤާނޫނުއަސާސީއިން 5 އަހަރަށް ބަދަލުކޮށްފައިވާތީއާއި، ހިނގަމުންދާ ކައުންސިލްތަކުގެ އުމުރު ހަމަވާއިރު, އައު ކައުންސިލްތައް އިންތިޚާބު ނުކުރެވުމުގެ ސަބަބުން ޤާނޫނީ ހުސްކަމެއް ކުރިމަތިވާނެ ކަމަށްވެއެވެެ. މީގެ އިތުރުން ޤާނޫނުއަސާސީގެ 230 ވަނަ މާއްދާ ނިޔާކުރާގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން މެނުވީ ނުހިންގޭނޭތީ، ލާމަރުކަޒީ އުސޫލުން ހިންގާނީ ރައްޔިތުން އިންތިޚާބުކުރާ ކައުންސިލްތައް މެދުވެރިކޮށްގެންކަން ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގައިވާކަމަށް ބިލުގައިވެއެވެ.

ބިލު ހުށަހެޅުމުގެ މަގުސަދަކީ މިހާރު ހިނގަމުންދާ ކައުންސިލްތަކަކީ ޤާނޫނުއަސާސީއާއި، ޤާނޫނުގައިވާގޮތުގެމަތީން އިންތިޚާބުކޮށްފައިވާ ކައުންސިލްތަކަކަށްވާއިރު، ޤާނޫނީ ހުސްކަމެއް ކުރިމަތިނުވެ، ޤާނޫނުއަސާސީގެ 230 ވަނަ މާއްދާއިން ލާޒިމުކުރާގޮތުގެ މަތީން ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމެވެ. މި ބިލުގައިވާ ގޮތުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަކީ ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގެ ދަށުން ލާޒިމުކަމެއްކަމަށްވާއިރު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް އަބަދުމެ ހިންގަމުން ގެންދަނީ ޤާނޫނުއަސާސީގެ 8 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުންކަން ކަށަވަރުކުރުމަކީ ދައުލަތުގެ މައްޗަށް ލާޒިމުކަމެކެވެ.

ޤާނޫނުއަސާސީއާއި، ޤާނޫނުގައި ބުނެފައިވާގޮތުގެމަތީން ލޯކަލް ކައުންސިލްތައް އިންތިޚާބުކުރުމަށްޓަކައި ބާއްވަންޖެހޭ އިންތިޚާބު، ޤާނޫނު ލާޒިމުކުރާ މުއްދަތުގެ ތެރޭގައި ނުބޭއްވޭ ފަދަ ޙާލަތެއް މެދުވެރިވުމަކީ ޤާނޫނުއަސާސީގެ 8 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އުސޫލަށް ޢަމަލުކުރުން އިސްތިސްނާ ވާނޭކަމެއް ނޫންކަމަށް ބިލުގައިވެއެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަން ފަށާއިރު ހިނގަމުންދާ ކައުންސިލްތަކަކީ 3 އަހަރު ދުވަހުގެ މުއްދަތަށް އިންތިޚާބު ކުރެވިފައިވާ ކައުންސިލްތަކަކަށް ވީނަމަވެސް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވާ ތާރީޚުގެ ސަބަބުން މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު ހަމަވެ، އައު ކައުންސިލްތައް އިންތިޚާބު ނުކުރެވުމުގެ ސަބަބުން ޤާނޫނީ ހުސްކަމެއް ކުރިމަތިވެދާނެ ޙާލަތެއްގައި ޢަމަލުކުރާނޭ ގޮތެއް ޤާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިނުވާކަން ބިލްގައި ފާހަގަކޮށްފައިވެއެވެ.

ބިލުގައިވާގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ ދަށުން ބާއްވަންޖެހޭ އިންތިޚާބު ބާއްވައި، ކައުންސިލްތަކަށް އަލަށް އިންތިޚާބުކުރެވޭ މެންބަރުން މަޤާމާ ޙަވާލުވަންދެން މި ޤާނޫނަށް ޢަމަލުކުރަން ފަށާއިރު އިންތިޚާބުކުރެވިފައިވާ އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެންބަރުން އެ މީހުންގެ މަޤާމުގައި ދެމިތިބޭނެ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ކައުންސިލްތަކުން ނިންމާނިންމުންތަކަކީ ޤާނޫނުއަސާސީއާއި، ޤާނޫނުގައިވާ ގޮތުގެމަތީން ފުރިހަމަބާރުވެރިކަން ލިބިގެންވާ، އަދި އެ ނިންމުންތަކަށް ކައުންސިލްތަކުން ޒިންމާވާންޖެހޭނޭ ނިންމުންތަކެއްކަމުގައި ބެލެވޭނެކަމަށް ބިލްގައިވެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި ޤާނޫނު ތަސްދީޤުކޮށް، ދިވެހި ސަރުކާރުގެގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ. ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނުގެ ދަށުން ބާއްވަންޖެހޭ އިންތިޚާބުބޭއްވި އަލަށް އިންތިޚާބު ކުރެވޭ ކައުންސިލަރުން އެ މީހުންގެ މަޤާމާ ޙަވާލުވާތާރީޚުން ފެށިގެން މި ޤާނޫނު އުވޭނެކަމަށް ބިލްގައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
100%
0%
0%
ކޮމެންޓް