ކ. މާލެ
|
3 ޑިސެންބަރ 2018 | ހޯމަ 15:38
ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް
ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް
ގޫގުލް
ޕެޑުން ޓެކްސް ނެގުން
ޕެޑުން ޓެކްސް ނެގުން އުވާލުމުގެ ބިލް ރައީސް ތަސްދީގު ކުރައްވައިފި
ހުރިހާ ޕާޓީތަކުން ވެސް އެ ބިލަށް ވޯޓު ދިން

ޤާނޫނު ނަންބަރު 2011/10 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤް ކުރައްވައިފިއެވެ.

މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން، ހޯމަ ދުވަހު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނެވުނު މި އިޞްލާޙާ ގުޅިގެން، ސެނިޓަރީ ނެޕްކިން، ޓެމްޕޮން، މެންސްޓްރުއަލް ކަޕް އަދި އެފަދަ ތަކެއްޗަކީ ސުން-ރޭޓު ކަނޑައަޅާފައިވާ އަސާސީ މުދާ ކަމަށްވަނީ ކަނޑައަޅާފައެވެ.

މިދިޔަ ނޮވެންބަރު މަހުގެ 28 ވީ ބުދަ ދުވަހުގެ ރޭ އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާއިން ފާސްކުރަން 73 މެމްބަރުން ވޯޓު ދެއްވިއެވެ. އެ ބިލު ފާސްކުރުމާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވައެވެ.

ސަރުކާރުގެ ފަރާތުން، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ބާރީ އަބްދުﷲ ހުށަހެޅުއްވި ބިލު މަޖިލީހުން ފާސްކުރިއިރު ބައެއް މެމްބަރުން ވިދާޅުވީ އެތަކެތި ފިހާރަތަކުން ވިއްކާ އަގު ވެސް ކޮންޓްރޯލު ކުރަންޖެހޭނެ ކަމަށެވެ.

ޕެޑުން ޓެކްސް ނެގުން ހުއްޓާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ޕެޑުން ޓެކްސް ނަގަމުންދާތީ އެކަމާ ދެކޮޅަށް އެންމެ ފުރަތަމަ ކެމްޕެއިން ފެށީ 2016 ވަނަ އަހަރުއެވެ. އަންހެނުންގެ ޒަރޫރީ ބޭނުމަކާ ގުޅިފައިވާ އެފަދަ އެއްޗަކުން ޓެކްސް ނެގުން ހުއްޓާލުމަށް ސޯޝަލް މީޑިއާގައި ކެމްޕެއިން ކުރަމުން ދިޔައިރު ވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ނިމިގެން ދިޔައިރު ވެސް އެކަމަށް އިޖާބައެއް ނުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް