ކ. މާލެ
|
3 ޑިސެންބަރ 2018 | ހޯމަ 17:35
ރާއްޖެ ޓީވީއަށް އަލިފުށިން ޖާފަތް ހަދިޔާ ކުރަނީ
ރާއްޖެ ޓީވީއަށް އަލިފުށިން ޖާފަތް ހަދިޔާ ކުރަނީ
ރާއްޖެއެމްވީ
ރާއްޖެ ޓީވީ
އަލިފުށިން ރާއްޖެ ޓީވީއަށް ޖާފަތެއް ހަދިޔާކޮށްފި
ރާއްޖެ ޓީވީގެ މުވައްޒަފުން ކުރަމުންމުންދާ މަސައްކަތުގެ އަގު ވަޒަންކޮށް އެކަމަށް ވަނީ ޝުކުރު އަދާކޮށްފައި

ރާއްޖެ ޓީވީގެ މުވައްޒަފުން ކުރަމުންދާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ރ. އަލިފުށިން ޖާފަތެއް ހަދިޔާ ކޮށްފިއެވެ.

އެ ރަށުގެ ރައްޔިތުންގެ ފަރާތުން ޖާފަތް ހިފައިގެން އައި މީހުން ވަނީ ވޭތިވެދިޔަ ހަތް އަހަރު ރާއްޖެ ޓީވީގެ މުވައްޒަފުން ކޮށްފައިވާ މަސައްކަތުގެ އަގު ވަޒަންކޮށް އެކަމަށް ޝުކުރު އަދާ ކޮށްފައެވެ.

އެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވީ ރާއްޖެ ޓީވީގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމަށްޓަކައި އަލީފުށީ ހަދިޔާ އެއް އެރުވުމަށް ތައްޔަރުވަމުންދާތާ މަހެއްހާ ދުވަސް ވެއްޖެ ކަމަށެވެ.

ރާއްޖެ ޓީވީގެ މުވައްޒަފުން ކުރަމުންދާ މަސައްކަތަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އާންމުންގެ ފަރާތުން ރާއްޖެ ޓީވީގެ މުވައްޒަފުންނަށް ދެމުންދާ ހިތްވަރު ފާހަގަކޮށް އެކަމަށް ރާއްޖެ ޓީވީގެ މެނޭޖްމަންޓުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ރައްޔިތުން އެދޭ ފަދަ ރަނގަޅު ކޮންޓެންޓެއް ގެނައުމަށް އަބަދު ވެސް މަސައްކަތް ކުރާނެ ކަމަށް ޔަގީންކަން މެނޭޖްމަންޓުން ވަނީ ދީފައެވެ.

ރާއްޖެ ޓީވީގެ މުވައްޒަފުން ކުރަމުންދާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ގިނަ ރަށްރަށުން ގެންދަނީ ރާއްޖެޓީވީ އަށް ހަދިޔާތައް ފޮނުވަމުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް