ވަގުތުން: އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ

  • ޕްރައިމަރީގެ ވޯޓު ލުމަށް ތިނަދޫ ތައްޔާރު ވެއްޖެ
  • ސުލްހަވެރިކަމާއިއެކު ވޯޓު ފޮށި ދޮށުގައި ތިއްބަވާ
  • އެމްޑީޕީ ޕްރައިމަރީ ހުއްޓުވައިދޭން އީސީން ފުލުހުންގެ ކިބައިން ވަނީ އެދިފައި
 
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
ޕްރައިމަރީގެ ވޯޓު ލުމަށް ތިނަދޫ ތައްޔާރު ވެއްޖެ

 

30 މެއި 2018 | ބުދަ 13:37
Writer Profile Picture
މިއުވާން މުހައްމަދު
ސުލްހަވެރިކަމާއިއެކު ވޯޓު ފޮށި ދޮށުގައި ތިއްބަވާ

ހުރިހާ ބޭފުޅުންވެސް ވޯޓުލުމަށް ވަޑައިގަތުމަށް އެދިވަޑައިގަންނަވާކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ ސުލްހަވެރިކަމާއިއެކު ވޯޓު ފޮށި ދޮށުގައި ތިއްބެވުމަށް އެދިވަޑައިގަންނަވާކަމަށެވެ.

 

30 މެއި 2018 | ބުދަ 13:33
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
އެމްޑީޕީ ޕްރައިމަރީ ހުއްޓުވައިދޭން އީސީން ފުލުހުންގެ ކިބައިން ވަނީ އެދިފައި

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ  ވޯޓު ލުން ހުއްޓުވުމަށް އީސީން ފުލުހުންނަށް އަންގާފައިވަނީ މީގެ ކުރިން އިލެކްޝަންސް ކަމިޝަނުން ސިޔާސީ ޕާޓީ ތަކަށް  ފޮނުވައިފައިވާ ސިޓީ އަށް ރިއާޔަތްކޮށް ކަމަށް. އިލެކްޝަންސް ކަމިޝަނުން ފުލުހުނަށް އިންތިޚާބު ހުއްޓުވުމަށް މިއެދުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފުރުސަތުދީގެން ޕްރައިމަރީ ބާއްވާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު

އިލެކްޝަންސް ކަމިޝަނުން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައި.އަދި ޕްރައިމަރީ ބާއްވައިފިނަމަ އެމްޑީޕީ އުވާލާނެ ކަމަށްބުނެ ވެސް އީސީން ވަނީ އެމްޑީޕީއަށް އިންޒާރު ދީފައި.ޕްރައިމަރީ ހުއްޓުވައިދޭން އެދި އީސީން، ފުލުހުންނަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ނަޝީދަށް ފުރުސަތުދީގެން އެމްޑީޕީން ރިޔާސީ ޕްރައިމަރީ ބޭއްވުމަކީ ގާނޫނާ ޚިލާފު އަމަލެއް ކަމަށް. 

 

30 މެއި 2018 | ބުދަ 13:29
Writer Profile Picture
ތަހާރަތު މުހައްމަދު ވަހީދު
އެމްޑީޕީގެ ޕްރައިމަރީގައި ވޯޓު ފޮށިތައް ބެހެއްޓިފައި ހުރި ތަންތަން

މާލޭގައި ތިބި އެމްޑީޕީގެ މެމްބަރުން ވޯޓުލާން ހަމަޖެހިފައިވާ ތަންތަނަށް ބަލާއިރު:

  • އެމްޑީޕީގެ ހެންވޭރު ދާއިރާތަކުގެ މެމްބަރުން ވޯޓުލާން ދާން ޖެހޭނީ ހ. މާދިލްގައި ބެހެއްޓިފައިވާ ވޯޓު ފޮއްޓަށް. 
  • ގަލޮޅު ދާއިރާތަކުގައި ރަޖިސްޓްރީ ވެފައިވާ މެމްބަރުން ކ. ކަކާގެއާގެ 1 ގައި
  • މައްޗަންގޮޅީގެ ދާއިރާތަކަށް ނިސްބަތްވާ އެމްޑީޕީގެ މެމްބަރުންނަށް ވޯޓުލުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ ކޮށީގެ ގޯޅީގައި ހުންނަ މއ. މާވޭލެވަރުގައެވެ.
  • މާފަންނު މެދު އަދި މާފަންނު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރުން ވޯޓުލާން ދާން ޖެހެނީ ޖަޒުބާތު ޖަގަހައަށް
  • މާފަންނު އުތުރާއި ހުޅަނގު ދާއިރާގެ މެމްބަރުން ދާން ޖެހެނީ ފަރީދީމަގުގައި ހުންނަ އާކް-އެކްސް ކެފޭއަށް.
  • ވިލިމާލޭގައި ދިރިއުޅޭ އެމްޑީޕީގެ މެމްބަރުން ވޯޓުލާން ޖެހޭ ވޯޓު ފޮށި ހުންނާނީ ވިލިމާލޭ އެމްޑީޕީ ހަރުގޭގައި
  • ހުޅުމާލޭގައި ރަޖިސްޓްރީ ވެފައިވާ އެމްޑީޕީ މެމްބަރުން ވޯޓުލާން ޖެހެނީ ވޯޓަރ ސްޕޯޓްސް ވަސިންޓެބީޗް ގައި ހުންނަ ވޯޓު ފޮއްޓަށް
  • ލަންކާގެ ވެރިރަށް ކޮޅުނބުގައި ދިރިއުޅޭ އެމްޑީޕީ މެމްބަރުން ވޯޓުލުމަށް ދެ ވޯޓު ފޮއްޓެއް ބަހައްޓާނެ. އެގޮތުން ނުގޭގޮޑައިގައި އެއް ވޯޓު ފޮށި، 
  •  ލަންކާގެ ދެހިވަލައިގައި
  • ލަންކާގެ ކެންޑީގައި ތިބި އެމްޑީޕީގެ މެމްބަރުން ވޯޓުލުމަށް ކެންޑީގައި ވޯޓު ފޮއްޓެއް ހުންނާނެއެވެ.
  • އިންޑިއާގެ ޓްރިވެންޑްރަމްގައި ވޯޓު ފޮއްޓެއް
  • އިންޑިއާގެ ބެންގަލޫރުގައި 
  •  މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕުރުގައި
  •  އިނގިރޭސިވިލާތުގެ ލަންޑަނުގައި 
30 މެއި 2018 | ބުދަ 13:21