ކ. މާލެ
|
2 ޑިސެންބަރ 2018 | އާދީއްތަ 20:44
މިނިސްޓަރު ޒަހާ ގެމަނަފުއްޓަށް ކުރެއްވި ދަތުރުފުޅު ތެރެއިން
މިނިސްޓަރު ޒަހާ ގެމަނަފުއްޓަށް ކުރެއްވި ދަތުރުފުޅު ތެރެއިން
ޓްވިޓަރ
ފިޝަރީސް މިިނިސްޓަރ
ފިޝަރީޒު މިނިސްޓަރު ގެމަނަފުށީ މަސްވެރިންނާ ބައްދަލުކުރައްވައިފި
މަސްވެރިންގެ ހުރި ޝަކުވާތައް މިނިސްޓަރު ވަނީ އަޑުއައްސަވާފައި
އައިސް ލިބޭނެ އިންތިޒާމެއް ހަމަޖެހިގެންދާނެ

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ގެމަނަފުށީ މަސްވެރިންނާ ބައްދަލުކުރައްވައިފި އެވެ. 

ގއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުކުރު ދުވަހު މިނިސްޓަރު ގެމަނަފުށީ މަސްވެރިންނާ އެކު ބޭއްވި ބައްދަލު ކުރެއްވުމުގައި، މަސްވެރިން ވަނީ ޝަކުވާތައް ބަންޑުންކޮށްލައިފަ އެވެ.  މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ އެ އަތޮޅުގައި ހުރި އައިސް ޕްލާންޓްތައް ހިންގުމަށް ނާގާބިލް މީހުން ތިބި މައްސަލަ އެވެ.

މިނިސްޓަރު ޒަހާ ވިދާޅުވީ މަސްވެރިންނަށް ފަސޭހަ ގޮތަކަށް އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށާއި އެކަން ތަންފީޒުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. މިފްކޯ އަށް މަސްކިރުވައިގެން ފައިސާ ނުލިބޭތީ ވެސް މަސްވެރިން ތިބީ ހިތްހަމަ ނުޖެހިފަ އެވެ. އެކަމާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ މިފްކޯގެ ހިންގުން ހަރުދަނާވެ ކުންފުނި ހިންގަން ފެށުމާއި އެކު އެކަމަށް ހައްލެއް އަންނާނެ ކަމަށެވެ.

މިނިސްޓަރު ޒަހާ ގެމަނަފުއްޓަށް ވަޑައިގެން އެ ރަށު ކައުންސިލާ ވެސް ވަނީ ބައްދަލުކުރައްވައިފަ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް