ކ. މާލެ
|
7 ޖެނުއަރީ 2017 | ހޮނިހިރު 19:58
އިސްރާއީލާ ދެކޮޅަށް ގަރާރު ފާސްވީ އެމެރިކާއިން ވަކިކޮޅަކަށް ވޯޓް ނުދިނުމުން
އިސްރާއީލާ ދެކޮޅަށް ގަރާރު ފާސްވީ އެމެރިކާއިން ވަކިކޮޅަކަށް ވޯޓް ނުދިނުމުން
ގޫގުލް
މައުމޫން
އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ

ލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމަށް އެގައުމުން ބޭނުންވާ ބިމުގައި އިސްރާއީލުން ގެދޮރު އާބާދުކުރުން ހުއްޓާލުމަށް ގޮވާލާ އދގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާގާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން އިސްރާއީލުން އދ އަށް ދޭ އެހީގެ ތެރެއިން 6 މިލިއަން ޑޮލަރު މަދު ކުރާނެ ކަމަށް އެ ގައުމުން ހުކުރު ދުވަހު ބުނެފިއެވެ.

މިދިއަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ނެގި ވޯޓްގައި އެމެރިކާއިން ވަކިކޮޅަކަށް ވޯޓް ނުދިނުމުން 14 ގައުމުގެ ތާއީދާއެކު އެ ގަރާރުވަނީ ފާސްވެފައެވެ.

އިސްރާއީލުން އަދި އެމެރިކާގެ ރައީސްކަމަށް އިންތިޚާބުވެފައިވާ ޑޮނަލްޑް ޓްރަމްޕްވެސް ވަނީ އެމެރިކާއިން އެ ގަރާރު ވީޓޯކުރުމަށް ގޮވާލާފައެވެ.

އިސްރާއީލުން އދ އަށް ކަނޑައަޅާފައިވާ މިޝަނުން ބުނެފައިވަނީ ފަންޑިގް ކަނޑާލަނީ އެގައުމާ ދެކޮޅަށް މަސައްކަތް ކުރާ އިދާރާއަށް ޚަރަދު ކުރަންޖެހޭ ސަބަބެއް އޮތްކަމަށް ނުދެކޭތީކަމަށް ބުނެއެވެ.

އިސްރާއީލުން ބުނެފައިވަނީ ޖެނުއަރީމަހުގެ 20 ގައި ޓްރަމްޕް ރައީސްކަމުގެ މަގާމާ ހަވާލުވެ ވަޑައިގަތުމާއެކު އިސްރާއީލުން އެގައުމާ ދެކޮޅަށް ހިންގާ ހަރަކާތްތަކާމެދު އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

އިސްރާއީލުން 1967 ގެ ހަނގުރާމައިގައި ހިފާފައިވާ ހުޅަނގު އައްސޭރިއާ، ޣައްޒާއާއި އިރުމަތީ ގުދުސް އާއެކު ފަލަސްތީނުން ބޭނުންވަނީ މިނިވަން ދައުލަތެއް ގާއިމް ކުރުމަށެވެ.

އދ އާ އެތައް ގައުމަކުން ގަބޫލުކުރަނީ ހުޅަނގު އައްސޭރީގައި އިސްރާއީލުން ގެދޮރު އާބާދު ކުރުމަކީ ޣައިރު ގާނޫނީ އަމަލެއްކަމަށެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް