ކ. މާލެ
|
1 ޑިސެންބަރ 2018 | ހޮނިހިރު 18:25
ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު
ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް
ބިދޭސީން ފިލާ މައްސަލަ ހައްލު ކުރަން ރީކޯ މޫސަ ބިލެއް ހުށަހަޅައިފި
ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފައި
ބިލުގެ ބަހުސް އަދި ނުފަށާ
ބިލު ހުށަހެޅުއްވީ މިދިޔަ ހަފްތާގައި

ރާއްޖެ ގެންނަ ބިދޭސީން ފިލާ މައްސަލަ ހައްލު ކުރުމަށް ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފިއެވެ.

މަޖިލީހުގެ ނާއިބު ރައީސްކަން ވެސް ކުރައްވާ މޫސަ ބިލެއް ހުށަހެޅުއްވީ ދިވެހިރާއްޖޭގެ އިމިގްރޭޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށެވެ. އޭނާ ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިޔުން މަޖިލީހަށް ވަނީ އިއްވާފައެވެ. ނަމަވެސް އެ ބިލުގެ ބަހުސް މަޖިލީހުގައި އަދި ނުފަށައެވެ.

އޭނާ ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ބިދޭސީއަކު ރާއްޖެ ގެނައި ފަރާތުގެ އިޒުނަ ނެތި، އެހެން ބައެއްގެ މަސައްކަތަށް އެމީހާ ގެންދިއުމަކީ ކުށެއް ކަމަށެވެ. އަދި ވާރކް ވިސާއެއްގައި ރާއްޖެއަށް އެތެރެވެފައި ހުރި މީހަކު، އެ މީހާ ރާއްޖޭގައި މަސައްކަތް ކުރަމުންދާ ކޮންޓްރެކްޓުގެ މުއްދަތުގެ ތެރޭގައި، އެ މީހާ ދިވެހިރާއްޖެ އަށް ގެނައި ފަރާތުގެ އިޒުނަ ނެތި، އެހެން ފަރާތަކަށް ގެންދި އުން ނުވަތަ ބަދަލު ކުރުން ނުވަތަ އެފަދަ ކަންކަމަށް ގަސްދުގައި މަގުފަހިކުރުވުމަކީ ކުށެއް ކަމަށް ބިލުގައިވެއެވެ.

އެފަދަ ކުށެއް ކުރި މީހެއްގެ އަދަބަކީ އެއް އަހަރު ދުވަހަށް ޖަލަށްލުން ނުވަތަ 500،000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުން ކަމަށް މަޖިލީހުގެ ނާއިބު ރައީސްކަން ވެސް ކުރައްވާ މޫސާ ހުށަހެޅުއްވި ބިލުގައި ބުނެފައިވެއެވެ.

ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް އެ ބިލުގައި މޫސަ ލިޔުއްވާފައި ވަނީ ރާއްޖެ ގެންނަ ބިދޭސީން ފިލުމުގެ ސަބަބުން އެ ބިދޭސީން ގެންނަ ކުންފުނިތަކަށް އަގު ނުކުރެވޭ ވަރުގެ މާލި ގެއްލުންތައް ލިބެމުންދާ ކަމަށާއި އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ގެއްލުންވަމުންދާ ކަމަށެވެ. އެ ބިލުގެ ބޭނުމަކީ ބިދޭސީން ފިލުމުގެ ސަބަބުން ލިބެމުންދާ ގެއްލުންތައް ހުއްޓުވުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް