ކ. މާލެ
|
1 ޑިސެންބަރ 2018 | ހޮނިހިރު 13:06
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
މުހައްމަދު ޝަރުހާން
ފެނާއި ނަރުދަމާ ނިޒާމް
ތިން އަހަރު ތެރޭގަައި ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރަން ފަށާނަން: ރައީސް
ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމްކުރަން ޖުމްލަ 1.5 ބިލިއަން ރުފިޔާ

ސަރުކާރުގެ އަމާޒަކީ، މިވެރިކަމުގެ ފުރަތަމަ 3 އަހަރު ނިމޭއިރު، ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ފެށްޓެވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އަލިފުޅު ތުއްތު ފައުންޑޭޝަނުން ކ. ދިއްފުށީގައި ގާއިމް ކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހް ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ވިދާޅުވީ ސާފު ބޯފެނާއި ނަރުދަމާ ނިޒާމަކީ، ކޮންމެ ރައްޔިތަކަށްވެސް ލިބިދޭންޖެހޭ އަސާސީ ޚިދުމަތެއްކަމަށެވެ. ނަމަވެސް މިއަދުގެ ހާލަތަކީ، މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ފެނުގެ ޚިދުމަތް ލިބެނީ 34 ރަށަށްކަމަށާއި އަދި ނަރުދަމާގެ ނިޒާމު ޤާއިމްވެފައިވަނީ 66 ރަށުގައިކަމުގައި

އެމަނިކުފާނު ވިދާޅުވިގޮތުގައި، ރައްޔިތުންނަށް ލިބެންޖެހޭ މިފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެގޮތުން ކުރިއަށް އޮތް 2019 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނި، ޖުމްލަ 102 މިލިއަން ޑޮލަރު ޚަރަދުކޮށްގެން 72 ރަށުގެ ނަރުދަމާ އަދި 56 ރަށުގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ފަށްޓަވާނެކަމަށެވެ.

"ސާފު ބޯފެނާއި ނަރުދަމާ ނިޒާމަކީ، ކޮންމެ ރައްޔިތަކަށްވެސް ލިބިދޭންޖެހޭ އަސާސީ ޚިދުމަތެއް. އަދި އެއީ، އަޅުގަނޑުމެންގެ ވެރިކަމުގައި ރައްޔިތުންނަށް ފޯރުކޮށްދޭން ވަޢުދުވެފައިވާ ކަމެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމުގެ 5 އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޯފެނާއި ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ލިބިގެންދާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދޅުވީ މިސަރުކާރު ވެރިކަމަށް އައީ ރައްޔިތުންނަށް ބޭނުންވެފައިވާ އަސާސީ ޚިދުމަތްތައް އެރައްޔިތުންނަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ ވައުދާއި އެކުގައި ކަމަށެވެ. އަދި އެޚިދުމަތްތައް އެރައްޔިތުންނަށް މިފަސް އަހަރުގެ ތެރޭގައި ފުރިހަމަ ވެގެން ދާނެކަމަށެވެ.

ދިއްފުށީގައި މިޤާއިމްކުރެވުނު ފެނާއި ނަރުދަމާގެ ނިޒާމަކީ، އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުން އިސްނަންގަވައިގެން މުޖުތަމަޢުގެ ލާބައާއި މަންފާއަށް ކުރަމުން އަންނަ އެތައް މަސައްކަތެއްގެ ތެރެއިން ކުރެއްވި ކަމެއްކަން ފާހަގަ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވިޔަފާރިވެރިން މިފަދަ އިޖުތިމާޢީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެހީތެރިވާން ތައްޔާރަށް ތިއްބެވިއިރު، ވިޔަފާރިވެރިންނަށް ފަސޭހަ ވިޔަފާރީގެ މާޙައުލެއް ސަރުކާރުން ޤާއިމުކޮށްދޭންޖެހޭކަމަށެވެ.

"ދިއްފުށީގައި ގާއިމް ކުރި ފެނާއި ނަރުދަމާ ނިޒާމްގެ ޚިދުމަތަކީ އަލިފުޅު ތުއްތު ފައުންޑޭޝަނުގެ ފަރާތުން އިސްނަންގަވައިގެން މުޖުތަމައުގެ ލާބަޔާއި މަންފައަށް އެފައުންޑޭޝަނުން ކުރަމުންއަންނަ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް" ރައީސް ވިދާލުވިއެވެ

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް