ކ. މާލެ
|
4 ޑިސެންބަރ 2018 | އަންގާރަ 01:19
ޢަދާލަތު ޕާޓީގެ އިސް ބޭފުޅުންނާއި ރައީސް މައުމޫން ފެކްޝަންގެ އިސް ބޭފުޅުން މަޝްވަރާ ކުރައްވަނީ
ޢަދާލަތު ޕާޓީގެ އިސް ބޭފުޅުންނާއި ރައީސް މައުމޫން ފެކްޝަންގެ އިސް ބޭފުޅުން މަޝްވަރާ ކުރައްވަނީ
އަދާލަތު ޕާޓީ
ކޯލިޝަން އެއްބަސްވުން
ކޯލިޝަން އެގްރީމެންޓާއި ގުޅޭ ގޮތުން އަދާލަތާއި އެމްއާރްއެމް މަޝްވަރާކޮށްފި
މަޝްވަރާތަކުގެ ތަފްޞީލް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވޭ

ކޯލިޝަން އެގްރިމެންޓާއި ބެހޭ ގޮތުން އަދާލަތު ޕާޓީއާއި މައުމޫން ރިފޯމް މޫވްމަންޓްގެ މެދުގައި މަޝްވަރާކޮށްފިއެވެ.

ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އެމްޑީޕީއާއި ނުލައި މިމަޝްވަރާތައް ބާއްވާފައި މިވަނީ ޖުމްހޫރީ ޕާޓީއާއިއެކު ކުރެވުނު މަޝްވަރާތަކެއްގެ މައްޗަށް ބިނާކޮށް މަޖިލިސް އިންތިޚާބުގައި ވާދަކުރާނެ ދާއިރާތަކަކާއި ބެހޭ ގޮތުން އެމްޑީޕީގެ ޤައުމީ މަޖިލީހަށް ހުށަހެޅި ހުށަހެޅުމަކަށް ތާޢީދު ނުލިބި، ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް އެމްޑީޕީއިން ނިންމާފައި ވަނިކޮށެވެ. އެމްޑީޕީގެ ނިންމުމާއިއެކު އަދާލަތު ޕާޓީއިން ވަނީ ކޯލިޝަން އެއްބަސްވުމުގައިވާ ގޮތުގެ މަތިން އެޕާޓީއިން ވާދަކުރާ 13 ދާއިރާއެއް އިއުލާންކޮށްފައެވެ.

ޢަދާލަތު ޕާޓީއާއި އެމްއާރްއެމްގެ ބައްދަލުވުން އޮތީ ހޯމަ ދުވަހުގެރޭ އަދާލަތު ޕާޓީގެ އޮފީހުގައެވެ. މި މަޝްވަރާތަކުގައި އަދާލަތު ޕާޓީގެ ފަރާތުން ބައިވެރިވި އެޕާޓީގެ މީޑިއާގެ ކޮމިޓީގެ މުޤައްރިރު އަލީ ނަޒީރު ވިދާޅުވީ މަޝްވަރާކުރެވުނު ކަންތައްތަކާއި ބެހޭ ތަފްޞީލު އަދި ހާމަކުރެވެން ނެތްކަމަށެވެ.

މި މަޝްވަރާތަކުގައި ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ބައިވެރިވެވަޑައިގަތެވެ. އެމަނިކުފާނުގެ އިތުރުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީވެސް ބައިވެރިވެވަޑައިގަތެވެ.

ހޯމަ ދުވަހުގެރޭ ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމެއްވެސް ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމުގެ ތަފްޞީލްވެސް ހާމަކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް