ކ. މާލެ
|
12 ފެބްރުއަރީ 2017 | އާދީއްތަ 09:04
ޕީޕީއެމްއަށް މެމްަބރުން އިތުރުކުރުމުގެ ހަރަކާތް ކުރިއަށްގެންދަނީ - އެ މަސައްކަތަށް ދައުލަތުގެ މުދާލާއި ވަސީލަތްތައް ބޭނުންކުރޭ
ޕީޕީއެމްއަށް މެމްަބރުން އިތުރުކުރުމުގެ ހަރަކާތް ކުރިއަށްގެންދަނީ - އެ މަސައްކަތަށް ދައުލަތުގެ މުދާލާއި ވަސީލަތްތައް ބޭނުންކުރޭ
ޓްވިޓަރ
ޕީޕީއެމް
ފެނަކަ ކޯޕަރޭޝަނުން ޕީޕީއެމްއަށް 2،300 މެމްބަރުން ހޯދައިދީފި
ފެނަކަ ކޯޕަރޭޝަނުން 2300 މެމްބަރުންގެ ފޯމް އެއްކޮށްފައިވާކަން ހާމަކޮށްފައިވަނީ އެ ކުންފުނިންކޮށްފައިވާ ޓުވީޓްތަކެއްގައި
އެމްޑަބްލިޔުއެސްސީގެ މުވައްޒިފުންނަށްވެސް ބިރުދައްކާކަމަށް، އެމްޔޫއޯގެ ނައިބް ލީޑަރު ސިފާ މުހައްމަދު ވިދާޅުވި

ދައުލަތުގެ ކުންފުނިތަކުގެ މުވައްޒިފުންނާއި، މުދަލާއި، ވަސީލަތްތައް ވެރިކަންކުރާ ޕީޕީއެމްއިން ނަހަމަގޮތުގައި ބޭނުންކުރަމުން އަންނަކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފައިވަނިކޮށް، ޕީޕީއެމްއަށް 2,300 މެމްބަރުންގެ ސޮއި ހޯދައިދީފައިވާ ކަމަށް، ދައުލަތުގެ ކަރަންޓު ކުންފުނި، ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފި އެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފާތިމަތު އިބްރާހިމްގެ އިސްނެންގެވުމުގެ ދަށުން ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުމަށް، ހޮނިހިރު ދުވަހު ބޭއްވި ހަރަކާތްތަކުގައި ފެނަކަ ކޯޕަރޭޝަންގެ މުވައްޒިފުން ވަނީ ބައިވެރިވެފަ އެވެ. އަދި ޕީޕީއެމްއަށް ފެނަކަ ކޯޕަރޭޝަނުން 2300 މެމްބަރުންގެ ސޮއި ހަމަކޮށް، ޕީޕީއެމްގެ ސެކެރެޓޭރިއޭޓާ ހަވާލުކޮށްފައިވާކަމަށް އެ ކުންފުނީގެ ރަސްމީ ޓުވިޓަރ އެކައުންޓުންކޮށްފައިވާ ޓުވީޓްތަކުގައި ވަނީ ބުނެފަ އެވެ.

 

 

ފެނަކަ ކޯޕަރޭޝަނަކީ 100 އިންސައްތަ ދައުލަތުގެ ކުންފުންޏެކެވެ. އެއީ، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުފެއްދި ޔޫޓިލިޓީސް ކުންފުނިތައް އުވާލުމަށްފަހު، ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ކަރަންޓުގެ ހިދުމަތް ދިނުމަށް އުފެއްދި ކުންފުންޏެކެވެ. 100 އިންސައްތަ ދައުލަތުގެ ކަރަންޓު ކުންފުނިން ޕީޕީއެމްއަށް 2300 މެމްބަރުންގެ ސޮއި ހަމަކޮށްދިންއިރު، އެ ސޮއި ހޯދި ގޮތުގެ ތަފްސީލެއް އެ ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ. އަދި އެއީ އެ ކުްނފުނީގެ މުވައްޒިފުންގެ ސޮއިތައްކަމެއްވެސް އަދި، އެހެންގޮތަކުން ހޯދި މެމްބަރޝިޕް ސޮއިތަކެއް ކަމެއްވެސް އެ ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.

