ކ. މާލެ
|
1 ޑިސެންބަރ 2018 | ހޮނިހިރު 14:50
ފޮރިންގ މިނިސްޓަރ ޝާހިދު (ވ) ޔޫއޭއީގެ ޚާރިޖީ ވަޒީރާއިއެކު
ފޮރިންގ މިނިސްޓަރ ޝާހިދު (ވ) ޔޫއޭއީގެ ޚާރިޖީ ވަޒީރާއިއެކު
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓަރ
ޝާހިދުގެ ފުރަތަމަ ރަސްމީ ދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފި
މި ދަތުރުފުޅުގައި ވަޑައިގެންނެވީ އިންޑިއާ އަދި ޔޫއޭއީ އަށް
ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މަޤާމާއި ހަވާލުވެވަޑައިގެން ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ހޮނިހިރު ދުވަހު އެނބުރި މާލެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު ފުރަތަމަ ވަޑައިގެންނެވީ އަވަށްޓެރި އިންޑިއާއަށެވެ. އެއަށްފަހު އަންގާރަ ދުވަހު ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ވަޑައިގެންފައެވެ. 

ޔޫއޭއީއަށް ކުރެއްވި މި ދަތުރުފުޅުގައި ދިވެހިންނަށް ވިސާއަކާނުލައި އެޤައުމަށް ދަތުރުކުރެވޭނެގޮތް ހަމަޖެއްސެވުމާ ގުޅޭގޮތުން އެޤައުމުގެ ފޮރިން މިނިސްޓަރ ހިޒް ހައިނަސް ޝެއިޚް ޢަބްދުﷲ ބިން ޒަޔެދް އަލް ނަހްޔާންއާ އެކު ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން ވިސާއަކާނުލައި ދިވެހިންނަށް ޔޫ.އޭ.އީ އަށް ދަތުރުކުރެވޭނެ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ފޮރިން މިނިސްޓަރ ޝާހިދުގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް، އަހުމަދު ޚަލީލްއާއި، ދިވެހި ސަރުކާރުން ޔޫ.އޭ.އީ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. ޙުސައިން ނިޔާޒް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޔުއޭއީއަށް ކުރެއްވި މި ދަތުރުފުޅުގައި ވަނީ އެޤައުމާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރާނެ ކަންކަމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ.

ޔޫއޭއީއަށް ދަތުރުކުރެއްވުމުގެ ކުރިން ޝާހިދުވަނީ އިންޑިޔާއަށް ދަތުރެއް ކުރައްވާފައިވާއެވެ. އެ ދަތުރުފުޅަށްފަހު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިޔާގެ ދިއްލީ އޮތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޑެސެންބަރު 17ގައި އިންޑިއާއަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވުމަށް ތައްޔާރަށް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް