ކ. މާލެ
|
2 ޑިސެންބަރ 2018 | އާދީއްތަ 11:56
އަދާލަތު ޕާޓީ
އަދާލަތު ޕާޓީ
ރާއްޖެއެމްވީ
މަޖިލިސް އިންތިޚާބު 2019
އަދާލަތު ޕާޓީން މަޖިލީހަށް ވާދަކުރާ ދާއިރާތައް އިއުލާނުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ 13 ދާއިރާއަކަށް އަދާލަތު ޕާޓީން ކުރިމަތިލާނެ
މިގޮތަށް ނިންމީ އެޕާޓީގެ ކޮމިޓީ ބައްދަލުވުމުގެ މަޝްވަރާތަކަށްފަހު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީން ވާދަކުރުމަށް ނިންމަވާފައިވާ ދައިރާތައް އިއުލާނުކޮށްފިއެވެ.

އާދިއްތަ ދުވަހު އެ ޕާޓީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ކޯލިޝަންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ 13 ދާއިރާއަކަށް އަދާލަތު ޕާޓީން ކުރިމަތިލައްވަން އެޕާޓީގެ ކޮމިޓީ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކަށްފަހު ނިންމަވާފައިވާ ކަމަށެވެ.

އަދާލަތު ޕާޓީން މަޖިލީހަށް ވާދަކުރަން ނިންމާފައިވަނީ ކެލާ ދާއިރާ، ވައިކަރަދޫ ދާއިރާ، ކުޅުދުއްފުށީ އުތުރު ދާއިރާ، މަކުނުދޫ ދާއިރާ، އިނގުރައިދޫ ދާއިރާ، ކާށިދޫ ދާއިރާ، މަހިބަދޫ ދާއިރާ، މުލަކު ދާއިރާ، ނިލަންދޫ ދާއިރާ، ގަމު ދާއިރާ، ފުވައްމުލަކު ދެކުނު ދާއިރާ، ފޭދޫ ދާއިރާ އަދި މާފަންނު ދެކުނު ދާއިރާއެވެ.

އަދާލަތު ޕާޓީން ވާދަކުރާ ދާއިރާތައް އިއުލާނުކުރިއިރު، ކޯލިޝަންއާއިއެކު މަސައްކަތް ކުރަން ލިބުނު ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، ކޯލިޝަންގެ އިތުރުން އަދާލަތު ޕާޓީ ވެސް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށާއި، އެ ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް ''ކެރިގެން އަދާލަތު" ގެ ނަމުގައި ކެމްޕޭނެއް ފަށައި އެޕާޓީއަށް 10،000 މެމްބަރުން އިތުރުކުރުމަށް އަމާޒުކޮށް މަސައްކަތް ކުރައްވާ ކަމަށް އެޕާޓީން ކުރިން ވަނީ މައުލޫމާތުދެއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
2 ޑިސެންބަރ 2018 | އާދީއްތަ 08:10
ޔަންގް އިޑިއަޓް
ވައުދުގެ ވާހަކަ ޖޭޕީން ނުދައްކާ! ފުރަތަމަ ވައުދާހިލާފުވީ ޖޭޕީ..މިސަރުކާރު ބަދަލަކުރީ ކޮރަޕްޝަނާއި ވައްކަމާއި އަދުލު އިންސާފު ޤާއުމުކުރަން... މަޖިލ؛ީހުގަޔާއި ކުރީސަރުކާރުގަތިބި ނަންމަސްހޫރު ކޮރަޕްޓް އަނިޔާވެރި ހުރިހާބޮޑެތިމީހުން މިހާރު ތިތިބީ ޖޭޕީގަ.. ކޮރަޕްޝަނާއި އަނިޔާވެރިކަން ނައްތާލާ އަދުލުއިންސާފު ޤާއިމުކުރަން ސަރުކާރުން ވީވައުދު ފުޑާލާ ފުރަތަމަ ފާޅުގަ ތިނިކުތީ ގާސިމް... ގާސިމު ކޯލިސަނުންބޭރުކުރަންވެސް މިހާރު ލަސްވެއްޖެ