 

 

ކޮރަޕްޝަން ހުއްޓުވުމަށް، ދިވެހިރާއްޖޭގައި އެކުލަވާލެވިފައިވާ ޤާނޫނުތަކުގައިވާގޮތުން، ވަކި ފަރާތަކަށް، ވަކި ޖަމާއަތަކަށް މަންފާ އާއި ފައިދާ ލިބޭގޮތަށް، ދައުލަތުގެ ކުންފުނިތަކުގެ ވަސީލަތްތަކާއި، މުވައްޒިފުން ބޭނުންކުރުމަކީ ކޮރަޕްޝަން ކަމުގައި ބެލެވޭނެ އެވެ.

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގައި ދައުލަތުގެ މުވައްޒިފުންނަށް ބިރުދައްކާ، އެ ޕާޓީއަށް ސޮއިކުރުވަން މަޖުބޫރުކުރުވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން އިދިކޮޅު އިއްތިހާދުގެ ނައިބް ލީޑަރު އަދި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ސިފާ މުހައްމަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ދައުލަތުގެ ފެން ކުންފުނި، އެމްޑަބްލިޔުއެސްސީގެ މުވައްޒިފުންނަށް ދެނީ ހުސްކަރުދާސްކޮޅަކާއި، ޕީޕީއެމްއަށް ސޮއިކުރުމަށް މެމްބަރޝިޕް ފޯމެއް ކަމަށެވެ. އަދި މެމްބަރޝިޕް ފޯމް ނުފުރައިފިނަމަ، ވަޒީފާއިން ވަކިކުރާނެކަން އަންގާ ކަމަށާއި، ދިވެހި ތާރީހުގައި ދިވެހިން އެންމެ އަޅުވެތިކުރި ޒަމާނަކީ މިއީ ކަމަށް ޝިޕާ ވިދާޅުވި އެވެ.

 

 

މިކަމާއި ގުޅޭގޮތުން ޕީޕީއެމްގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

ޕީޕީއެމަށް 150،000 މެމްބަރުން ހަމަކުރުމުގެ އަމާޒަށް ވާސިލްވުމަށްޓަކައި އިއްޔެ ހިންގި ހަރަކާތުގައި އެންމެ ގިނަ ފޯމް ހޯދި ފަރާތްތަކަށް ބެންކޮކް ދަތުރާއި ފައިސާގެ އިނާމު ވެސް ދިން ކަމަށް، އެ ކެމްޕާނުގައި ހަރަކާތްތެރިވި ބައެއް ބޭފުޅުން ވިދާޅުވި އެވެ. އިއްޔެގެ ހަރަކާތުގައި މިނިސްޓަރުންނާއި އޮފީސްތަކުގެ މުވައްޒަފުން ބައިވެރިވި އެވެ. އަދި ސިޔާސީ ހަރަކާތެއް ހިންގަން އެހެން ޕާޓީއަކަށް ސަރުކާރުގެ އިމާރާތެއް ނުދިން ނުދޭއިރު، ޕީޕީއެމް އަށް މެމްބަރުން ހޯދަން، ޖަގަހައިގެ ގޮތުގައި ތާޖުއްދީން ސްކޫލް ބޭނުންކުރި އެވެ. އަދި ރައީސް ޔާމީން 2018 ޖެހި ޓީޝާޓް ލައިގެން ގްރޫޕްތައް ހަދައިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ސޮއި ހޯދަން އާދޭސްކުރަމުން ވެސް ދިޔައެވެ. އިއްޔެގެ ހަރަކާތުގައި ޖުމުލަ 10،000 ފޯމް ހޯދަން ނިންމާފައިވާއިރު، ލިބުނު ޖުމުލަ އަދަދެއް ހާމައެއް ނުކުރެ އެވެ. 

 

- ކޮމެންޓް
12 ފެބްރުއަރީ 2017 | އާދީއްތަ 06:36
އިސްސެ
ފެނަކާގެ މުވައްޒަފުން ޔާއަށް ވޯޓް ހޯދަދޭން މަސައްކަތް ކުރަންޖެހޭ ގޮތެއް އެއްގޮތަކަށްވެސް ނޭގެ؟