ކ. މާލެ
|
3 ޖުލައި 2023 | ހޯމަ 22:21
ޖެރާޑް ކުރިއަށް އޮތް ސީޒަނުގައި އިރުޝާދުދޭނީ ސަޢޫދީ ލީގުގައި
ޖެރާޑް ކުރިއަށް އޮތް ސީޒަނުގައި އިރުޝާދުދޭނީ ސަޢޫދީ ލީގުގައި
ގެޓީ އިމޭޖަސް
ޖެރާޑް ސަޢޫދީ ލީގަށް
ޖެރާޑް ސަޢޫދީ ލީގުގެ ކްލަބަކާ ހަވާލުވެއްޖެ
 
ޖެރާޑް ހަވާލުވީ އަލް އިއްތިފާޤާ

ލިވަޕޫލްގެ ކުރީގެ މިޑްފީލްޑަރ ސްޓީވަން ޖެރާޑް ސަޢޫދީ ޢަރަބިއްޔާގެ އަލް-އިއްތިފާޤުގެ ކޯޗުކަމާ ހަވާލުވެއްޖެއެވެ.

އިނގިރޭސި ޤައުމީ ޓީމްގެ ކުރީގެ މިޑްފީލްޑަރ ސަޢޫދީ ޕްރޯ ލީގުގެ އަލް-އިއްތިފާޤުގެ ކޯޗުކަމާ ހަވާލުވި ނަމަވެސް, އެއްބަސްވުމުގެ މުއްދަތު ކްލަބުން ހާމައެއް ނުކުރެއެވެ. ޖެރާޑް އެންމެފަހުން އިރުޝާދުދިނީ އިނގިރޭސި ޕްރިމިއަރ ލީގުގެ އެސްޓަން ވިލާއަށެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެ ކްލަބުގެ ކޯޗުކަމުން ވަކިކުރިފަހުން ހުރީ ވަޒީފާއެއް ނެތިއެވެ. އަލް-އިއްތިފާޤަކީ މިދިޔަ ސީޒަންގައި ސަޢޫދީ ޕްރޯލީގުގެ ހަތްވަނަ ޓީމެވެ. ސޯޅަ ޓީމް ވާދަކުރާ ލީގު ނިމުނުއިރު ޗެމްޕިއަން ޓީމާ އަލް-އިއްތިފާޤާ ދެމެދު 35 ޕޮއިންޓްގެ ފަރަޤެއް އޮތެވެ.

ޖެރާޑް ސަޢޫދީ ޕްރޯ ލީގުގެ ކްލަބަކާ މި ހަވާލުވީ ޔޫރަޕްގެ ޓޮޕް ކުޅުންތެރިންތަކެއް އެލީގުގެ ކްލަބްތަކުން ގެންގޮސްފައި ވަނިކޮށެވެ. އޭގެތެރޭގައި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުނު ޕޯޗްގަލްގެ ކެޕްޓަން ރޮނާލްޑޯއާއި, ރެއާލް މެޑްރިޑްގެ ލެޖެންޑް ފްރާންސްގެ ބެންޒެމާއާއި، ޗެލްސީގެ މިޑްފީލްޑަރ ކާންޓޭއާއި, ޑިފެންޑަރ ކުލިބާލީއާއި ކީޕަރު މެންޑީ ހިމެނެއެވެ. މީގެއިތުރުން ޔޫރަޕްގެ ބައެއް ކޯޗުންވެސް ވަނީ ސަޢޫދީ ލީގުގެ ކްލަބްތަކާ ހަވާލުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
67%
33%
0%
0%
0%
0%
ކޮމެންޓް