ކ. މާލެ
|
4 ޑިސެންބަރ 2018 | އަންގާރަ 16:16
އެމްސީ ހަމީދަށް މަގާމުގެ ލިޔުން ދެއްވީ ކޮމިޝަނާ އޮފް ޕޮލިސް ހަމްދޫން ރަޝީދު
އެމްސީ ހަމީދަށް މަގާމުގެ ލިޔުން ދެއްވީ ކޮމިޝަނާ އޮފް ޕޮލިސް ހަމްދޫން ރަޝީދު
ޕޮލިސް
އެމްސީ ހަމީދު
އެމްސީ ހަމީދަށް އެސިސްޓަންޓް ކޮމިޝަނަރުކަން ދީފި
ހަމީދަށް ވަޒީފާ އަނބުރާ ދިނުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ އާދިއްތަ ދުވަހު
ވަކިކުރީ އިޖުރާއަތާ ހިލާފަށް ކަމަށް ދައުލަތުން އެއްބަސްވި

ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، މުހައްމަދު ހަމީދު (އެމްސީ ހަމީދު) އެސިސްޓަންޓް ޕޮލިސްގެ މަޤާމަށް ޕްރޮމޯޓްކޮށްފި އެވެ.

އެމްސީ ހަމީދު ފުލުހުންގެ ވަޒީފާއާ މިއަދު އަލުން ގުޅިވަޑައިގަތުމުން ޕްރޮމޯޝަން ދެއްވާ އިންޓެލިޖެންސްގެ އިސް ވެރިޔާގެ މަގާމަށް ވަނީ އައްޔަން ކުރައްވާފައެވެ. އަދި އޭނާ އަށް މަގާމުގެ ލިޔުން ދެއްވީ ކޮމިޝަނާ އޮފް ޕޮލިސް ހަމްދޫން ރަޝީދެވެ.  

އެމްސީއަށް ހަމީދަށް އަލުން އަނބުރާ ވަޒީފާ ދިނުމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ އަރީފު އާދީއްތަ ދުވަހު ކުރެއްވި ހުކުމްގައި ބުނެފައި ވަނީ ހަމީދު ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް އޭނާއަށް އަލުން ދިނުމަށެވެ.

ޗީފް ސުޕްރިޓެންޑެންޓްގެ ރޭންކްގައި ހުއްޓާ 2012 ވަނަ އަހަރުގެ އޮގަސްޓް މަހު ހަމީދު ވަޒީފާއިން ވަކިކުރީ ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކު ކުރިކަމަށް ތުހުމަތުކޮށެވެ. ހަމީދު ލީކުކުރި ކަމަށް ބުނާ މައުލޫމާތުތަކަކީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާ ގުޅޭ މައުލޫމާތުތަކެކެވެ. އެކަމަކު އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެއެވެ.

އޭނާ މަގާމުން ވަކިކުރި މައްސަލާގައި އެންމެ ފުރަތަމަ ސިވިލް ކޯޓުން ހުކުމް ކުރީ އަނބުރާ ވަޒީފާ ދިނުމަށެވެ. ނަމަވެސް ފަހުން ހައި ކޯޓުން ވަނީ ދަށު ކޯޓުގެ ނިންމުން ބާތިލުކޮށްފައެވެ.

ހަމީދުގެ މައްސަލައިގައި ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގައި ހަމީދު ވަޒީފާއިން ވަކިކޮށްފައި ވަނީ ގޯސްކޮށްކަމަށް ދައުލަތުން އެއްބަސްވެފައިވާ ކަމަށް އެ ޝަރީއަތް އަޑުއެހުމުގެ ހުއްދަ ލިބުނު ނޫސްވެރިން ވަނީ ރިޕޯޓްކޮށްފައެވެ. އެގޮތުން ހަމީދު ވަކިކުރުމުގައި އިޖުރާއަތްތަކާ ޚިލާފަށް އަމަލުކޮށްފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލާ ހައްވާ ސަނާ ސުޕްރީމް ކޯޓުގެ އަޑުއެހުމެއްގައި ވިދާޅުވެފައިވާ ކަމަށް މީޑީއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް