ބުދަ 27 މެއި 2020
08 ރޯނު
1441 ޝައްވާލް 04
ފަތިސް 04:34
އިރުއަރާ 05:51
މެންދުރު 12:07
އަސްރު 15:29
އިރުއޮއްސޭ 18:15
އިޝާ 19:32
ޖިންސީ އަނިޔާ

ޖިންސީ އަނިޔާ ކުރި މައްސަލައެއް ކަމާގުޅުންހުރި މުއައްސަސާތަކުން ބެލުމަށް އަންގައިފި

  • އެއްހަފްތާ ތެރޭގައި ސިޓީއަކުން ހުރިހާ މައުލޫމާތެއް ހިއްސާކުރަންޖެހޭ
  • އެކުދިންނަށް ރައްކާތެރި މާހައުލެއް ހޯދަދޭންޖެހޭ

ކ. މާލެ | 14 އޮކްޓޯބަރ 2019 | ހޯމަ 13:17 | 15,943

ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު - ރާއްޖެއެމްވީ

އަންހެން ކުދިންތަކަކަށް ޖިންސީ އަނިޔާ ކުރި މައްސަލައެއް ކަމާ ހުރިހާ މުއައްސަސާއަކުން ބެލުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން އަންގައިފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ބޭއްވި 35 ވަނަ ކޮމެޓީގެ ބައްދަލުވުމުގައި ހިންނަވަރު ދާއިރާގެ މެމްބަރު އަދި ކޮމެޓީގެ މުގައްރިރު ޖީހާން މަހުމޫދު ވިދާޅުވީ އަންހެނަކު އޭނާ ކުޑައިރު ދިމާވެފައިވާ ޖިންސީ އަނިޔާގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ކަމަށާއި، މިމަހުގެ 03 ވަނަ ދުވަހު އެކުރި ޕޯސްޓުން އެ އަންހެން މީހާގެ އިތުރުން އެހެން އަންހެން ކުދިންތަކަކަށް ވެސް ޖިންސީ ގޯނާ ލިބިފައިވާކަން ހާމަވެފައިވާ ކަމަށެވެ. އަދި މިހާރު ވެސް އެމީހާގެ ފަރާތުން އެހެން ކުދިންތަކަށް ޖިންސީ ގޯނާ ލިބުމުގެ ބިރު އޮތް ކަމަށް މެމްބަރު ޖީހާން ވިދާޅުވިއެވެ.

މެމްބަރު ޖީހާން ވިދާޅުވީ މިޕޯސްޓް ކިޔާލުމުން އިންސާފު ނުލިބިވާކަން އެނގޭ ކަމަށާއި، މެޖިސްޓްރޭޓް ކޯޓުން ހެކި ސާބިތުނުވާ ކަމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިމައްސަލާގައި އިސްތިއުނާފު މަރުހަލާ އެބައޮތް ކަމަށާއި، ކޮމެޓީގެ ފަރާތުން ޕްރޮސެކިއުޓަރ ޖެނަރަލަށް މިމައްސަލަ އިސްތިއުނާފް ކުރުމަށް ހުށަހެޅިދާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.

އެގޮތުން އެންމެ ފުރަތަމަ މިމައްސަލައިގެ އެންމެ ފަހުގެ އަޕްޑޭޓް ބަލައި، ކަމާގުޅޭ ހުރިހާ މުއައްސަސާއަކުން މިމައްސަލަ ބެލުމަށް އަންގާފައިވާ ކަމަށް މެމްބަރު ޖީހާން ވިދާޅުވިއެވެ.

މިކޮމެޓީއަށް ސާފުކޮށްދިނުމަށްށާއި، މިމައްސަލަ ވަރަށް ފަރުވާ ތެރިކަމާއި އަވަސްކަމާއި، އެކު ބެލުމަށްށާއި، މިމައްސަލަ ބަލަމުންދާއިރު މިކުދިންނަށް ބޭނުންވާ ރައްކާތެރިކަމާއި، ހިމާޔަތާއި އަދި ފަރުވާ އަދި އެހެނިހެން ވެސް އެހީތެރިކަން ބޭނުންވާ ނަމަ މިކުދިންނަށާއި މިކުދިންގެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށްށާއި، މިމައްސަލައަކީ އިސްތިއުނާފު ކުރެވޭ މަރުހަލާގައި ވާ މައްސަލައެއްކަން މައުލޫމާތު ލިބިފައިވާތީ އިސްތިއުނާފް ކުރުމަށްށާއި، ޖެންޑަރ މިނިސްޓްރީ، ޕޮލިސް ސަރވިސް، ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ (އާއިލީ ގުޅުމެއް އޮންނަ) އަދި އެޗްއާރްސީއެމް ފާރަވެރިވާން ޖެހޭ މުއައްސަސާއަކަށްވާތީ، ހުރިހާ އިދާރާއަކުން މިމައްސަލާގައި ފިޔަވަޅު އަޅުމަށް.

~ މެމްބަރު ޖީހާން ވިދާޅުވި

މެމްބަރު ޖީހާން ވިދާޅުވީ މި މައްސަލާގައި ކޮމެޓީގެ މަގުސަދަކީ އެކުދިންނަށް އިންސާފު ހޯދައިދިނުމަށް ކަމަށާއި، ކަމާބެހޭ މުއައްސަސާތަކުން މިމައްސަލަ ބެލުމަށްފަހު އެއްހަފުތާ ތެރޭގައި އެ ކޮމެޓީއަށް ސިޓީއަކުން ހިއްސާކުރުމަށް އަންގާފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.