ކ. މާލެ
|
1 ޑިސެންބަރ 2018 | ހޮނިހިރު 18:16
ޖެރަޑް ޖެންސަރ ރައީސް އިބުރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރައްވަނީ
ޖެރަޑް ޖެންސަރ ރައީސް އިބުރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރައްވަނީ
ޓްވިޓަރ
ޖެރަޑް ޖެންސަރ
ޖެރަޑް ޖެންސަރ ރައީސް ސޯލިހާއި ބައްދަލުކުރައްވައިފި
ޖެރަޑް ރާއްޖެ ވަޑައިގަތީ ރައީސް މުހައްމަދު ނަޝީދު މިނިވަންވެ ވަޑައިގެންނެވި ދުވަހު

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރައްވާ ބައިނަލްއަގުވާމީ މަޝްހޫރު ވަކީލު ޖެރަޑް ޖެންސަރ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރައްވައިފި އެވެ.

ރައީސް ސޯލިހާއި ހުކުރު ދުވަހުގެރޭ ބައްދަލުކުރައްވަމުން ނަންގަވާފައިވާ ފޮޓޯ އަކާއި އެކު ޖެރަޑް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތިން އަހަަރަށް ފަހު ރާއްޖެވަޑައިގެން ރާއްޖޭގެ އާ ރައީސް އިބުރާހިމް މުހައްމަދު ސޯލިހާއި ބައްދަލުވެވުނީތީ ނުހަނު އުފާކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނާއި ބައްދަލުކޮށްލެވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމަށް އޭނާ ވިދާޅުވިއެެވެ.

ޖެރަޑް ވަނީ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރެރިޒަމްގެ ދައުވާ އުފުލުމުން އެމަނިކުފާނުގެ ވަކީލުންގެ ޓީމްގައި ބައިވެރިވެވަޑައިގެން ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކުރައްވާފައެެވެ.

ރައީސް ނަޝީދުގެ މައްޗަށް ކުރެވުނު 13 އަހަރުގެ ޖަލުހުކުމުގެ މައްސަލަ ބޭރުގެ ގައުމުތަކާއި އދ. ގެ ސަމާލުކަމަށް ގެނައުމުގައި ޖެރަޑް ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.

ޖެރަޑް ރާއްޖެ ވަޑައިގަތީ ރައީސް މުހައްމަދު ނަޝީދު މިނިވަންވެވަޑައިގެންނެވި ދުވަހުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
1 ޑިސެންބަރ 2018 | ހޮނިހިރު 13:24
މާހައިބަތު ބޮޑު
މާހައިބަތު ބޮޑު ސޯފާއެެއް، ތައިލެންޑު ސިޓިންރޫމް އެއް ވަށްތަރުޖަހަނީ