ކ. މާލެ
|
2 ޑިސެންބަރ 2018 | އާދީއްތަ 20:51
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދިއްފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދިއްފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރާއްޖެއެމްވީ
ލޯކަލް ކައުންސިލް
ކައުންސިލްތަކަށް ދޫކޮށްލެވެން ހުރި ބާރުތައް މި ހަފްތާތެރޭގައި ދޫކުރާނަން: ރައީސް
ކުރިއަށް އޮތް އަމާޒަކީ ކައުންސިލްތައް ބާރުވެރި ކުރުމާއި އެކު ރައްޔިތުންނާއި ވީހާ އެންމެ ގާތުން ވެރިކަން ހިންގުން
ލޯކަލް ކައުންސިލް ތަކަށް ދޫކޮށްލެވޭން ހުރި ބާރުތައް މިހަފްތާގެ ތެރޭގައި ދޫކުރާނަން
ރާއްޖޭގައި ކަންކަން ހިނގާފައި ވާ ގޮތް ވަރަށް ރަނަގަޅަށް ސާފްވާން އެބައޮތް

މިހާރު އަމަލުކުރަމުންދާ ލާމަރުކަޒީ ގާނޫނުގެ ދަށުން ރައީސުލްޖުމްހުރިއްޔާ އަށް ލިބިދޭ އިޚްތިޔާރުގެ ތެރެއިން ލޯކަލް ކައުންސިލްތަކަށް ދޫކޮށްލެވޭން ހުރި ބާރުތައް މިހަފްތާގެ ތެރޭގައި ދޫކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއެޖެއެވެ.

އަލިފުޅު ތުއްތު ފައުންޑޭޝަނުން ކ. ދިއްފުށީގައި ގާއިމް ކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހް ކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާނެ ކަމަށާއި މާލޭ ސިޓީ އާއި އަށްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށް ގިނަގުނަ ބާރުތަކެއް ފެށޭ މަސައްކަތު ހަފްތާގެ ތެރޭގައި ދޫކޮށްލައްވާނެ ކަމަށެވެ.  

ރައީސް ވިދާޅުވީ ކުރިއަށް އޮތް އަމާޒަކީ ކައުންސިލްތައް ބާރުވެރި ކުރުމާއި އެކު ރައްޔިތުންނާއި ވީހާ އެންމެ ގާތުން ވެރިކަން ހިންގުން ކަމަށެވެ. އަދި އެކަން ކަން ކުރުމަށް މަގުފަހި ވެގެން ދާނީ ލާ މަރުކަޒީ ގާނޫނަށް އިސްލާހް ގެނވިގެން ކަމަށެވެ.

"ފާއިތުވި އެއް ހަފްތާގެ ތެރޭގައި ރާއްޖޭގައި ކަންކަން ހިނގާފައިވާ ގޮތް ވަރަށް ރަނަގަޅަށް ސާފުވާން އެބައޮތް ކަމަށް. އަދި ސަރުކާރުގެ ވެރިންނާއި މުވައްސަސާތަކުގެ ވެރިންނާއި ބައްދަލު ކުރަމުން ދާކަމަށް. އަދި ރާއްޖޭގެ މާލީ ހާލަތު ދެނެގަނެ ރަނގަޅު ކުރަން ޖެހޭ ކަންކަން ގިނަކަން ފާހަގަ ކުރެވިފައިވޭ،" ރައީސް ވިދާޅުވިއެވެ.

ސިޓީ ކައުންސިލްތަކަށް ބޮޑެތި ބާރުތައް ދޭން ރައީސް ނިންމަވާފައި ވާއިރު ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ޞޯލިހު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖެ ތަރައްޤީ ކުރަން ބޭނުން ވަނީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް ބާރުވެރިކުރުވައިގެން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް