ކ. މާލެ
|
2 ޑިސެންބަރ 2018 | އާދީއްތަ 09:16
ފާރިސް މަހާތީރާ ބައްދަލު ކުރެއްވުން
ފާރިސް މަހާތީރާ ބައްދަލު ކުރެއްވުން
ޓްވިޓަރ
ފާރިސް މައުމޫން
މެލޭޝިއާގެ ބޮޑުވަޒީރާ ފާރިސް ބައްދަލު ކުރައްވައިފި
ފާރިސް މެލޭޝިއާ އަށް ވަޑައިގެންނެވީ ބުރާސްފަތި ދުވަހު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މެލޭޝިޔާގެ ބޮޑުވަޒީރު ޑރ މަހާތިރު މުހައްމަދާ ބައްދަލު ކުރައްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ މަހާތީރުއާ ބައްދަލު ކުރެއްވުމަށް ފާރިސް މެލޭޝިއާއަށް ވަޑައިގެންފައިވަނީ ބުރާސްފަތި ދުވަހުގެ ރެއެވެ.

މި ބައްދަލު ކުރެއްވުމާ ގުޅޭގޮތުން ތަފްސީލެއް ހާމަކޮށްފައި ނުވާއިރު، ރައީސް މައުމޫން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މެލޭޝިޔާގެ ބޮޑުވަޒީރާ ބައްދަލު ކުރެއްވުމުގެ ފުރުސަތު ފާރިސް އަށް ލިބުމަކީ ފަހުރެއް ކަމަށެވެ.  އަދި ފާރިސްއާ ބައްދަލު ކުރައްވާފައިވާތީ ޑރ. މަހާތިރަށް ރައީސް މައުމޫން ވަނީ ޝުކުރު ދަންނަވާފައެވެ.

މި ބައްދަލު ކުރެއްވުމަށްފަހު ފާރިސް އެނބުރި ރާއްޖެ ވަޑައިގަންނަވާނީ ހޮނިހިރު ދުވަހުއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް