ކ. މާލެ
|
8 ޖުލައި 2019 | ހޯމަ 00:18
އެމެރިކާއިން ވުމެންސް ވޯލްޑް ކަޕްގެ ތަށި އުފުލާލަނީ
އެމެރިކާއިން ވުމެންސް ވޯލްޑް ކަޕްގެ ތަށި އުފުލާލަނީ
ޓްވިޓަރ
ވުމެންސް ވޯލްޑް ކަޕް
ވުމެންސް ވޯލްޑް ކަޕް: ނެދަލޭންޑްސް ބަލިކޮށް އެމެރިކާއިން ތަށި ދިފާއުކޮށްފި
 
ނެދަލޭންޑްސްއާ ވާދަކޮށް އެމެރިކާއިން މެޗު ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުން

ވުމެންސް ވޯލްޑްގައި ނެދަލޭންޑްސް ބަލިކޮށް އެމެރިކާއިން މުބާރާތުގެ ތަށި ދިފާއުކޮށްފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ނެދަލޭންޑްސްއާ ވާދަކޮށް އެމެރިކާއިން މެޗު ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

ފްރާންސްގެ ލިޔޯން އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް މުޅި މެޗުގައިވެސް އެމެރިކާ ފެނިގެންދިޔައީ ވަރުގަދަކޮށެވެ.

ފުރަތަމަ ހާފްގައި ލަނޑު ޖެހުމަށް އެންމެ ހުސް ފުރުސަތުތައް ލިބުނީ އެމެރިކާއަށެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތުގައި ހިފިފައެއް ނުވެއެވެ.

ދެވަނަ ހާފް ފެށިގެން އެމެރިކާއިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ކެޕްޓަން މެގަން ރަފީނޯއެވެ. މިއީ މުބާރާތުގައި އެމެރިކާއިން ޖެހި 25 ވަނަ ލަނޑެވެ.

މި ލަނޑަށްފަހުވެސް އެމެރިކާއިން ދިޔައީ މޮޅަށް ކުޅެމުންނެވެ. އެގޮތުން 69 ވަނަ މިނެޓުގައި މެވިސްގެ އެހީތެރިކަމާއެކު ލަވެލް ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ.

މެޗުގައި ނެދަލޭންޑްސްގެ ފަރާތުން މާގިނަ ހަމަލާތަކެއް ނުފެނެއެވެ. އަދި އެޓީމަށް ލަނޑު ޖެހުމަށްވެސް މާ ރަނގަޅު ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ.

މިއާއެކު އެމެރިކާއާ ދެކޮޅަށް ނެދަލޭންޑްސް އެންމެ ފަހުން ކުޅުނު ހަތް މެޗުންވެސް ވަނީ ބަލިވެފައެވެ. އަދި މުބާރާތުގައި އެމެރިކާއިން 26 ލަނޑު ޖެހިއިރު، މިއީ ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ މުބާރާތަކުން އެ އަދަދަށް ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް