ކ. މާލެ
|
21 ނޮވެންބަރ 2023 | އަންގާރަ 11:28
ސްޓީވެން ޖެރާޑް
ސްޓީވެން ޖެރާޑް
ގެޓީ އިމޭޖަސް
ސައޫދީ ލީގު
ސައޫދީ ލީގާމެދު އުއްމީދު އާވީ ރޮނާލްޑޯގެ ސަބަބުން: ޖެރާޑް
 
އަލް އިއްތިފާގު ކޮޅަށް ޖަހަން ވަގުތު ބޭނުންވާނެ: ޖެރާޑް

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ސަބަބުން ސައޫދީ ލީގާމެދު އުއްމީދު އައުވެއްޖެ ކަމަށް އިނގިރޭސި ކުރީގެ ގައުމީ ކެޕްޓަން ސްޓީވަން ޖެރާޑް ބުނެފި އެވެ.

ލިވަޕޫލްގެ ވެސް ކުރީގެ ކެޕްޓަން ޖެރާޑް ބުނީ އޭނާ ސައޫދީ ލީގަށް އައުމަށް ޝައުގުވި އެއް ސަބަބަކީ ވެސް ރޮނާލްޑޯ ކަމަށާއި އުމުރު މަތިވަމުންދިޔަ ނަމަވެސް 38 އަހަރުގެ ފޯވަޑަކީ އަދިވެސް ދުނިޔޭގެ ފުޓްބޯޅަ އަށް ގިނަ ކަންތައްތަކެއް ހާސިލްކޮށްދެވޭނެ ކުޅުންތެރިއެއް ކަމަށެވެ.

ރޮނާލްޑޯ ބުނީ ރޮނާލްޑޯ އާއި އޭނާއާ ދެމީހުންނަކީ އިނގިރޭސި ލީގުގެ އެންމެ ވާދަވެރި ދެ ކުލަބުގައި ކުޅުނު ދެ ކުޅުންތެރިންނަށް ވި ނަމަވެސް މިހާރުގެ އަމާޒަކީ ސައޫދީ ލީގުގެ ބްރޭންޑްގެ އަގު މަތިކުރުން ކަމަށެވެ.

ރޮނާލްޑޯ މިހާރު ކުޅެނީ ސައޫދީ ލީގުގެ އަލް ނަސްރަށެވެ. ޖެރާޑަކީ ސައޫދީ ލީގުގެ އަލް އިއްތިފާގުގެ ކޯޗެވެ. ޖެރާޑް ބުނީ ސައޫދީ ލީގަށް ދުނިޔޭގެ ތަރިން އެނބުރިގަތުމުގެ ސަބަބަކީ ރޮނާލްޑޯ ކަމަށެވެ.

އޭނާގެ ޓީމަކީ ގަދަ ހަތަރެއްގައި ހިމެނުނު ޓީމެއްނޫންކަން ފާހަގަ ކުރަމުން ޖެރާޑް ބުނީ އިއްތިފާގު ކުރިއަށްދަނީ ރަނގަޅު މިސްރާބަކުން ކަމަށެވެ.

ލީގުގެ ހަތް ވަނާގައި ނިންމާލި ޓީމެއް ކުއްލިއަކަށް ނަގައި ކޮޅަށް ޖެހުމަކީ މާ އަވަހަށް ވާނެ ކަމެއްނޫން. އެކަމަށް މަސް ދުވަސް އަދި ހަ މަސް ނުވަތަ އެއަށްވުރެ ގިނަ ދުވަސްވެސް ނަގާފާނެ
ޖެރާޑް

އޭނާ ބުނީ އަލް އިއްތިފާގުގެ ކޯޗަކަށްވާން ފުރުސަތު ލިބުނީ ކުރިމަގުގައި ހަވާލުވާނެ ޓީމަކާމެދު ވިސްނަމުންދަނިކޮށް ކަމަށާއި ސައޫދީ ލީގަށް އައުމަށް އޭނާ އަށް އެންމެ ބޮޑަށް ގަބޫލުކުރެވުނު ސަބަބަކީ ވެސް ރޮނާލްޑޯ ސައޫދީގައި ހުރުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް