ކ. މާލެ
|
2 ޑިސެންބަރ 2018 | އާދީއްތަ 15:00
އަފްޒަލްއަށް މަޤާމުގެ ފަތްކޮޅު ދެއްވުން
އަފްޒަލްއަށް މަޤާމުގެ ފަތްކޮޅު ދެއްވުން
ރައީސް އޮފީސް
ސްޓޭޓް މިނިސްޓަރ އަހުމަދު އަފްޒަލް
ކޮރަޕްޝަންގެ ތުހުމަތުތައް ސާބިތުވެއްޖެނަމަ މަޤާމުން އިސްތިއުފާ ދޭނަން: އަފްޒަލް
އަބުރު ގެއްލުވާލުމަށް ބަޔަކު މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވި
އޭނާގެ މައްޗަށް އެކި ޕާޓީތަކުން ކޮރަޕްޝަންގެ ތުހުމަތު ކުރަމުންދާކަމަށް ވިދާޅުވި

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު އަފްޒަލް އިބްރާހީމްއާއި ބެހޭގޮތުން ސޯޝަލް މީޑިއާގައި ކޮށްފައިވާ ތުހުމަތުތައް ސާބިތުވާނަމަ އަމިއްލައަށް މަޤާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު އަފްޒަލް އޭސީސީއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ސްޓޭޓް މިނިސްޓަރަކަށް އައްޔަނުކުރެވުމާއެކު، ސޯޝަލް މީޑިޔާގައި ދޮގު ވާހަކަތަކެއް ފަތުރައި އަބުރު ގެއްލުވާލުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން އެކަމަކީ އެއްވެސް އުސޫލަކުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، އެކަމަށް ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި އޭސީސީއިން ބަލަންޖެހޭ ކަންކަން ހުރުމުން އެކަމުގެ ތަފްސީލުތައް އަފްޒަލް ވަނީ އޭސީސީއަށް ހުށައަޅުއްވާފައެވެ.

މިކަމާއި ގުޅޭގޮތުން އަފްޒަލް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ އޭނާގެ މައްޗަށް އެކި ޕާޓީތަކުން ކޮރަޕްޝަންގެ ތުހުމަތު ކުރަމުންދާ ކަމަށާއި، އެ ތުހުމަތުތަކަށް ސާބިތު ކަމާއެކު އިންކާރުކުރައްވާ ކަމަށެވެ.

މީގެ އިތުރުން އަފްޒަލް ވިދާޅުވެފައިވަނީ އެއްވެސް ކޮޅަކަށް ޖެހުމެއް ނެތި އަބަދުވެސް މަސައްކަތް ކުރައްވާފައިވާނީ ޤައުމަށްޓަކައި ކަމަށާއި، ކުރެވިފައިވާ ތުހުމަތު ތަކުގެ ފުރިހަމަ ތަހުޤީޤެއް ކުރެއްވުމަށް އޭސީސީއަށް ހުށައަޅާފައިވާނެ ކަމަށެވެ. އަދި ހުރިހާ ތަހުޤީޤީ އިދާރާއަކަށްވެސް އެކަމުގައި އެއްބާރުލުން ދެއްވާނެ ކަމަށާއި، އެއްވެސް މިންވަރަކަށް މި ތުހުމަތުތައް ސާބިތުވެއްޖެ ނަމަ މަޤާމުން އިސްތިއުފާ ދެއްވާނެ ކަމަށްވެސް އަފްޒަލް ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް