ކ. މާލެ
|
27 ޖެނުއަރީ 2024 | ހޮނިހިރު 23:04
މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް
މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް
ރާއްޖެއެމްވީ
ސިޓީ ކައުންސިލުގެ މަޝްރޫޢުތައް
ސިޓީ ކައުންސިލުގެ ބޮޑެތި މަޝްރޫޢުތައް ހައުސިންގ މިނިސްޓްރީގެ ދަށަށް ބަދަލުކުރީ ސުޕަރވައިޒްކުރާ ގޮތަށް: އާޒިމް
 
އާޒިމް ވިދާޅުވީ އެމަޝްރޫޢުތަކަކީ ސިޓީ ކައުންސިލުގެ މަޝްރޫޢުތަކެއްކަމަށް

މާލެ ސިޓީ ކައުންސިލުން ހިންގަމުންދިޔަ ބޮޑެތި މަޝްރޫއުތައް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވަނީ އެމިނިސްޓްރީން ސުޕަވައިޒްކުރާ ގޮތަށްކަމަށް ގަބޫލުކުރައްވާކަމަށް ސިޓީ ކައުންސިލުގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުގެ މޭޔަރު ކަމަށް އިންތިޚާބުވެފައިވާ ޢާދަމް އާޒިމް، މޭޔަރު ކަމުގެ ހުވާކުރެއްވުމުގެ ކުރިން، މާލެ ސިޓީ ކައުންސިލުން ހިންގަމުންދިޔަ ބޮޑެތި މަޝްރޫއުތައް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ވަނީ ފާސްކޮށްފައެވެ. ސިޓީ ކައުންސިލުން ފާސްކުރީ 100 މިލިއަން ރުފިޔާއަށް ވުރެ އަގު ބޮޑު ބައެއް މަޝްރޫއުތައް އިންފްރާސްޓްރަކްޗާ ވުޒާރާގެ ދަށަށް ބަދަލުކުރުމަށެވެ. އެގޮތުން ބަދަލުކުރަން ނިންމާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ލޯކަލް މާރުކޭޓް އަދި ޕާކިން ބިލްޑިންތަކުގެ މަޝްރޫއު ހިމެނެއެވެ. މިއީ އާޒިމް މޭޔަރ ކަމަށް އައުމަށް ކެމްޕެއިން ތެރޭގައި ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައިވެސް ހިމެނޭ މަޝްރޫޢުތަކެކެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އެކަން ހިނގާދިޔައީ އެންމެ ރަނގަޅަށްކަމަށް ގަބޫލުނުކުރާކަމަށެވެ. ނަމަވެސް އެއޮންނަ އުސޫލާއި ގަވާއިދަށް އަބަދުވެސް އިޚުތިރާމްކުރައްވާކަމަށް އާޒިމް ވިދާޅުވިއެވެ.

ނަމަވެސް ކަންހިނގާފައިވާ ގޮތަށް ބަލާއިރު އެކަން ހިނގާފައިވަނީ އެންމެ ރަނގަޅަށް ނޫންކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ގަބޫލުފުޅުކުރައްވާ ގޮތުގައި ސިޓީ ކައުންސިލުން އަސްލު ނިންމި ނިންމުމަކީ އެމަޝްރޫޢުތައް ސުޕަރވައިޒްކުރަން ހައުސިންގ މިނިސްޓްރީއަށް ހަވާލުކުރުންކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ އެމަޝްރޫޢުތަކަކީ ސިޓީ ކައުންސިލުގެ މަޝްރޫޢުތަކެއްކަމަށެވެ.

އަޅުގަނޑުގެ ވައުދުތަކާއި ގުޅިފައިވާ މަޝްރޫޢޫތަކެއް. އެހެންވީމާ ވަކި އަޅުގަނޑަށްވުރެ ރަނގަޅަށް އަޅުގަނޑަށް ހިއެއްނުވޭ ސިޓީ ކައުންސިލުގައި އަދި ސަރުކާރު ތެރެއިންވެސް ލިބޭނެހެން މަޝްރޫޢު ހިންގާކަށް އެހެން މީހެއް. އެހެންވީމާ އަޅުގަނޑަށް ހީވަނީ އެންމެ ރަނގަޅު ނިންމުމެއް ނޫން އެދުވަހު ނެގީކީ. އެހެންނަމަވެސް އަޅުގަނޑު އހުތިރާމްކުރަން. ދެން އޮތީ މަޝްރޫތައް ހިންގުމުގައި ދެން ވާނެ ގޮތެއް. ކޮންމެ ގޮތެއްވިޔަސް މަޝްރޫޢުތަކުގެ އޯނަރަކީ ސިޓީ ކައުންސިލު އަދިވެސް. ސިޓީ ކައުންސިލުގެ ހުރިހާ ކަމަކާ ޒިންމާވާ ފަރާތަކީ މިވަގުތު އެތަން ހިންގަން ހުރީ އަޅުގަނޑު. މޭޔަރ. އެހެންވީމާ އަޅުގަނޑު ދެކޭގޮތުގައި މި ޕްރޮޖެކްޓްސް އަވަހަށް ނިންމާ ރައްޔިތުންނަށް ފައިދާ ލިބުމަކީ ވަރަށް މުހިންމު ކަމެއް
އާދަމް އާޒިމް/ މާލެ ސިޓީ މޭޔަރ

އާޒިމް އިތުރަށް ވިދާޅުވީ މިކަންކުރިޔަށްދާ ގޮތް އަދި އިތުރަށް ބަލާ ދިރާސާކުރަންޖެހޭކަމަށެވެ. މިހާރު ނިންމާފައިވަނީ މިމަޝްރޫޢުތައް ހައުސިންގ މިނިސްޓްރީއަށް ހަ މަސްދުވަހުގެ ތެރޭގައި ނުވާކަމަށްވާނަމަ އަނބުރާ ސިޓީ ކައުންސިލާ ހަވާލުކުރަންކަމަށާއި އެމުއްދަތުގެ ތެރޭގައި ނުވާނެކަމަށް ޝައްކެއްއޮތް ކަމަށްވާނަމަ އެމަޝްރޫޢުތައް ހަވާލުކޮށްގެން ނުވާނެކަމަށް އާޒިމް ވިދާޅުވިއެވެ.

ހަވާލުކުރަންޖެހޭނީ އެވަރު ކަމެއްވާ ބަޔަކާ. އެހެންވީމާ އަޅުގަނޑު ދެކޭގޮތުގައި ސުޕަވައިޒްކުރަން ހަވާލުކުރެވެނީ. އަދި ކޮންޓްރެކްޓްސް ނުފެނޭ އަޅުގަނޑަކަށް. ހަވާލުކުރަން ބުނެފައި އޮންނާނީ މިހާރު. ބަލަން ބޭނުންވާކަން ބުނެފައި އޮންނާނީ. އެއީ އެމަޝްރޫޢު ގަޑިއަށް ނިންމުމަކީ އަޅުގަނޑުގެ ޒިންމާއެއް. އެހެންވީމާ އަޅުގަނޑު ބަލަންޖެހޭ މިހާރު ހުރި ޕްރޮޖެކްޓްތައް ހުރީ ރަނގަޅަށްތޯ ގަޑިއަށް ނިންމޭނެތޯ ބަލަންއެބަޖެހޭ. އަދި އެކަމުގައި ރިލެވެންޓް އެންމެންނާ ވާހަކަދައްކައިގެން އެކަންކުރާނަން. އުންމީދަކީ ވީ އެންމެ އަވަހަށް އެކަން ނިންމުން. އެބޭފުޅުން ކުރިއަސް އަވަހަށް ނިންމުން.
އާދަމް އާޒިމް/ މާލެ ސިޓީ މޭޔަރ

އާޒިމް ވިދާޅުވީ މިހުރިހާ މަޝްރޫޢުތަކަކީވެސް ސިޓީ ކައުންސިލުގެ ކައުންސިލަރުންގެ ވައުދުތަކެއްކަމަށެވެ. އެހެންކަމުން އެވައުދުތައް ވީއެންމެ އަވަހަކަށް ނިންމާ ރައްޔިތުންނަށް ފައިދާވުމަކީ މުޅި ކައުންސިލުގެ އަމާޒުކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް