ކ. މާލެ
|
2 ޑިސެންބަރ 2018 | އާދީއްތަ 19:42
ބަސް
ބަސް
ގޫގުލް
ބަސް ދަތުރު
ބަސް ސްޓޮޕްތައް އިތުރުކޮށް ދަތުރުތައް ފަށައިފި
މާލޭގައި އަލަަށް 2 ބަސް ސްޓޮޕް ، ހުޅުމާލޭގައި 7 ބަސް ސްޓޮޕް

މާލެ އާއި، ހުލުމާލެ އަށް ދަތުރުކުރާ ބަސްތަކުގެ ސްޓޮޕްތައް އިތުރުކޮށް، އައު ބަސް ސްޓޮޕްތަކާއި އެކު ދަތުރުތައް ހޮނިހިރު ދުވަހުގެ ހަވީރު ފަށައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަހުލާ ވަނީ ފުރަތަމަ ދަތުރުގައި ބައިވެރިވެ ވަޑައިގެންފައެވެ. އަލަށް ހުޅުވާލި ބަސް ސްޓޮޕް ހުރި ސަރަހައްދުތައް ނޫސްވެރިންނަށް ދައްކާލުމަށް ފަހު މައުލޫމާތު ދެއްވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ އަލަށް ހުޅުވާފައި ވަނީ މާލޭގައި ދެ ބަސް ސްޓޮޕް، އަދި ހުޅުމާލޭގައި ހަތް ބަސް ސްޓޮޕް ކަމަށާއި ކުރި އަށް އޮތް ތަނުގައި ބަސް ސްޓޮޕްތައް ގިނަ ވާނެ ކަމަށެވެ. މާލޭގައި އަލަށް ހުޅުވާލި ބަސް ސްޓޮޕްތައް ހުރީ މާލޭ ރިންގްރޯޑް ސަރަހައްދުގައެވެ. މިނިސްޓަރ ވިދާޅުވީ މިހާރު ހުރި ބަސްތައް މާލޭގެ އެތެރޭގައި ބޭނުން ނު ކުރެވޭތީ މިނީބަސް ގެނެސް ހިދުމަތް ފައްޓާނެކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ބޮޑެތި ރަށްރަށުގައި ބަހުގެ ހިދުމަތް ދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ ތެރޭގައި ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ ހިމެނެއެވެ. 

ބަސް ސްޓޮޕްތައް އިތުރުކޮށް ދަތުރުތައް ފަށާފައިވާ އިރު މިއީ ދަތުރު ފަތުރުގެ ނިޒާމު ހަރުދަނާކޮށް ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދިނުމަށްޓަކައި ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ފުއްދުމަށް ހިމަނާފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މީގެ އިތުރުން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ރަފީއު ވިދާޅުވީ މި ހިދުމަތުގެ ސަބަބުން ރައްޔިތުނަށް ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ ކަމަށާއި ނެއިބަރހުޑް ބަހެއް ލިބެންދެން އެއްވެސް މީހަކު އެންޓްރީ ބަސް ސްޓޮޕްގައި މަޑުކުރަން ނުޖެހޭނެކަމަށެވެ. ބަހުގެ ހިދުމަތް ހޮނިހިރު ދުވަހުގައި ފައްޓާފައިވާއިރު، މިކަމުގެ ސަބަބުން ޓްރެފިކް ފްލޯއަށް ބޮޑެތި ބަދަލްތަކެއް އަންނާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް