ކ. މާލެ
|
2 ޑިސެންބަރ 2018 | އާދީއްތަ 07:04
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް 2019
87 ދާއިރާއަށް ވާދަކުރަން އެމްޑީޕީ އިން ނިންމައިފި!
މިގޮތަށް ނިންމީ ޤައުމީ މަޖިލީހުގެ އަޣުލަބިއްޔަތުން

އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން ވެރިކަންކުރާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނިންމައިފިއެވެ.

މަޖިލީހުގައި އަލަށް އުފެދޭ 2 ދާއިރާއާއިއެކު ޖުމްލަ 87 ގޮނޑިއަށް ވާދަކުރަން އެމްޑީޕީއިން ނިންމީ އެޕާޓީގެ ޤައުމީ މަޖިލީހުން ފާސްކޮށްގެންނެވެ. ހޮނިހިރު ދުވަހުގެރޭ ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާއަށް އެހުށަހެޅުން ހުށަހެޅުއްވީ އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ. އެމަނިކުފާނު އެންމެ ފުރަތަމަ ޤައުމީ މަޖިލީހަށް ހުށަހެޅުއްވީ ބައެއް ދާއިރާތަކަށް ކުރިމަތިލެއްވުމަށެވެ. އެހެންނަމަވެސް އެހުށަހެޅުއްވުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ގިނަ މެމްބަރުން ދެކޮޅު ހެއްދެވިއެވެ. އަދި ރައީސް ނަޝީދުގެ ފުރަތަމަ ހުށަހެޅުއްވުމަކީ 4 ލީޑަރުން އެއްބަސްވާ ގޮތަކަށް ނުވާތީ ގިނަ މެމްބަރުން ތާޢިދުކުރެއްވީ ލީޑަރުންނަށް އެއްބަސްވުމަކަށް ނާދެވޭނަމަ ހުރިހާ ގޮނޑިއަކަށް ވާދަކުރުމަށެވެ.

ޤައުމީ މަޖިލީހުން ފާސްކުރީ ރައީސް ނަޝީދު ފަހުން ހުށަހެޅުއްވި ގޮތަށެވެ.

ހުރިހާ ގޮނޑިއަކަށް ވާދަކުރަން އެމްޑީޕީއިން ނިންމާފައި މިވަނީ ވެރިކަންކުރާ ކޯލިޝަނުން ގުޅިގެން މަޖިލިސް އިންތިޚާބަށް ނިކުތުމަށް މީގެ ކުރިން އެއްބަސްވެފައި ވަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް