އާދީއްތަ 22 ސެޕްޓެންބަރ 2019
02 އަތަ
1441 މަހައްރަމް 23
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15
ރާއްޖެ - ފުލުހުން

ފުލުހުން ހިންގި އޮޕަރޭޝަން ނިންމާލައިފި

  • މިހާތަނަށް ފުލުހުން ވަނީ މާލެ ސިޓީއާއި އައްޑޫ ސިޓީގައި 17 ތަނަކާއި 11 މީހުން ބަލާފާސްކޮށްފަ
  • އެއްވެސް މީހަކު މިކަމާއި ހައްޔަރު ކޮށްފައެއް ނުވޭ
  • ހުރިހާ ކޯޓު އަމުރުތަކެއް ތަންފީޒުކޮށް ނިމިފައިވާތީ ކަމަށް ފުލުހުން ބުނި

ޝަރޫނާ އަބްދުﷲ
AbdullaSharoona

ކ. މާލެ 11 ސެޕްޓެންބަރ 2019 | ބުދަ 23:21 1,869

ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން - ރާއްޖެއެމްވީ

މަރާލާފައިވާ އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދަފައިވާ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކާއި ގުޅިގެން، ފުލުހުން ހިންގި އޮޕަރޭޝަން ނިންމާލައިފިއެވެ.

ފުލުހުން ބުނީ، މަރާލާފައިވާ އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދަފައިވާ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކާއި ގުޅިގެން ކޮމިޝަންގެ ބޭނުމަށް، ކޯޓު އަމުރުތަކުގެ ދަށުން ފުލުހުންނަށް ހަވާލުކޮށްފައިވާ ހުރިހާ ކޯޓު އަމުރުތަކެއް ތަންފީޒުކޮށް ނިމިފައިވާތީ ފުލުހުން އަންގާރަ ދުވަހުން ފެށިގެން ހިންގަމުންދިޔަ އޮޕަރޭޝަން މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

މިހާތަނަށް ފުލުހުން ވަނީ މާލެ ސިޓީއާއި އައްޑޫ ސިޓީގައި 17 ތަނެއް އަދި 11 މީހުން ބަލާފާސްކޮށްފައެވެ.

މި އޮޕަރޭޝަނަކީ ބަލާފާސްކުރުމުގެ އޮޕަރޭޝަނަކަށްވާއިރު މިކަމާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

މި އޮޕަރޭޝަނަކީ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑާއި ފޮރެންސިކް ސަރވިސް ޑިޕާރޓްމެންޓް އަދި ޑިވިޒަނަލް ޕޮލިސިންގ ކޮމާންޑުން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. އަދި މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) ން ވެސް ފުލުހުންނަށް މިކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން ދާކަން ފާހަގަ ކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް