ކ. މާލެ
|
12 ފެބްރުއަރީ 2023 | އާދީއްތަ 10:28
ބްރިޖް ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓު
ބްރިޖް ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓު
އެމްވީކްރައިސިސް
އެކްސިޑެންޓް
ހައިވޭގައި ހިނގި އެކްސިޑެންޓަށް ތިން ދުވަސް، އަނިޔާވި މީހާ އަދިވެސް ވެންޓިލޭޓަރުގައި!
 
ހައިވޭ މަތީގައި އެކްސިޑެންޓެއް ހިނގީ ބުރާސްފަތި ދުވަހު ހަވީރު
 
އަނިޔާވީ ދިވެހި ފިރިހެނަކަށް
 
ލިބުނު އަނިޔާގެ ތަފްސީލެއް ނޭނގޭ

މިދިޔަ ބުރާސްފަތި ދުވަހު ސިނަމާލެ ބްރިޖްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް މިއަދު "ރާއްޖެ އެމްވީ"އަށް ވިދާޅުވީ އޭނާއަށް އަދިވެސް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށެވެ. އޭނާގެ ހާލަތާ ގުޅިގެން މާ ބޮޑު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ބުރާސްފަތި ދުވަހު ހަވީރު ހައިވޭ މަތީގައި އެކްސިޑެންޓުވީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. އެކްސިޑެންޓުގައި އަނިޔާވެ ފަރުވާދެމުން އަންނަނީ ސައިކަލު ދުއްވަންއިން ދިވެހި ފިރިހެނަކަށް ކަމަށް އެނގިފައިވެއެވެ. އޭނާއަށް ވެފައިވާ އަނިޔާގެ ތަފްސީލެއް ނޭނގެއެވެ.

މި އެކްސިޑެންޓުގައި ސައިކަލު ވަނީ މުޅިންހެން ހަލާކުވެފައެވެ. އަދި ކާރުގެ ކުރީކޮޅަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.

ފުލުހުން ގެންދަނީ މި އެކްސިޑެންޓް ތަހުޤީޤުކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
40%
0%
0%
0%
20%
40%
ކޮމެންޓް