ކ. މާލެ
|
1 ޑިސެންބަރ 2018 | ހޮނިހިރު 19:52
މިނިސްޓަރ އަސްލަމް ކ. ދިއްފުއްޓައް ކުރެއްވެވި ދަތުރުފުޅުގެ ތެރެއިން
މިނިސްޓަރ އަސްލަމް ކ. ދިއްފުއްޓައް ކުރެއްވެވި ދަތުރުފުޅުގެ ތެރެއިން
ގޫގުލް
ބޯހިޔާވަހިކަން
ޕްރޮޖެކްޓެެއް އަވަސްކޮށްދޭން އެދި މިނިސްޓަރު އަސްލަމަށް އެއްލައްކަ ޑޮލަރު ހުޅަހެޅި
ގިނަފަހަރަށް ވާގޮތަކީ އެއިރެއްގައި އޮންނަ ހާލަތައް ހައްލެއް ހޯދުމަށް މަސައްކަތް ކުރުން
މި ސަރުކާރުން އަބަދުވެސް ކަންކަން ކުރާނީ ވޭތިވެ ދިޔަ ތަނުގައި ލިބިފައިވާ ތަޖުރިބާޔާއިއެކު

ފެނާއި ނަރުދަމާގެ ޕްރޮޖެކްޓެއް ހަވާލުކުރުމަށް ނިންމާފައިވާ ކުންފުންޏަކަށް ނިސްބަތްވާ މީހަކު އެޕްރޮޖެކްޓް އަވަސްކޮށްދިނުމަށް އެދި އެއްލައްކަ ޑޮލަރުގެ ރިޝްވަތެއް ހުށަހެޅުއްވި ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްލަމް މިކަން ހާމަކުރެއްވީ، ކ. ދިއްފުށީގެ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާހު ކުރުމަށް ހޮނިހިރު ދުވަހު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ އަބަދުވެސް ދެފުށް ފެންނަ ގޮތަށް ކަންކަން ކުރާ ބަޔަކަށް ވުމަށް ބޭނުންފުޅު ކަމަށާއި ހަމަ މަގުން ކައްސާލާނަމަ ހަމަ މަގަށް އެޅުވުމަށް ރައްޔިތުން މަސައްކަތް ކޮށްދޭން ޖެހޭ ކަމުގައެވެ.

އަސްލަމް ވިދާޅުވީ ކަމެއް ކުރާއިރު އެކަމެއް ޑިޒައިން ކުރަންޖެހޭނީ އަބަދުވެސް މުސްތަގުބަލަށް ވިސްނައިގެން ކަމަށެވެ. އަދި ހައްލު އަންނަން ޖެޙޭނީ މުސްތަގުބަލާއި އެކު ކަމަށެވެ.

"އަޅުގަނޑުމެންނަށް އައި އިގްތިސާދީ ތަރައްގީއާއި އެކު އޭގެ އެންމެ ބޮޑު ހިއްސާއެއް ކުރަނީ ޓުއަރިޒަމް ސެކްޓަރއަށް. އެ ތަރައްގީއާއި އެކު ރާއްޛޭގެ ދިރިއުޅުން މުޅިން ބަދަލްވެގެން ހިނގައްޖެ. ފްލަޝް ކުރާނެ ފާޚާނާ ގޭގޭގައި ހަރުކޮށްފި. ހައިޕްރެޝަރުގައި ވަޅުން ފެންނަގަން ޕަންޕު ހަރުކޮށްފި. ދިވެހިރާއްޖޭގެ މި ކުދިކުދި ޖަޒީރާތަކަށް މި އާ ގޮތް އެއީ ހިފަހައްޓާލެވޭ ވަރުގެ ކަމަކަށް ނުވި ރައްޖޭގައި ފެނާއި ނަރުދަމާ ބޭނުން ނުވާނެ އެއްވެސް ރަށެއް ނޯންނާނެ. އަޅުގަނޑުމެންނަށް ބޯދާގޮތަށް އަނބުރާ ދިރިއުޅުން ބަދަލެއް ނުކުރެވޭނެ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މި ސަރުކާރުން އަބަދުވެސް ކަންކަން ކުރާނީ ވޭތުވެ ދިޔަ ތަނުގައި ލިބިފައިވާ ތަޖުރިބާޔާއިއެކު ކަމަށެވެ. އަދި މިސަރުކާރަކީ އަޑު އަހާނެ ސަރުކާރެއް ކަމަށާއި އަދި ރައްޔިތުންނާއި ބައްދަލުވެ ވާހަކަ ދެކެވޭނެ ސަރުކާރެއް ކަމަށެވެ. އަދި މިސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންނާއި އެކު ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް