ކ. މާލެ
|
30 ނޮވެންބަރ 2018 | ހުކުރު 21:10
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް އިންތިހާބު 2019
މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ދާއިރާތައް އިއުލާން ކުރުން އެމްޑީޕީން ފަސްކޮށްފި
ޕްރައިމަރީ އޮންނާނީ ޖެނުއަރީ 18 ގައި
ވޯޓު ލެވޭނީ ބައިވެރުވުމުގެ މުއްދަތާއި ހަމައަށް މެމްބަރޝިޕް ފޯމް ޕާޓީއަށް ހުށަހަޅާ ފަރާތްތަކަށް
ވޯޓު ލެވޭނީ ބައިވެރުވުމުގެ މުއްދަތާއި ހަމައަށް މެމްބަރޝިޕް ފޯމް ޕާޓީއަށް ހުށަހަޅާ ފަރާތްތަކަށް

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ދާއިރާތައް އިއުލާން ކުރުން އެމްޑީޕީން ފަސްކޮށްފިއެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ދާއިރާތައް ކުރިން އިއުލާން ކުރަން އެމްޑީޕީން ނިންމާފައިވަނީ ނޮވެމްބަރު 30 ވަނަ ދުވަހުއެވެ. އެހެންނަމަވެސް މިހާރު ވާދަކުރާނެ ދާއިރާތައް އިއުލާން ކުރަން އެ ޕާޓީން ނިންމާފައިވަނީ ޑިސެމްބަރު އެކެއް ވާ ހޮނިހިރު ދުވަހަށެވެ.

އެމްޑީޕީން ނެރުނު އިއުލާނުގައި މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ދާއިރާތައް އިއުލާން ކުރަން ފަސްކުރި ސަބަބު ހާމަކޮށްފައެއް ނުވެއެވެ.

އެމްޑީޕީން ވަނީ އެ ޕާޓީގެ ޓިކެޓް ލިބޭނީ ޕްރައިމަރީ އަކަށްފަހު ކަމަށް އިއުލާން ކޮށްފައެވެ. އެމްޑީޕީގެ ޕްރައިމަރީގައި ބައިވެރިވުމުގެ މުއްދަތު ހަމަވަނީ ކުރިން އިއުލާންކުރި ޓައިމްލައިންގައި ބުނާ ގޮތުންނަމަ 7 ޑިސެމްބަރު 2018 އަށެވެ. ޕްރައިމަރީގައި ވޯޓު ލެވޭނީ އެ މުއްދަތާއި ހަމައަށް މެމްބަރޝިޕް ފޯމް ޕާޓީއަށް ހުށަހަޅާ ފަރާތްތަކަށެވެ. ވޯޓާސް ލިސްޓް އާންމު ކުރުމާއި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައި ވަނީ 13 ޑިސެމްބަރަށެވެ.

ވޯޓާރސް ލިސްޓަށް ހުށަހަޅާ ޝަކުވާ ބަލައިގަތުމުގެ މުއްދަތު ހަމަވާ ދުވަހަކީ 16 ޑިސެމްބަރެވެ. ފައިނަލް ވޯޓާރސް ލިސްޓް އާންމުކުރުމަށް ހަމަޖެހިފައި ވަނީ 18 ޑިސެމްބަރު ގައެވެ.

ޕްރައިމަރީގައި ވާދަ ކުރުމުގެ ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވާ ދުވަހަކީ 19 ޑިސެމްބަރެވެ. އެމްޑީޕީ ޕްރައިމަރީގައި ވޯޓުލުން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.

އެޕްލިކޭޝަން ފޯމް ހުށަހަޅާއިރު ތާއީދު ފޯމްގައި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ކުރިމަތިލާ ދާއިރާ އަށް ވޯޓުލުން ހައްގުވާ 200 މީހުންގެ ސޮއި ހުށަހަޅަން ޖެހޭނެ ކަމަށް އިއުލާންގައި ވެއެވެ.

ޓައިމްލައިންގައި ހިމެނޭ އެހެން ތާރީހުތަކަށް ބަދަލު އައިކަމެއް ނުވަތަ ނޫންކަމެއް އެ ޕާޓީން ހާމަކޮށްފައެއް ނުވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް