ކ. މާލެ
|
2 ޑިސެންބަރ 2018 | އާދީއްތަ 11:12
ފުލުހުންގެ އެކޮމޮޑޭޝަންގައި އަލިފާން ރޯވެފައި
ފުލުހުންގެ އެކޮމޮޑޭޝަންގައި އަލިފާން ރޯވެފައި
ޓްވިޓަރ
އަލިފާނުގެ ހާދިސާ
ވިލިނގިލީ ފުލުހުންގެ އެކޮމޮޑޭޝަންގައި ރޯވުން: ދެ ފުލުހަކު ވަނީ ވަރަށް ބޮޑަށް ފިހިފައި!
ފިހުނު ފުލުހުންނަށް ދަނީ ގދ. ތިނަދޫގައި ހޮސްޕިޓަލުގައި ފަރުވާ ދެމުން

ގއ. ވިލިނގިލީ ފުލުހުންގެ އެކޮމޮޑޭޝަން އިމާރާތުގައި ރޯވި އަލިފާން ގަނޑު ނިއްވަން މަސައްކަތް ކުރުމުގެ ތެރޭގައި ދެ ފުލުހެއް ވަރަށް ބޮޑަށް ފިހިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭގައި ހިނގި އަލިފާނުގެ އެ ހާދިސާގައި ޒަހަމްވި ދެ މީހުންގެ ތެރެއިން އެކެއްގެ ކޮނޑު ހުޅުވެސް ނެއްޓިފައިވާ ކަމަށެވެ. އެ ދެމީހުންނަކީ ވެސް އަލިފާން ރޯވިއިރު، އެތަނުގައި ނިދާފައި ތިބި ދެ މީހުންނެވެ. އަލިފާން ރޯވުމާއެކު އެ ދެމީހުން ވެސް ތެދުވެ، އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދިޔަ ކަމަށް ފުލުހުން ބުނެ އެވެ. 

ފިހުނު އެ ދެ ފުލުހުންނަށް ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސޮމަދު މެމޯރިއަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު، މާލެ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް  ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. 

ވިލިނގިލީގައި ހުންނަ ފުލުހުންގެ އެކޮމޮޑޭޝަން އިމާރާތުގައި އަލިފާން ރޯވީ ހޮނިހިރު ދުވަހުގެ ޜޭ ދަންވަރު 1:45 ހާއިރު އެވެ. އަލިފާން ނިއްވާލެވުނީ ފަތިހު 05:00 ހާއިރު އެރަށުގެ ރައްޔިތުންނާއި ފުލުހުން ކުރި މަސައްކަތުންނެވެ. 

އަލިފާނުގެ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އަލިފާން ރޯވުމުގެ ސަބަބުން ލިބުނު ގެއްލުމެއް ދެނެ ނުގަނެވެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް