ކ. މާލެ
|
7 އޭޕްރިލް 2023 | ހުކުރު 19:25
ހުކުރު ދުވަހު ކުރިއަށްގެންދިޔަ ބައްދަލުކުރެއްވުމުގެ ތެރެއިން
ހުކުރު ދުވަހު ކުރިއަށްގެންދިޔަ ބައްދަލުކުރެއްވުމުގެ ތެރެއިން
ރާއްޖެއެމްވީ
ގާސިމާއި ކުރީގެ ރައީސް ނަޝީދު ބައްދަލުކުރެއްވުން
މެމްބަރު ގާސިމާއި ކުރީގެ ރައީސް ނަޝީދު ބައްދަލުކުރައްވައިފި
 
ދެބޭފުޅުން ހުދުކުލައިގެ ކޮތަރަކާއެކު ނަންގަވާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައި
 
ރަސްމީ ބަހެއް ހޯދާލުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައި
 
ސިޔާސީ މަސްރަހާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވޭ

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާއި ކުރީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވައިފިއެވެ.

މިދެ ބޭފުޅުން ބައްދަލުކުރައްވާފައިވަނީ ހުކުރު ދުވަހު ސަން އައިލެންޑް ރިސޯޓުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުކުރެއްވުމުގައި ސިޔާސީ މަސްރަހާ ގުޅޭގޮތުން ފުޅާ ދާއިރާގައި ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ.

ދެ ބޭފުޅުން ހުދުކުލައިގެ ކޮތަރަކާއެކު ނަންގަވާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާނާއި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްވެސް ތިއްބެވިއެވެ.

މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ރަސްމީ ބަހެއް ހޯދާލުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

ގާސިމާއި ނަޝީދު ބައްދަލުކުރައްވާފައިވާއިރު، މާޗް މަހުގެ 29 ވަނަ ދުވަހާއި 23 ވަނަ ދުވަހު، "ފިކުރެއްގެ ދިރުން" ގޮފިން ޖުމްހޫރީ ޕާޓީއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވެއެވެ. ގަޑިއެއްހާއިރަށް ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ދެއްކި ވާހަކައެއް އެއްވެސް ވަރަކަށް ހިއްސާކޮށްފައެއްނުވެއެވެ. އަދި ނޫސްވެރިންގެ ސުވާލުތަކަށް ތަފްސީލީ ޖަވާބެއް ދެފަރާތުންވެސް ދީފައެއް ނުވެއެވެ. ހަމައެކަނި ނޫސްވެރިންނަށް ހާމަކޮށްފައިވަނީ، ރަސްމީ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، ފިކުރެއްގެ ދިރުމާއި ޖުމްހޫރީ ޕާޓީން އެކުލަވައިލާ މެނިފެސްޓޯ ނިމުމުން އެ ކަންކަން ހާމަކުރާނެ ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ ރިޔާސީ ޕްރައިމަރީ ރައީސް ސާލިހު ކާމިޔާބުކުރެއްވި ފަހުން އެ ޕްރައިމަރީގައި ނާކާމިޔާބު ވެވަޑައިގެންނެވި, ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ނިންމާފައިވަނީ ''ފިކުރެއްގެ ދިރުން'' މި ނަމުގައި ވަކިން މަސައްކަތް ކުރުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
15%
15%
0%
31%
31%
8%
ކޮމެންޓް