ކ. މާލެ
|
2 ޑިސެންބަރ 2018 | އާދީއްތަ 09:22
އަލިފުޅު ތުއްތު ފައުންޑޭޝަނުން ކ. ދިއްފުށީގައި ގާއިމް ކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހް ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ
އަލިފުޅު ތުއްތު ފައުންޑޭޝަނުން ކ. ދިއްފުށީގައި ގާއިމް ކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހް ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ
ސިމާހާ ނަސީމް
ރާއްޖޭގެ މާލީ ހާލަތު
މާލީ ހާލަތު ކޮންމެ ހަފްތާއަކު ފިނޭންސް މިނިސްޓްރީން އާންމު ކުރަމުންދާނެ: ރައީސް ސޯލިހް
ރާއްޖޭގެ މާލީ ހާލަތު ދެނެގަނެވިފައިވޭ
ބަދަލު ކުރަން ޖެހޭ ކަންކަން ގިނަ

ދިވެހިރާއްޖޭގެ މާލީ ހާލަތު އޮތް ގޮތް ކޮންމެ ހަފްތާއަކު ފިނޭންސް މިނިސްޓްރީން އާންމު ކުރަމުންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އަލިފުޅު ތުއްތު ފައުންޑޭޝަނުން ކ. ދިއްފުށީގައި ގާއިމް ކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހް ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތް ކުރިއަތް އޮތް ހަފްތާ އިން ފެށިގެން ފިނޭންސް މިނިސްޓްރީ އިން އިއުލާން ކުރާނެ ކަމަށެވެ. އަދި ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނަށް ރާއްޖޭގެ މާލީ ހާލަތު ދެނެގަނެވިފައިވާ ކަމަށާއި ބަދަލު ކުރަން ޖެހޭ ކަންކަން ގިނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތް ކުރިއަށް އޮތް ހަފްތާ އިން ފެށިގެން ކޮންމެ ހަފްތާއަކު އެއް ފަހަރު ފިނޭންސް މިނިސްޓްރީން ރައްޔިތުންނަށް ހާމަކުރަމުން ގެންދާނެ. އެނގިވަޑައިގަންނަވާނެ އަޅުގަނޑު ރާއްޖޭގެ ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ ފަޅުތަކާ ރަށްތަކުގެ ތެރެއިން ކުއްޔަށް ދެވި އަދި ވިއްކާލެވިފައި ވަނީ ކިތައް ރަށްކަމެއް ކިތައް ފަޅުކަމެއް އަޅުގަނޑުމެންނަށް އޮތީ ނޭނގުމެއްގެ ތެރޭގައި. އެހެން ނަމަވެސް މި ވޭތުވެދިޔަ ހަފްތާ ނިމެމުން ދަނިކޮށް ޓޫރިޒަމް މިނިސްޓްރީން މިހާރު ވާނީ އޭގެ ތަފްސީލު ރައްޔިތުންނަށް ހާމަކޮށްފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ސިޓީ ކައުންސިލްތަކަށް ދޫކުރެވެން ހުރި ބާރުތައް މި ހަފްތާގެ ތެރޭގައި ދޫކުރާނެ ކަމަށާއި ގެދޮރު އެޅުމަށް ބޭނުންވާ ލުއި ލޯނު ދޫކުރުމަށް އެސްއެމްއީ ބޭންކް ޤާއިމުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން ކުރިއަށް އޮތް 1 މަސް ދުވަހުގެ ތެރޭގައި ލާމަރުކަޒީ ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ދިރާސާ ކުރެވި، އެ ޤާނޫނު އިސްލާހު ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދުކޮށް، ލިބިފައިވާ ވަސީލަތްތަކާ މުއްސަނދިކަން ދިވެހި މުޖުތަމައުގެ ތަރައްޤީއަށާއި ރައްޔިތުންގެ މަންފާއަށް ބޭނުން ކުރުމަކީ އެއް ވާޖިބު ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް