ކ. މާލެ
|
2 ޑިސެންބަރ 2018 | އާދީއްތަ 03:44
ފުލުހުންގެ އެކޮމޮޑޭޝަންގައި ރޯވެފައި ހުރި އަލިފާން
ފުލުހުންގެ އެކޮމޮޑޭޝަންގައި ރޯވެފައި ހުރި އަލިފާން
މުހައްމަދު ޝަރުހާން
އަލިފާނުގެ ހާދިސާ
ވިލިނގިލީގައި ހުރި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްގައި ރޯވެއްޖެ
އިމާރާތުގެ ތެރޭގައި ނިދާފައި އޮތް ދެ ފުލުހަކަށް އަނިޔާ ލިބިގެން ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން

ގއ. ވިލިނގިލީގައި މަސައްކަތް ކުރާ ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްގައި ރޯވެ އަނދަމުން އެބަދެއެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން އެ ރަށު ކައުންސިލް މެމްބަރަކު ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި އިރު އެ އިމާރާތުގެ ތެރޭގައި ނިދާފައި އޮތް ދެ ފުލުހަކަށް އަނިޔާ ލިބިގެން، މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާ ކަމަށެވެ. ނަމަވެސް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.

އަލިފާން ނިއްވުމުގެ މަސައްކަތުގައި އެ ރަށު ކައުންސިލާއި ރައްޔިތުންނާއި އަދި ފުލުހުން ގުޅިގެން ދަނީ ހަރަކާތްތެރިވަމުންނެވެ. އަލިފާން ރޯވާން މެދުވެރިވީ ސަބަބެއް މިހާތަނަށް ލިބުނު މައުލޫމަތުން ސާފުވާ ގޮތް ވަނީ ނުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް