ކ. މާލެ
|
4 ޑިސެންބަރ 2018 | އަންގާރަ 00:14
ޔޫއޭއީ އިން ފާހަގަކުރަމުންދަނީ 47 ވަނަ ގައުމީ ދުވަސް
ޔޫއޭއީ އިން ފާހަގަކުރަމުންދަނީ 47 ވަނަ ގައުމީ ދުވަސް
ރައީސް އޮފީސް
ރާއްޖެ އާއި ޔޫއޭއީ
ޔޫ.އޭ.އީގެ ޤައުމީ ދުވަހާއި ގުޅިގެން ރައީސް ތަހުނިޔާ ފޮނުއްވައިފި
ދެ ޤައުމުގެ ތަރައްޤީއާ ކުރިއެރުމަށް އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައިޥޭ
އަބޫ ދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ފަރާތުން ރާއްޖެއަށް ލިބޭ އެހީތެރިކަން ވަނީ ފާހަގަކުރައްވާފައި

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ 47 ވަނަ ޤައުމީ ދުވަހުގެ ނުވަތަ ޢީދު-އަލް-ވަޠަނީގެ މުނާސަބަތުގައި، ޔޫ.އޭ.އީގެ ރައީސް ހިޒް ހައިނަސް، ޝެއިޚް ޚަލީފާ ބިން ޒައިދު އައްނަޙްޔާނަށާއި، އެ އެޤައުމުގެ ނައިބު ރައީސްގެ މަޤާމާއި، ބޮޑުވަޒީރު، އަދި ދުބާއީގެ ވެރިޔާގެ މަޤާމު ވެސް އަދާކުރައްވާ، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމަށާއި، އަބޫދާބީގެ ވަލީއަޙުދު، އަދި ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އޮފް ދަ ޔުނައިޓެޑް އެރެބް އެމިރޭޓްސް އަރމްޑް ފޯސަސް، ޝެއިޚް މުޙައްމަދު ބިން ޒައިދު އައްނަޙްޔާނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަހުނިޔާ ވިދާޅުވެ މެސެޖް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޔޫ.އޭ.އީގެ ރައީސަށް އާދިއްތަ ދުވަހު ފޮނުއްވި މެސެޖުގައި، ރާއްޖެއާއި ޔޫ.އޭ.އީއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒާމާންވީ އަޚުވަންތަ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައިވެއެވެ. ދެ ޤައުމުގެ ތަރައްޤީއާ ކުރިއެރުމަށާ ދެ ޤައުމުގެ ރައްޔިތުންނަށް ލާބައާ މަންފާވާ ގޮތަށް ކުރިއަށްއޮތް ތަނުގައިވެސް އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި، އަބޫ ދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ފަރާތުން ރާއްޖޭގެ އިޖްތިމާއީ، އިޤްތިސާދީ ތަރައްގީއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށްޓަކައި ރާއްޖޭގެ ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ވަރަށް ބޮޑަށް ޝުކުރުއަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޔޫ.އޭއީގެ ނައިބު ރައީސްގެ މަޤާމާއި، ބޮޑުވަޒީރު، އަދި ދުބާއީގެ ވެރިޔާގެ މަޤާމު ވެސް އަދާކުރައްވާ، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމަށް ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވަނީ ރާއްޖެއާއި ޔޫ.އޭ.އީއާ ދެޤައުމުގެ ގުޅުމަކީ އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތާ، އިތުބާރާއި، އެއްކަހަލަ އުޞޫލުތަކެއް ގެންގުޅޭ ދެޤައުމަށްވުމީ ދެޤައުމުގެ ދެމެދުގައިވާ ގުޅުމަށް ލިބިފައިވާ އިތުރު ބަދަހިކަމެއްކަމަށާއި، މި ވެރިކަމުގައިވެސް ދެޤައުމުގެ ގުޅުން މިގޮތުގައި ދެމެހެއްޓުމަށާއި، ވިޔަފާރިއާއި، އިޤްތިސާދާއި، އިޖްތިމާއީ އަދި ސަޤާފީ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމުގެ ޝައުގުވެރިކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާޅުކުރައްވާފައިވެއެވެ.

އަބޫދާބީގެ ވަލީއަޙުދު އަދި ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އޮފް ދަ ޔުނައިޓެޑް އެރެބް އެމިރޭޓްސް އަރމްޑް ފޯސަސްއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ރާއްޖެއާއި، ޔޫ.އޭ.އީގެ ގުޅުން ކުރިޔަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ.

ޔޫ.އޭ.އީގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އެޤައުމުގެ ހަތް ސަރަޙައްދު އެއްކޮށްލައިގެން މައި ވެރިކަމެއް އުފެދުނު ދުވަހެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް