ކ. މާލެ
|
30 ނޮވެންބަރ 2018 | ހުކުރު 00:58
ރިޔާޒު ރަޝިދު ޖޭޕީއަށް ސޮއިކުރެއްވުން
ރިޔާޒު ރަޝިދު ޖޭޕީއަށް ސޮއިކުރެއްވުން
ޓްވިޓަރ
ޖުމްހޫރީ ޕާޓީ
ރިޔާޒު ރަޝީދު ޖޭޕީއަށް ސޮއިކުރައްވައިފި
ރިޔާޒު ޖޭޕީއާ ގުޅިވަޑައިގެންނެވީ ބުރާސްފަތި ދުވަހުގެރޭ ކުނޫޒުގައި އޮތް ރަސްމިއްޔާތެއްގައި
ރިޔާޒު ޕާޓިއަށް ވަނުމަށް އެދޭ ފޯމާއި ހަވާލުވެވަޑައިގެންފައިވަނީ ޤާސިމް އިބްރާހިމް

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރެއްގެ ގޮތުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.

ރިޔާޒު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވީ ބުރާސްފަތި ދުވަހުގެރޭ އެޕާޓީގެ މައި އޮފީސް، މ. ކުނޫޒުގައި އޮތް ރަސްމިއްޔާތެއްގައެވެ. އަދި ޕާޓިއަށް ވަނުމަށް އެދޭ ފޯމާއި ހަވާލުވެވަޑައިގެންފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމްއެވެ.

ރިޔާޒު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައިވާއިރު، ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ތ.މަޑިފުށީގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަމުންދާ ގައުމީ މަސައްކަތުގައި ރިޔާޒް ރަޝީދު ބައިވެރިވެ ވަޑައިގަތުމަށް ދައުވަތު އަރުވާފައެވެ.

ރިޔާޒުގެ އިތުރުން އެ ޕާޓީއަށް ދާދި ފަހުން ސޮއި ކުރެއްވި ބައެއް ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު އުމަރު ހުސައިންއާއި، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ހިމެނިވަޑައިގަންނަވައެވެ.

މި ދުވަސްވަރު ސިޔާސީ ޕާޓީތަކަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ގުޅިފައިވާ ޕާޓީތަކުގެ ބައްދަލުވުމެއް މިއަދު އެމްޑީޕީ އޮފީހުގައި ވަނީ  ބާއްވާފައެވެ. އަދި އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ކޯލިޝަނުން ބައިވެރިވާނެ ގޮތަކާއި މެދު ވަނީ މަޝްވަރާތަކެއް ކުރައްވާފައެވެ. 

ރިޔާޒް ރަޝީދު ޖޭޕީއަށް ސޮއެކުރެއްވުމުން އެޕާޓީއަކީ މިވަގުތު މަޖިލީހުގެ 2 ވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
29 ނޮވެންބަރ 2018 | ބުރާސްފަތި 20:20
ހަޤީޤަތް ފެނޭތަ
ހަޤީޤަތް ފެނޭތަ