ކ. މާލެ
|
3 ޑިސެންބަރ 2018 | ހޯމަ 17:30
ފާތިމަތު އާމިރާ ސީއެސްސީއަށް އައްޔަން ކުރެއްވުމަށްފަހު މަގާމުގެ ލިޔުން ހަވާލު ކުރަނީ
ފާތިމަތު އާމިރާ ސީއެސްސީއަށް އައްޔަން ކުރެއްވުމަށްފަހު މަގާމުގެ ލިޔުން ހަވާލު ކުރަނީ
ރައީސް އޮފީސް
ސިވިލް ސާވިސް ކޮމިޝަން
ސީއެސްސީއަށް އާމިރާ އައްޔަން ކުރައްވައިފި
އޭނާ އައްޔަން ކުރަން މަޖިލީހުން ފާސްކުރީ ބުދަ ދުވަހު

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރު ކަމަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ފާތިމަތު އާމިރާ އެ ކޮމިޝަންގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ޢައްޔަން ކުރައްވައިފިއެވެ.

ސީއެސްސީގެ މެންބަރު ކަމަށް ވަޑައިގަތުމަށް ކޮމިޝަނުގެ މެމްބަރު ކަމުގެ ހުވާ އާމިރާ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވީ އާދީއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މެންބަރު ކަމުގެ ހުވައި އާމިރާއަށް ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފެވެ. 

ސީ.އެސް.ސީގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވި އާމިރާ ސީއެސްސީގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވުމަށް އެމްޑީޕީ އާއި ޖޭޕީ އާއި ޕީޕީއެމް ހިމެނޭ ގޮތަށް 73 މެމްބަރަކު ވޯޓު ދެއްވިއެވެ.

ސީ.އެސް.ސީއަށް އާމިރާ އައްޔަން ކުރަން މަޖިލީހުން ފާސްކުރީ، އެ ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ފާތުމަތު ރީނީ އަބްދުއްސައްތާރުގެ ދައުރު ބުދަ ދުވަހަށް ހަމަވުމުންނެވެ. އެ މަގާމަށް ކުރިމަތިލެއްވުމަށް ހުޅުވާލުމުން 14 ބޭފުޅަކު ވަނީ އެކަމަށް އެދި ކުރިމަތިލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް