ކ. މާލެ
|
30 ނޮވެންބަރ 2018 | ހުކުރު 10:07
ވެމްކޯގެ ވެހިކަލެއް ކުނިއުކާލުމުގައި ހަރަކާތްތެރިވަނީ
ވެމްކޯގެ ވެހިކަލެއް ކުނިއުކާލުމުގައި ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
ވެމްކޯ
ވެމްކޯ އަށް ލިބުނު އާމްދަނީއާ އެ ކުންފުނިން ހުށައެޅި ލިޔެކިޔުމާ ދިމަލެއް ނުވޭ
ލިޔެކިއުންތައް ރަނގަޅަށް ބަލަހައްޓަފައި ނުވޭ: އޮޑިޓް

ވޭސްޓްމޭނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ހުށަހެޅި ލިޔެކިޔުމާއީ ދިމާ ނުވާ ކަމަށް އޮޑީޓް ރިޕޯޓް އިން ހާމަކޮށްފި.

ބުރާސްފަތި ދުވަހު އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު ރިޕޯޓް ބުނާ ގޮތުގައި ވެމްކޯ އަށް ވޭތުވެދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނު 21.8 މިލިއަން ރުފިޔާ އެ ކުންފުނީގެ ސްޓޭޓްމެންޓުން އިން ދައްކާފައިވާ ކަމަށެވެ. ނަމަވެސް އެ ކުންފުނިން ހުށައެޅި ލިޔުންތައް ބެލިބެލުމުގައި އެ އަދަދު ހޯދިފައި ނުވާ ކަމަށެވެ. އޮޑިޓް ރިޕޯޓް ބުނާ ގޮތުގައި މި ގޮތަށް ދިމާވެފައި ވަނީ ވެމްކޯ އިން އެކަށީގެންވާ ވަރަށް ކަސްޓަމަރުންގެ މައުލޫމާތު ފުރިހަމަ ކޮށްފައި ނުވާތީ ކަމަށެވެ. މީގެ އިތުރުން ވެމްކޯ އިން ކަސްޓަމަރުންގެ ރަޖިސްޓްރޭޝަން އެންމެ އެދެވީގެންވާ ގޮތަށް ފުރިހަމަ ކޮށްފައި ނުވާކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ވެމްކޯގެ އޮޑިޓް ރިޕޯޓުން މިކަންތައްތައް ފާހަގަކޮށްފައިވާއިރު ވެމްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ފުއާދުގެ މައްޗަށް (ވެމްކޯ) އަށް ކޮޅުވެއްޓިއެއް ގަތުމުގައި އެހެން ފަރާތަކަށް ނާޖާއިޒް ފައިދާ ހޯދައިދިން ކަމަށް ބުނެ، އޭނާގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިއެވެ.

ނަމަވެސް ފުއާދު ބުނެފައި ވަނީ ލޭންޑިންގ ކްރާފްޓް ގަންނަން ނިންމި ނިންމުމަކީ އޮޕަރޭޝަނަލް ޑިސިޝަނަކަށްވުރެ ބޮޑަށް، ފައިނޭންޝަލް ސަސްޓެނަބިލިޓީ ޕޮލިސީ ނިންމުމެއް ކަމަށަވެ. މީގެ އިތުރުން ވެމްކޯގެ މެމްބަރުން ތަކެއްގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ކޮޅުވެއްޓިއެއް ގެނައި މައްސަލައެއް ވެސް މިދިޔަ އަހަރު ވަނީ ފެންމަތިވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް