ކ. މާލެ
|
30 މާރޗް 2024 | ހޮނިހިރު 21:55
ސިނަމާލެ ބުރިޖުގެ މެއިންޓެނެންސް މަސައްކަތްތައް ކުރިޔަށްދަނީ
ސިނަމާލެ ބުރިޖުގެ މެއިންޓެނެންސް މަސައްކަތްތައް ކުރިޔަށްދަނީ
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓަކްޗަރ
ސިނަމާލެ ބުރިޖު
ސިނަމާލެ ބުރިޖުގެ މެއިންޓެނަންސް މަސައްކަތްތައް ފަށައިފި
 
ބުރިޖުގެ މެއިންޓަނަންސް ބަލަހައްޓަން ބުރިޖު ހެދި ކުންފުންޏާއެކު އެއްބަސްވެފައިވަނީ 3 އަހަރުގެ މުއްދަތަށް

ސިނަމާލެ ބްރިޖުގެ މެއިންޓަނަންސް މަސައްކަތްތައް، ބުރިޖު ހެދި ކުންފުނިކަމަށްވާ ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ ސެކަންޑް ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް(ސީސީސީސީ) އިން ހޮނިހިރު ދުވަހު ފަށައިފިއެވެ.

2018 ވަނަ އަހަރު ހުޅުވި މި ބުރިޖު އެޅި ކުންފުންޏާ މަރާމާތުގެ މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއި ކުރީ މި މަހުގެ 20 ވަނަ ދުވަހުއެވެ. ބުރިޖުގެ މެއިންޓަނަންސް ބަލަހައްޓަން ބުރިޖު ހެދި ކުންފުންޏާއެކު އެއްބަސްވެފައިވަނީ 3 އަހަރުގެ މުއްދަތަށެވެ.

މިއެއްބަސްވުމަކީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މެއިންޓަނަންސް މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ތަރައްޤީ ކުރުމަށާއި ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޗައިނާ ސަރުކާރު އަދި ދިވެހި ސަރުކާރާއި ދެމެދު ސޮއި ކުރެވުނު "ލެޓަރ އޮފް އެކްސްޗޭންޗް" އަދި "އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯރޕަރޭޝަން ބިޓްވީން ދަ ގަވަރމެންޓްސް އޮފް ޗައިނާ އެންޑް މޯލްޑިވްސް" އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ. މިމަޝްރޫޢުއަށް 26,150,000.00 ޗައިނީސް ޔުއާން ނުވަތަ 3.6 މިލިއަން ޑޮލަރު - ޚަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މަޝްރޫއުގެ ދަށުން، ބްރިޖް މެއިންޓެނަންސް މަސައްކަތްތަކުގެ ރިކޯޑްސް ބަލަހައްޓާނެ ނިޒާމެއް ހަދައި، ބްރިޖްގެ މެއިންޓެނަންސް މައްސަލަތައް ދެނެގަތުމާ ގުޅޭ އެސެސްމެންޓްތައް ވެސް ހަދާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހަ މަހުން ކުރިއަށްގެންދާ މަސައްކަތް އަދި އަހަރަކު އެއް ފަހަރު ކުރިއަށްގެންދާ މެއިންޓަނަންސްގެ ފަންނީ މަސައްކަތްތަކަށް ދިވެހިން ތަމްރީނު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައިވެއެވެ.

އެއްބަސްވުމުގެ ދަށުން ޗައިނާއާ ބުރިޖު މަރާމާތުކުރުމާއި ބެލެހެއްޓުމަށް ހަވާލުކުރީ ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް