ކ. މާލެ
|
1 ޑިސެންބަރ 2018 | ހޮނިހިރު 10:46
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ކ. ދިއްފުއްޓަށް ވަޑައިގަތުން
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ކ. ދިއްފުއްޓަށް ވަޑައިގަތުން
ރާއްޖެއެމްވީ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް ސޯލިހު އެންމެ ފުރަތަމަ ވަޑައިގެންނެވި ރަށަކަށް ދިއްފުށި
މަޝްރޫއުގެ މަސައްކަތް ނިމިފައިވަނީ 2 ނޮވެމްބަރުގައި

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށްފަހު އެންމެ ފުރަތަމަ ވަޑައިގެންނެވި ރަށަކަށް ކ. ދިއްފުށި ވެއްޖެއެވެ.

އެމަނިކުފާނު ދިއްފުށްޓަށް ވަޑައިގެންނެވީ އަލިފުޅު ތުއްތު ފައުންޑޭޝަނާއި މީރު އައިލެންޑް ރިސޯޓް އެންޑް ސްޕާގެ ހިލޭ އެހީގެ ދަށުން ގާއިމްކުރި ފެނާއި ނަރުދަމާގެ މަޝްރޫއު ނިންމައި، ޚިދުމަތް ފައްޓަވައި ދެއްވުމަށެވެ.

މި މަޝްރޫއުގެ އެގްރިމެންޓުގައި ސޮއިކޮށްފައިވަނީ 20 ފެބްރުއަރީ 2017 ގައެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 9 މާރޗް 2017 ގައެވެ. މަޝްރޫއުގެ މަސައްކަތް ނިމިފައިވަނީ 2 ނޮވެމްބަރު 2018 ގައެވެ. މި ނިޒާމް ޑިޒައިން ކުރެވިފައިވަނީ 2600 އެއްހާ އާބާދީއަކީ އަކަށް ޚިދުމަތްދެވޭ ގޮތަށެވެ. ގާތްގަނޑަކަށް 4 މިލިއަން ޑޮލަރު (61 މިލިއަން ރުފިޔާ) ހޭދަކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އަލްޓެކް މޯލްޑިވްސް ޕްރއިވްޓް ލިމިޓެޑެވެ.

މީގެ އިތުރުން ރައީސް ސާލިޙްގެ މި ދަތުރުފުޅުގައި ހޮނިހިރު ދުވަހު ގިރިފުއްޓަށްވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ގިރިފުއްޓަށް ވަޑައިގަތުމަށްފަހު އެރަށުގައި އޮންނަ 20 ވަނަ ކެޑޭޓް ކޭމްގެ ބްރީފިންގައި އެމަނިކުފާނު ވައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ގެ މި ދަތުރުފުޅުގައި ކެބިނެޓް ގެ ބައެއް ވަޒީރުންވެސް ވަނީ ބައިވެރިވަޑައިގެންފައެވެ.

އަލިފުޅު ތުއްތު ފައުންޑޭޝަނަކީ ވިޔަފާރިވެރިޔާ ޗަމްޕާ ހުސެން އަފީފާއި ޗަމްޕާ މުހައްމަދު މޫސާގެ ބައްޕާފުޅު މޫސާ އަލީ (އަލިފުޅު ތުއްތު)ގެ ހަނދާނުގައި 2000 އަހަރު އުފެއްދި ފައުންޑޭޝަނެކެވެ. މި ފައުންޑޭޝަންގެ ފަރާތުން ރާއްޖޭގެ ބައެއް ރަށްރަށުގައި ތަރައްގީގެ ބައެއް މަޝްރޫއުތައް ހިންގާފައިވެ އެވެ.

 


 

ރައީސް ސާލިޙާއި ނައިބް ރައީސް ފައިސަލް ނަސީމް ވަނީ ރިޔާޒީ އިންތިޚާބުގެ ކެމްޕޭންގައި ރަޢްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް