ކ. މާލެ
|
1 ޑިސެންބަރ 2018 | ހޮނިހިރު 18:09
ޚާރިޖީ ވަޒީރު ޝާހިދު (ވ) ޔޫއޭއީގެ ޚާރިޖީ ވަޒީރު ޝައިޚް އަބްދުﷲ (ކ) އާއިއެކު އަބޫދާބީގައި
ޚާރިޖީ ވަޒީރު ޝާހިދު (ވ) ޔޫއޭއީގެ ޚާރިޖީ ވަޒީރު ޝައިޚް އަބްދުﷲ (ކ) އާއިއެކު އަބޫދާބީގައި
ފޮރިން މިނިސްޓްރީ
ޚާރިޖީ ވަޒީރުގެ ދަތުރުފުޅު
ދިވެހިންނަށް ވިސާއާއި ނުލައި ޔޫއޭއީއަށް ދެވޭ ގޮތް ހަދައިފި
ވިސާ ނުނަގައި ދަތުރުކުރެވެނީ އަންނަ އަހަރުން ފެށިގެން

އަންނަ އަހަރުން ފެށިގެން ދިވެހިންނަށް ވިސާއާއި ނުލައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ދެވޭ ގޮތަށް އެޤައުމުގެ ޚާރިޖީ ވުޒާރާއާއިއެކު އެއްބަސްވުމަކަށް އާދެވިފައިވާކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވަޒީރު ޝާހިދު މިހާރު ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެޤައުމުގެ ވެރިރަށް އަބޫދާބީގައި ހުކުރު ދުވަހު ވަނީ ޔޫއޭއީގެ ޚާރިޖީ ވަޒީރު ޝައިޚް އަބްދުﷲ ބިން ޒައިދް އަލް ނަހްޔާންއާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އައު ސަރުކާރުގެ ސިޔާސަތުތަކާއި ބެހޭ ގޮތުން ޔޫއޭއީ ޚާރިޖީ ވަޒީރަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޝާހިދު ވަނީ މައުލޫމާތު އަރުވާފައެވެ. އަދި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުންތައް ބަދަހިކުރުމާއި ބެހޭ ގޮތުން ދެޤައުމުގެ މެދުގައި ވަނީ މަޝްވަރާކުރެވިފައެވެ. 

އަންނަ އަހަރުން ފެށިގެން ދިވެހިންނަށް ވިސާއާއި ނުލައި ޔޫއޭއީއަށް ދެވޭ ގޮތަށް އެއްބަސްވުމަކާއި ހަމަޔަށް އައިއިރު، ޔޫއޭއީގެ ޑުބާއީއަކީ ދިވެހިންވެސް ވިޔަފާރީގެ ބޭނުންތަކަށާއި ޗުއްޓީއަށް ގިނައިން ގޮސް އުޅޭ ތަނެކެވެ. ޑުބާއީ އާއި އަބޫދާބީއިން ރާއްޖެއަށް ޑައިރެކްޓް ފްލައިޓްތައް ބާއްވާއިރު، ކުރިން ވިސާ ނެގުމަކާއި ނުލައި ޔޫއޭއީއަށް އެތެރެވެވޭ ގޮތް ހެދުމުން ދިވެހި ވިޔަފާރިވެރިންނަށް އެކަމުގެ ފަސޭހަތައް ލިބިގެންދާނެއެވެ. 

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މިވަގުތު އަބޫދާބީގައި ހުންނެވިއިރު، ޔޫއޭއީއަށް ވަޑައިގަތުމުގެ ކުރިން އެމަނިކުފާނު ވަނީ އިންޑިއާއަށް ވަޑައިގެން، އިންޑިއާއަށް ދިޔުމުގައި ދިވެހިންނަށް ދިމާވާ ދަތިތައް ހައްލުކޮށް، ރައީސް ސޯލިހް ޑިސެމްބަރު މަހު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އިންޑިއާއާއިއެކު އައު ވިސާ އެއްބަސްވުމެއްގައި ސޮއެކުރޭވެނެކަން އިއުލާންކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް