ކ. މާލެ
|
16 މެއި 2021 | އާދީއްތަ 02:50
ސްކޮޓްލެންޑް ލީގުގެ ޓްރޮފީއާއެކު ޖެރާޑުގެ ރޭންޖާސް ޓީމު
ސްކޮޓްލެންޑް ލީގުގެ ޓްރޮފީއާއެކު ޖެރާޑުގެ ރޭންޖާސް ޓީމު
ގެޓީ އިމޭޖަސް
ސްކޮޓްލެންޑް ލީގު
މެޗަކުން ބަލިނުވެ ރޭންޖާސްއިން ލީގު ތަށި އުފުލާލައިފި
 
މިއީ ކޯޗިން ކެރިއަރުގައި ލިވަޕޫލުގެ ލެޖެންޑް ޖެރާޑުގެ ފުރަތަމަ ކާމިޔާބީ
 
މިއީ ފާއިތުވި 10 އަހަރުގެ ތެރޭ ރޭންޖާސްއިން ލީގު ހޯދި ފުރަތަމަ ފަހަރު

މި ސީޒަނުގެ ސްކޮޓްލެންޑް ލީގު (ސްކޮޓިޝް ޕްރިމިއާޝިޕް) ގައި މެޗަކުން ބަލިނުވެ ރޭންޖާސްއިން ލީގު ތަށި އުފުލާލައިފިއެވެ.

މިދިޔަ މާޗު މަހުގެ ތެރޭގައި ރޭންޖާސްއިން ވަނީ ލީގުގައި ބާކީ ހަ މެޗު އޮއްވައި ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ. މިއީ ފާއިތުވި 10 އަހަރުގެ ތެރޭ ރޭންޖާސްއިން ލީގު ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

އަދި ލީގުގައި ހޮނިހިރު ދުވަހުގެރޭ ލީގުގައި 4-0 ގެ ނަތީޖާއަކުން އެބަޑީން ބަލިކޮށް ސްޓީވެން ޖެރާޑް އިރުޝާދުދެމުން އަންނަ ރޭންޖާސްއިން ވަނީ މެޗަކުން ބަލިނުވެ ލީގު ކާމިޔާބުކޮށްފައެވެ. މިއީ ސެލްޓިކާއެކު 2016-2017 ވަނަ އަހަރުގެ ސީޒަނުގައި މެޗަކުން ބަލިވެ ބްރެންޑަން ރޮޖާސް ސްކޮޓްލެންޑުގެ ލީގު ޗެމްޕިއަންކަން ހޯދި ފަހުން، މި ލީގުގެ ތަށި މެޗަކުން ބަލިވެ އެހެން ޓީމަކުން އުފުލާލި ފުރަތަމަ ފަހަރެވެ.

ލީގު ޗެމްޕިއަންކަން ރޭންޖާސްއިން ހޯދިއިރު، ލީގުގައި ކުޅުނު 38 މެޗުގެ ތެރެއިން 32 މެޗުން އެ ޓީމު ވަނީ މޮޅުވެފައެވެ. އަދި އަނެއް ހަ މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެއާއެކު ރޭންޖާސްއިން އެއްވަނައިގައި ލީގު ނިންމާލީ ކުޅުނު 38 މެޗުން 102 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ސެލްޓިކަށް 38 މެޗުން ލިބިފައިވަނީ 77 ޕޮއިންޓެވެ.

ސްކޮޓްލެންޑް ލީގު ރޭންޖާސްއިން ކާމިޔާބުކުރިއިރު، މިއީ ކޯޗިން ކެރިއަރުގައި ލިވަޕޫލުގެ ލެޖެންޑް ޖެރާޑުގެ ފުރަތަމަ ކާމިޔާބީއެވެ. އުމުރުން 40 އަހަރުގެ ޖެރާޑް 2016 ވަނަ އަހަރު ފުޓްބޯޅަ ކުޅުން ހުއްޓާލިއިރު، އޭނާ ކޯޗިން ކެރިއަރު ފެށީ ލިވަޕޫލުގެ ޔޫތު ޓީމުންނެވެ. އަދި އެއަށްފަހު ރޭންޖާސްއާ ހަވާލުވީ 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
33%
67%
0%
0%
0%
0%
ކޮމެންޓް