ތޫފާން "ފަންގް-ވޮންގް" - ފިލިޕީންސްގެ ރައްޔިތުން ހާސްކަމާއި ނުތަނަވަސްކަމުގައި

10 ނޮވެންބަރ 2025 | ހޯމަ 19:25
-
725
މި ތޫފާނުގެ ސަބަބުން ފިލިޕީންސްގެ ހުޅަނގު އުތުރު ސަރަޙައްދުގައި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާތެރި ހާދިސާތައް ހިނގައި، 1.4 މިލިއަނަށްވުރެ ގިނަ ރައްޔިތުން ވަނީ އެމީހުންގެ ގެދޮރު ދޫކޮށް އެކި ސަރަހައްދުތަކަށް ހުސްކުރަންޖެހިފަ އެވެ.
ކަގަޔަން ޕްރޮވިންސްގެ ޓުއާއޯ ޓައުންގައި ފެންބޮޑުވުމުގެ ސަބަބުން ހަލާކުވެފައިވާ ގެއެއްގެ ބޭރުގައި އެގޭގައި ދިރިއުޅޭ މީހެއް އިށީންދެލައިގެން - ފޮޓޯ: އޭއެފްޕީ
ނަވޯޓާސްގެ ފެންބޮޑުވެފައިވާ މަގެއް މީހަކު ސާފުކުރަނީ - ފޮޓޯ: އޭޕީ
ނަވޯޓާސްގެ އައްސޭރިފަށުގައި ހުރި ކުނިގޮނޑުތަކުގެ މަތީގައި މީހަކު ހިނގާފައި ދަނީ - ފޮޓޯ: އޭޕީ
އަރޯރާ ޕްރޮވިންސްގެ ޑިޕަކުލާއޯގެ ހައިވޭއެއް ކައިރީ އެއްވެފައި ތިބި ރައްޔިތުން - ފޮޓޯ: ގެޓީ އިމޭޖަސް
އުމުރުން 64 އަހަރުގެ ސެވަރީނޯ މަކޯބްގެ ގޭގެ ފުރާޅު ވަނީ އެ ތޫފާން ޑަގުޕަން ސިޓީއަށް އެރި ވަގުތު، ބާރުގަދަ ވައިރޯޅިއަކުން ލުއްސާލާފައި - ފޮޓޯ: ރޮއިޓަރސް
މެނީލާގެ އުތުރުގައި އޮންނަ ކަގަޔަން ޕްރޮވިންސްގެ ޓުގުގަރާއޯ ސިޓީގައި ފެންބޮޑުވެފައި - ފޮޓޯ: އޭއެފްޕީ