ކ. މާލެ
|
30 ނޮވެންބަރ 2018 | ހުކުރު 18:35
ހުކުރު ޚުތުބާ
ހުކުރު ޚުތުބާ
ރާއްޖެ އެމްވީ
ހުކުރު ޚުތުބާ
އިސްލާމް ދީނުގައި އަންހެނުންނަށް ދީފައިވާ ޤަދަރު ދެމެހެއްޓުމަށް ޚުތުބާގައި ގޮވާލައިފި
ޙައްޤުތައް ލިބިދިނުމުގައި ދެޖިންސު ވެސް ހަމަހަމަވާނެ ކަމަށް ބުނެފައިވޭ
މުޖުތަމައު ބިނާކުރުމުގައި ދެޖިންސު ހަމަހަމަ: ޚުތުބާ
މުސްލިމް އުއްމަތުގެ ނަމޫނާ އަންހެނުންގެ ވާހަކަ ހަނދާންކޮށްދީފައިވޭ

އަންހެނުންނަކީ ވެސް ފިރިހެނުންނެކޭ އެއްފަދައިން މުޖުތަމައުގެ އެކިއެކި ކަންކަމުގައި ފައިތިލަ ސާބިތުކުރެވޭނެފަދަ ޤާބިލު ބައެއް ކަމަށާއި، އަންހެނުންނަށް އިސްލާމް ދީނުގައި ދީފައިވާ ގަދަރު އެގޮތުގައި ދެމެހެއްޓުމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ

"އިސްލާމް ދީނުގައި އަންހެނުންނަށް ދީފައިވާ ދައުރު" ނަމުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އިއްވި ހުކުރު ޚުތުބާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ އަންހެނުންނަށް އިސްލާމް ދީނުގައި ދެވިފައިވާ މަތިވެރި ޤަދަރަށާއި، މުޖުތަމައު ބިނާކުރުމުގައި އަންހެނުންގެ މުހިއްމު ދައުރަށެވެ.

އިސްލާމްދީނުގައި ހަމަހަމަކަމަށް އިސްކަންދޭ މިންވަރު ބަޔާން ކުރަމުން ޚުތުބާގައި ބުނެފައި ވަނީ ތައުލީމާއި ތަރުބިއްޔަތު ދިނުމުގެ އިތުރުން، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ލިބެންޖެހޭ ޙައްޤުތައް ލިބިދިނުމުގައި ދެޖިންސު ވެސް ހަމަހަމަވާނެ ކަމަށެވެ. އަދި މީގެ އިތުރުން މުޖުތަމައު ބިނާ ކުރުމުގައި ލިބެންޖެހޭ ފުރުސަތުތައް ވެސް ދެ ޖިންސަށް ހަމަހަމައަށް ލިބެންޖެހޭނެ ކަމަށް ޚުތުބާގައި އަލިއަޅުވާލާފައި ވެއެވެ.

އަންހެނުންގެ ޤާބިލުކަމާއި މުޖުތަމައުގައި އަންހެނުންގެ ދައުރު ހަނދާންކޮށްދިނުމަށް ޚުތުބާގައި ވަނީ މުސްލިމް އުއްމަތުގެ ނަމޫނާ ބައެއް އަންހެން ބޭކަނބަލުންގެ ވާހަކަ ބަޔާންކުރައްވާފައެވެ. އެގޮތުން އުއްމު ސަލަމާ ކީރިތި ރަސޫލާއަށް ކަންކަމުގައި ދުރުވިސްނޭ ލަފަ އާއި އިރުޝާދު ދެއްވި ކަމާއި، އުހުދު ހަނގުރާމައިގައި ސަޙާބީ ބޭކަލުންނާއެކު ނުސައިބާ ޖިހާދު ކުރެއްވުމުގައި ދެމިހުންނެވި ކަމާއި، ބޭސްވެރިކަމުގެ ރޮނގުން އިސް ސަފުގައި ޢުއްމު ޢަޠިއްޔާފަދަ ބޭކަނބަލުން އުޅުއްވިކަން ފާހަގަ ކުރައްވާފައިވެއެވެ. އަދި މިކަމުން އަންހެނުނަށް އިސްލާމް ދީނުގައި ދެވިފައިވާ މަތިވެރި ޤަދަރު ދޭހަވާކަން ހުތުބާގައި ފާހަގަކުރައްވާފައިވެއެވެ. 

މިއަދުގެ ޚުތުބާގައި ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނާއި ދޭތެރޭގައި ކަންތައް ކޮށްފައިވާ ގޮތާއި، އިސްލާމް ދީން އައުމަށްފަހު އަންހެނުންނަށް ދެވިގެން ދިޔަ މަތިވެރި ޤަދަރުގެ މައްޗަށްވެސް ވަނީ އަލިއަޅުވާލާފައެވެ. އަދި އެ ޤަދަރު އެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް ޚުތުބާގައިވަނީ އިލްތިމާސް ކުރައްވާފައެވެ.

މުޖުތަމައުގައި އަންހެނުން އަދާކުރާ މުހިއްމު ދައުރުގެ ވާހަކަ ހުތުބާގައި ބަޔާންކޮށްފައިވާއިރު، މިފަހަކަށް އައިސް އަންހެނުންގެ ކަރާމާތަށް ގެއްލުންދީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަންހެނުންނަށް ކުރާ އަނިޔާތައް އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް