ކ. މާލެ
|
17 ފެބްރުއަރީ 2017 | ހުކުރު 01:31
ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމް
ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމް
އެމްއެންޑީއެފް
ޗީފް އޮފް ޑިފެންސް ފޯސް
ރަސްމީ ދަތުރުފުޅެއްގައި ޖެނެރަލް ޝިޔާމް ޔޫއޭއީއަށް ވަޑައިގެންފި
މިއީ ޗީފް އޮފް ސްޓާފް އޮފް ދަ ޔޫއޭއީ އާމާޑް ފޯސަސް ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް

ރަސްމީ ދަތުރުފުޅެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ބުރާސްފަތި ދުވަހުގެރޭ ފުރާވަޑައިގެންފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ ބުރާސްފަތި ދުވަހުން ފެށިގެން މިމަހުގެ 24 ވަނަ ދުވަހާ ހަމައަށް، ޗީފް އޮފް ޑިފެންސް ފޯސް، ޔޫއޭއީ އަށް ކުރައްވާ މި ދަތުރުފުޅަކީ، މިމަހުގެ 18 ން 23 ށް އެ ޤައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ "13 ވަނަ އިންޓަރނޭޝަނަލް ޑިފެންސް އެގްޒިބިޝަން އެންޑް ކޮންފަރެންސް (IDEX 2017)" ގައި ބައިވެރިވެ ވަޑައިގަތުމަށް، ޗީފް އޮފް ސްޓާފް އޮފް ދަ ޔޫއޭއީ އާމާޑް ފޯސަސް ދެއްވި ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.

ޔޫއޭއީއަށް ކުރައްވާ މި ދަތުރުފުޅުގައި، ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި އެމްއެންޑީއެފް މެރިންކޯގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރު ބައިވެރިވެ ވަޑައިގަންނަވައެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ޗީފް އޮފް ޑިފެންސް ފޯސް އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.

- ކޮމެންޓް