ކ. މާލެ
|
1 ޑިސެންބަރ 2018 | ހޮނިހިރު 08:57
ފިޝަރީޒް މިނިސްޓަރު ހުވަދު އަތޮޅުގައި
ފިޝަރީޒް މިނިސްޓަރު ހުވަދު އަތޮޅުގައި
މުހައްމަދު ޝަރުހާން
މަސްވެރިން
މަސްވެރިންގެ ޕެންޑިންގ ބިލްތަކަށް ފައިސާ ދީފި
މިފްކޯއަށް ދީފައިވަނީ 37 މިލިއަން ރުފިޔާ

މިފްކޯ އިން މަސްވެރިންގެ އަތުން މަސް ގަނެ ލާރި ނުދައްކާ ހުރި ބިލްތަކަށް ފައިސާ ދެއްކުމަށް ސަރުކާރުން މިފްކޯއަށް 37 މިލިއަން ރުފިޔާ ހަމަޖައްސައިދީފިއެވެ. 

މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރި ކަލްޗަރ ޒަހާ ވަހީދު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވީ މިދިޔަ ބުދަ ދުވަހާ ހަމައަށް ފްކޯއަށް މަސްކިރުވާފައި ފައިސާ ނުލިބި ހުރި ހުރިހާ ބިލްތަކަށް ފައިސާ ލިބޭނެ ކަމަށެވެ. އަދި މަސްވެރިންނަށް މިފްކޯއިން ދޭންޖެހޭ ފައިސާ ދިނުމަށްޓަކައި މިފްކޯއަށް ސަރުކާރުން ފައިސާ ދީފައިވާ ކަމަށެވެ.

މިފްކޯގެ ދަރަނި އިންތިހާއަށް ބޮޑުވެ، ކުންފުނި ބަނގުރޫޓުވުމުން 2016 ވަނަ އަހަރު އެކުންފުނި ވަނީ އެސްޓީއޯގެ ދަށަށް ބަދަލުކޮށްފައެވެ.

މިފްކޯ އިން ބިލްތަކަށް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދޫކުރުމަށް ނިންމާފައިވާ އިރު މިފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ކުންފުނީގެ ހިންގުން ރަނގަޅުކޮށް މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ކުރީގެ ސަރުކާރުން ވަނީ ގާތްގަނޑަކަށް 620 މިލިއަން ރުފިޔާ ދީފައެވެ.

މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު އަތޮޅުތަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގެ ތެރެއިން ގއ. ކޫއްޑޫއަށް ވަޑައިގަތުމަށްފަހު ހުވަދު އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގަންނަވާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް